Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން ހަނގުރާމަ

ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ އިން 2.6 ބިލިއަން ޑޮލަރު އެއްކޮށްފި

ސައުދީއާއި ޔޫއޭއީން ވަނީ ކޮންމެ ގައުމަކުން 500 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވައުދުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2019 | ބުދަ 05:28
ޔަމަނުގައި އުމުރުން 5 އަހަރުން ދަށުގެ 80،000އަށް ވުރެ ގިނަ ކުދިން ބަނޑުހައިހޫނުކަމުގައި ވަނީ މަރުވެފަ

ޔަމަނުގައި އުމުރުން 5 އަހަރުން ދަށުގެ 80،000އަށް ވުރެ ގިނަ ކުދިން ބަނޑުހައިހޫނުކަމުގައި ވަނީ މަރުވެފަ

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެ އިންސާނީ ކާރިސާއެއްގެ ތެރޭގައި އޮތް ޔަމަނަށް އެހީވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭއްވި ކޮންފަރެންސްގައި 2.6 ބިލިއަން ޑޮލަރު ދިނުމަށް ގައުމުތަކުން ވައުދުވެއްޖެ ކަމަށް އދ.ގެ އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މިއީ އުމުރުން ފަސް އަހަރުން ދަށުގެ 80،000 އަށް ވުރެ ގިނަ ކުޑަކުދިން މިހާރު ވެސް ބަނޑުހައި ހޫނުކަމުގައި މަރުވެފައިވާ ޔަމަނަށް މިހާރުން މިހާރަށް ހަތަރު ބިލިއަން ޑޮލަރު ބޭނުންވެ އެވެ.

ސައުދީ އަރަބިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ އެންމެ ބޮޑު އެހީއެއްދިނުމަށް ވައުދުވީ ގައުމުތައް ކަމަށްވާއިރު އެެއިން ކޮންމެ ގައުމަކުންވަނީ 500 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވައުދުވެފައެވެ. ނަމަވެސް މި ދެ ގައުމަކީވެސް ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ބައިވެރިންނެވެ. މީގެ އިތުުރުން އެމެރިކާއާއި އިނގިރޭސި ވިލާތަކީވެސް އެ ހަނގުރާމައިގެ ބައިވެރިިންނެވެ.

ސައުދީ އަރަބިއާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން 2015 ވަނަ އަހަރުން ފެށިގެންދަނީ ޔަަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި އެ ގައުމުގެ ހޫޘީ ހަނގުރާމަވެރިންނަށް ވައިގެ މަގުން ހަމަލާދެމުންނެވެ.

ހޫޘީ ހަނގުރާމަވެރިން ވަނީ ވެރި ރަށް ސަންއާ އާއި ހުދެއިދާގެ ބަނދަރާއި އަދި އެ ގައުމުގެ އިރުއުތުރުގެ ބޮޑުބައެއް ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.

އދ.ގެ ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސް އަންގާރަ ދުވަހުވަނީ އެހީ ދިން ގަލްފްގެ ގައުމުތަކަށް ތައުރީފްކުރައްވާފައެވެ.

"މިއީ އެހީ ދޭ ކޮންފަރެންސެެއް އަދި އެއްވެސް ގައުމަކުން ހަނގުރާމައިގަ އަދާކުރާ ދައުރަށް ބެލުމުގެ ބަދަލުގައި ބަލަނީ އެހީއަށް" ގުޓަރެެސް ވިދާޅުވިއެވެ.

ޔަމަނުގެ 24 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 80 އިންސައްތަ މީހުންނަށް ވަނީ އިންސާނީ އެހީ ބޭނުންވެެފައިވާ މީހުންކަމަށް އދ.ގެ އޮފިޝަލުން މި ކޮންފަރެންސްގައި ވިދާޅުވިއެވެ.

ޔަަމަނުގެ 20 މިލިއަނެއްހާ ރައްޔިތުންނަކީ އަމިއްލައަށް ކާބޯތަކެއްޗަށް ބަރޯސާ ނުވެވޭ ބަޔަކަށްވާއިރު އޭގެ ތެރެއިން 10 މިލިއަނެއްހާ ރައްޔިތުން ތިބީ ބަނޑަށް ޖެހުމުގެ ފައްތަރެއްގައިކަމަށް އދގެ ހިސާބުތަކުން ދައްކައެވެ.

ފުނޑުފުޑުވަމުންދާ އިގްތިސާދާއެކު މިދިއަ އަހަރުން ފެށިގެން ވަނީ އިތުރު ދެ މިލިއަން މީހުން އިންސާނީ ކާރިސާގެ ތެރެެއަށް ވެއްޓިފައެވެ.

ހަނގުރާމައިގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ކުޑަކުދިންނަށެވެ. ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވި ރިޕޯޓެއްގައިވާގޮތުން އުމުރުން 5 އަހަރުން ދަށުގެ 80،000އަށްވުރެ ގިނަ ކުދިން ބަނޑުހައިހޫނުކަމުގައިވަނީ މަރުވެފައެވެ.

ޔުނިސެފުން ބުނާ ގޮތުގައި ސުކޫލަށް ދަނިކޮށް ނުވަތަ ގެއިން ބޭރުގައި ކުޅެން އުޅެނިކޮށް ނުވަތަ ހަނގުރާމައާއި ގުޅުންހުރި ކޮންމެވެސް ކަމެއްގައި ދުވާލަކަށް އަށް ކުދިން އެ ގައުމުގައި މަރުވަމުންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު