Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުއޭޒް ކަނޑުއޮޅި

އިސްރާއީލުގެ ގަތުލުއާންމުގެ ނުރައްކާ ސުއޭޒް ކަނޑުއޮޅިން، ކަންމަތީ ފިހާރައިގެ ބިލުން، އަމިއްލަ ޖީބަށް!

ސަބަބަކީ، ޙޫޘީ ހަނގުރާމަވެރިންގެ ހަމަލަތައް ވަރުގަދަކޮށްފައި އޮތް އޮތުން ކަމަށް ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2023 | ހޮނިހިރު 04:05
ދުނިޔޭގެ އިރާއި ހުޅަނގު ބިއް ގުޅުވައިދޭ ސުއޭޒް ކެނަލަކީ، މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅި

ދުނިޔޭގެ އިރާއި ހުޅަނގު ބިއް ގުޅުވައިދޭ ސުއޭޒް ކެނަލަކީ، މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅި

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެއިން ފޮހެލާނެކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހު، ނިރުބަވެރި ޔަހޫދީން ހިންގަން ފެށި ގަތުލުއާންމަކީ ހަމައެކަނި ޣައްޒާ ނުވަތަ ފަލަސްޠީނުގެ ސަރަޙައްދީ އިމުގެތެރޭގައި ހިނގާ ކަމަކަށް ނުވާނެކަމަށް އެތައް ބަޔަކު ދިޔައީ އިންޒާރު ކުރަމުންނެވެ. ބޮމާއި، ބަޑިއާއި މިސައިލްތަކާއި އެނޫންވެސް އަސްކަރީ އާލާތްތަކުން ދޭ ހަމަލަތައް އަމާޒުނުވިނަމަވެސް، ޣައްޒާގައި އިޒްރޭލުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ އަސަރު، މިއަދު މި އޮތީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައެވެ.

ދައްކަން މި އުޅެނީ ޣައްޒާގެ ދިފާޢުގައި އިޒްރޭލާ ދެކޮޅަށް ތެދުވަން ކެރުނު ހަމައެކަނި ޢަރަބި ގައުމު ކަމަށްވާ ޔަމަނުގެ ވާހަކައެވެ. ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ހަނގުރާމަވެރިންގެ ހަމަލަތައް، އިޒްރޭލުގެ ކަނޑު އުޅަނދުފަހަރަށާއި، އިޒްރޭލަށް ހަތިޔާރު ހިފައިގެން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކުރަން ފެށުމާއެކު، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަރަމުންދާ ލޮޅުންތަކުގެ ވާހަކައެވެ. އެއީ މާ ދުރުގައި ހިނގާ ކަމެކޭ ބުނެ، ބޮޑު ވަރިހަމައަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. ޖެހިގެން ހުރި ކަންމަތީ ފިހާރައިގެ އަގު ލިސްޓުން އެ ކަން ފެންނާކަށް މާ ގިނަ ވަގުތެއް ނުނަގާނެއެވެ.

ރެޑް ސީ ނުވަތަ ބަޙްރުލް އަޙްމަރު ސަރަޙައްދުން ދަތުރުކުރާ ބައެއް ބޯޓުފަހަރަށް ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ހަމަލަދޭން ފެށުމާއެކު، ވިޔަފާރި އުސޫލުން ކަނޑުމަގުން މުދާ އުފުލާ ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ އުޅަނދުފަހަރު ދަތުރުކުރާ ރާސްތާއަށް ބަދަލު ގެނެސްފައެވެ. މިޞްރުގެ ސުއޭޒް ކަނޑުއޮޅި ހުރަސްކޮށް، އުތުރާއި މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދު ގުޅައިދޭ ކަނޑުއޮޅިން ދަތުރުނުކޮށް ވާނެ ގޮތެއް ހެދުމަށް ޝިޕިންގ ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއަކަށް ވަނީ ކުންފުނިތަކުން ދަތުރަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމެވެ. އަދި ދަތުރަށް ހިނގާ ވަގުތުވެސް އިތުރުވުމެވެ. ތެލުގެ އަގުތައް މިހާރުވެސް އޮތީ އުފުލިފައެވެ. ހަނގުރާމައިގެ ސަބަބުން، ކަނޑު އުޅަނދުފަހަރުން ނަގާ އިންޝުއަރެންސް ފީވެސް ވަނީ ބޮޑުކޮށްފައެވެ. ޚަރަދުގެ މައްޗަށް ޚަރަދެވެ. ރިހިރިހި އޮތް ފައި މައްޗަށް، ފޮއިވެސް ވެއްޓުނީއެވެ.

192 ކިލޯމީޓަރުގެ ސުއޭޒް ކަނޑުއޮޅިއަކީ އޭޝިއާއާއި ވިލާތު ބައްރާ ދެމެދު އެންމެ ހަލުވިކޮށް، ކަނޑުމަގުން ދަތުރު ކުރެވެން އޮތް މަގެވެ. މި ނެރަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ބަލާއިރު، ޖިއޮގްރަފީ ގޮތުން އެންމެ ޙައްސާސް 7 ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދެވެ. ކަނޑުއޮޅި ބެދުމާއި، ކަނޑުފޭރޭ މުޖުރިމުންގެ ހަމަލަތައް އެންމެ ގަދައަށް އަމާޒުވާ އެއް ސަރަޙައްދެވެ. ނިމިގެން މިދާ 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު އެކަނިވެސް، ސުއޭޒް ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް، ގާތްގަނޑަކަށް 9.2 މިލިއަން ފީފާގެ ތެޔޮ ވަނީ އުފުލާފައެވެ. އެއީ ދުނިޔޭޣެ ޑިމާންޑަށް ބަލާއިރު ގާތްގަނޑަކަށް 9 ޕަސެންޓް ހިއްސާއެވެ. ރައްކާތެރި މިންގަނޑަށް ހޫނު މަޑުކޮށް، ދިޔާ މާއްދާއަށް ބަދަލު ކޮށްފައިވާ ޤުދުރަތީ ގޭސް ނުވަތަ އެލްއެންޖީ އިމްޕޯޓްސްގެ 4 ޕަސެންޓް މިއަހަރު ހުރަސްކުރީވެސް ސުއޭޒް ނެރުންނެވެ. އެއީ ގާތްގަނޑަކަށް 391 މިލިއަން މެޓްރިކް ޓަނެވެ.

ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކުން ޓޯލް ފީގެގޮތުގައި ދައްކާ ފައިސާއަކީ މިޞްރުގެ އިޤްތިޞާދަށް މުހިންމު މަސްދަރެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން މި އަހަރުގެ ޖޫން 30 ވަނަ ދުވަހާ ހަމައަށް، ފާއިތުވި އަހަރު ދުވަހު ޓޯލް ފީގެ ގޮތުގައި މިޞްރުގެ އިޤްތިޞާދަށް އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ޑޮލަރު ވަދެފައިވެއެވެ. އެއީ ރެކޯޑެކެވެ.

އެންމެ ފުލް ކެޕޭސިޓީއަށް ބަރުކޮށްގެން ދަތުރުކުރާ ޓޭންކަރުތަކަށް ބަލާއިރު، މުޅި ދުނިޔޭގެ ޓޭންކަރު ފްލީޓުގެ 60 ޕަސެންޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ސުއޭޒް ކެނަލަށް ލިބިގެންވެއެވެ. މުދާ ބަރުކޮށްގެން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުގެ 90 ޕަސެންޓަށް ޚިދުމަތް ދެވެއެވެ. ކޮންޓޭނަރު އުފުލާ ބޯޓުފަހަރާއި، ކާރު އުފުލާ ބޯޓުފަހަރުގެ އިތުރުން އާންމު ކާގޯ އުފުލާ އުޅަނދުތައްވެސް އެ ނެރުން ދަތުރުކުރެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން، ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ރޮޓަރޑެމްއަށް ސުއޭޒް ކެނަލް ހުރަސްކޮށް ކުރާ ދަތުރުގެ ރާސްތާއަކީ 6436 ނޯޓިކަލް މޭލެވެ. ނަމަވެސް، އެ ކަނޑުއޮޅިން ހުރަސް ނުކޮށް، އެފްރިކާ ވަށާލާފައި ދާންވެއްޖެނަމަ ދަތުރުގެ ރާސްތާއަކީ 11169 ނޯޓިކަލް މޭލެވެ. އުޅަނދުގެ ވެރިފަރާތަށް އުފުލަންޖެހޭ ޚަރަދު އިތުރުވެ، ވަގުތުވެސް އިތުރުވެއެވެ.

މެދުއިރުމަތީގައި ހަމަނުޖެހުންތައް ގަދަވަމުން ދާއިރު، ސުއޭޒް ކެނަލުގެ އަދުގެ ޙާލަތަށް ބަލައިލުން މުހިންމެވެ. ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ)އިން ޑިސެމްބަރު 17 ވަނަ ދުވަހު ހާމަކޮށްފައި ވާގޮތުގައި، ނޮވެމްބަރ 19 ވަނަ ދުވަހުން ފެށިގެން 55 އުޅަނދެއް ވަނީ އެ ކަނޑުއޮޅިން ހުރަސް ނުކޮށް، ކޭޕް އޮފް ގުޑް ހޯޕުން ދަތުރުކޮށްފައެވެ. އެ މުއްދަތުގައި ސުއޭޒް ކަނޑުއޮޅި ހުރަސްކުރީ 2128 އުޅަނދެވެ.

ދުނިޔޭގެ ފެންވަރުގައި ކޮންޓޭނަރު އުފުލާ ކުންފުނި ކަމަށްވާ އެމްއެސްސީ ހިމެނޭހެން، މުދާ އުފުލާ ބޮޑު 2 ކުންފުންޏަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ، ސުއޭޒް ކަނޑުއޮޅިން ދަތުރު ނުކުރާނެކަން އިޢުލާންކޮށްފައެވެ. ސަބަބަކީ، ޙޫޘީ ހަނގުރާމަވެރިންގެ ހަމަލަތައް ވަރުގަދަކޮށްފައި އޮތް އޮތުން ކަމަށް ބުނެއެވެ.

އެސްސީއޭގެ ޗެއަރމަން، އުސާމާ ރާބީ ވިދާޅުވިގޮތުގައި، ޑިސެމްބަރ 17 ވަނަ ދުވަހު، ސުއޭޒް ކަނޑުއޮޅިން 77 ބޯޓު ހުރަސްކުރިއެވެ. އޭގެ ތެރޭގައި، ދަތުރުގެ ރާސްތާ ބަދަލުކުރާނެކަން އިޢުލާންކޮށްފައިވާ ކުންފުނިތަކުގެ ބޯޓުފަހަރުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކުންފުނިތަކުން އިޢުލާން ނެރުމުގެ ކުރިން ރެޑް ސީ ސަރަޙައްދަށް ވަދެފައިވާ ބޯޓުފަހަރުކަން ވެސް ޗެއަރމަން ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ތެލުގެ ޞިނާޢަތުގައި އެންމެ ކުރީގައި އޮތް އެއް ކުންފުނި ކަމަށްވާ ބީޕީންވެސް ޑިސެމްބަރ 18 ވަނަ ދުވަހު ވަނީ، ރެޑް ސީ ސަރަޙައްދުން ކުރާ ހުރިހާ ޓްރާންސިޓް ދަތުރެއް ވަގުތީގޮތުން މަޑުޖައްސާލާނެކަން އިޢުލާންކޮށްފައެވެ.

ކަން މިހެން އޮތްއިރު، ހުރިހާ ތަކުލީފެއް އޮތީ އާންމު ރައްޔިތު މީހާއަށެވެ. ސުއޭޒް ކަނޑުއޮޅީގެ ދަތުރުތަކަށް ބުރޫއަރައިފިނަމަ މުދަލުގެ އަގު އުފުލިގެންދާނެކަމުގެ އިންޒާރު، ވިޔަފާރި ލޮޖިސްޓިކާބެހޭ އދ.ގެ އިސްވެރިޔާ ޖޭން ހޮވްމަން ވަނީ ދެއްވާފައެވެ. ކަނޑުމަގުން ކޮންޓޭނަރު އުފުލާ ރޭޓުތައް މިހާރުވެސް ވަނީ، އަހަރު ދުވަހުގެ ތެރޭގައި ނުއުފުލޭހާ މައްޗަށް އުފުލިފައިކަން ހޮވްމަން ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އިރާއި ހުޅަނގު ބިއް ގުޅުވައިދޭ ސުއޭޒް ކެނަލަކީ، މުޅި ދުނިޔެއަށް ބެލިނަމަވެސް، އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅިއެވެ.

އިޒްރޭލްސުއެޒް ކެނަލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު