Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮހޮޅައިގައި ތާށިވި ކުދިން

ހޮހޮޅައިގައި ތާށިވި ކުދިން: ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފި

10 ޖުލައި 2018 | އަންގާރަ 12:57

ހޮހޮޅައިން ހުރިހާ ކުދިން ސަލާމަތް ކުރެވިއްޖެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 10 ޖުލައި 2018 | އަންގާރަ 12:57
ހޮހޮޅަގައިި ތާށިވި ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަނީ

ހޮހޮޅަގައިި ތާށިވި ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަނީ

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައިވާ ވައިލް ބޯ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ޓީމުގެ އެސިސްޓެންޓް ކޯޗު އެކަޕޯލް ޗަންޓަވޮން ސަލާމަތް ކޮށްފިއެވެ.

ތައިލެންޑުގެ ނޭވީ ސީލުން ބުނީ މިއަދާ ހަމައަށް ނުނެރެވި ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ސަލާމަތް ކުރި އެންމެންގެ ހާލު ރަގަނޅު ކަމަށެވެ. އަދި އެ މީހުންގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ "12 ވައިލްޑް ބޯރ އާއި ކޯޗު ހޮހޮޅައިން ނެރެވިއްޖެ" ކަމަށެވެ. ވައިލްޑް ބޯއަކީ އެ ކުދިންގެ ފުޓްބޯޅަ ޓީމުގެ ނަމުގެ ތަރުޖަމާއެވެ.

ތައިލޭންޑްގެ ނޭވީ ސީލުން ފޭސްބުކްގައި ޝާއިއު ކޮށްފައިވާ ޕޯސްޓް

މީގެ ކުރިން އަށް ކުއްޖަކު ސަލާމަތް ކޮށްފައިވާ އިރު އެ ކުދިން ވަނީ ޗިއާން ރައި ހޮސްޕިޓަލުގައި ކަރަންޓީނު ކޮށްފައެވެ. އެ ކުދިންގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ އާއިލާތަކުން ވެސް އެ ކުދިންނާ ބައްދަލު ކުރެވޭ ގޮތެއް ނުވެއެވެ. އޮޕަރޭޝަންގެ ކޮމާންޑަރު ވިދާޅުވީ އިންފެކްޝަންގެ ރިސްކް ކުޑަވަންދެން ކުދިންގެ އާއިލާތަކަށް ކުދިންގެ ގައިގައި އަތްލުން މަނާ ކުރެވޭނެ ކަމަށާއި ފަހަރެއްގައި ބިއްލޫރިގަނޑެއްގެ ފުރަގަހުގައި ހުރެ ބެލުމަށް ހުއްދަ ކުރެވިދާނެ ކަމަށެވެ. ދެ ކުއްޖަކަށް

ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ހޮހޮޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ. ދެ ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހޮޅަތެރޭގައި ހައިކްކުރަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހޮޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހޮޅައަށް ދަމައިގަތުމުންނެވެ. އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. ހޮހޮޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހުއެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
02 ސެޕްޓެމްބަރު 2017

ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ

02 ސެޕްޓެމްބަރު 2017
ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
14 އޯގަސްޓު 2017

އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި

14 އޯގަސްޓު 2017
އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި
23 އެޕްރީލު 2017

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް