Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯޓް

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

ސިވިލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ ނިންމި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 14 އެޕްރީލު 2017 | ހުކުރު 16:41
ސިވިލް ކޯޓް

ސިވިލް ކޯޓް

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަަދު އިތުރުވެފައިވާކަން ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓް 2016 އިން ދައްކައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ކޯޓްތަކުގެ ޕާފޯމަންސް ރިޕޯޓް 2016 ގައި ބުނެފައިވާ ގޮތުގައި ނިދމިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ ނިންމި މައްސަލަތަކުގެ އަދަދު ނިސްބަތުން ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. އެގޮތުން، 2015 ވަނަ އަހަރު ނުނިމި އޮތް 1،243 މައްސަލަ އާއި، 2016 ވަނަ އަހަރު ހުށަހެޅުނު 2،732 މައްސަލައާ އެކު، ޖުމްލަ 3،975 މައްސަލައިގެ ތެރެއިން 3،326 މައްސަލަ ނިންމާފައި ވެއެވެ. މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި ބާކީ އޮތީ 649 މައްސަލައެވެ.

ޑީޖޭއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރާ އަޅާބަލާއިރު، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ނިންމި މައްސަލަތަކުގެ އަދަދު 2016 އަހަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރު ހުށަހެޅުނު 1،568 މައްސަލައިގެ ތެރެއިން 626 މައްސަލަ އެ ޑިވިޜަނުން ނިންމާފައި ވާއިރު، 2016 ވަނަ އަހަރު ހުށަހެޅުނު 1،678 މައްސަލައިގެ ތެރެއިން 1،040 މައްސަލަ އެޑިވިޜަނުން ވަނީ ނިންމާފައެވެ.

ނިމިދިޔަ އަހަރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެފައިވާ މައްސަލައިގެ އަދަދަކީ އެންމެ 3 އެވެ. އެއީ ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ %5.0 އެވެ. ސިވިލް ކޯޓުގައި ނުނިމި އޮތް މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެފައިވާ 3 މައްސަލައިގެ ތެރެއިން 2 މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެ ތިން އަހަރު ނުވާ 2 މައްސަލައެވެ. ބާކީ އޮތް މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ ތިން އަހަރާއި ފަސް އަހަރުގެ މުއްދަތެއް ހޭދަވެފައިވާ މައްސަލައެކެވެ. ކޯޓަށް މައްސަލަ ހުށަހެޅުނުތާ ފަސް އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އެއްވެސް މައްސަލައެއް އެކޯޓުގައި ނެތް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ކްރިމިނަލް ކޯޓަށް 806 މައްސަލަ ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރު 1،408 މައްސަލަ ހުށަހަޅާފައި ވެއެވެ. މިއީ، 2015 ވަނަ އަހަރާ އަޅާބަލާއިރު %75 ގެ އިތުރުވުމެކެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތައް މިހާ ބޮޑުތަން އިތުރުވެފައިވާ އިރު، ކްރިމިނަލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން %61 މައްސަލަ އެކޯޓުން ނިންމާފައިވާކަން ފާހަގަކުރެ ވެއެވެ.

ކްރިމިނަލް ކޯޓުގައި 2015 ވަނަ އަހަރުގެ ނިޔަލަށް އެކޯޓުގައި ނުނިމި އޮތް 890 މައްސަލަ އާއި، 2016 ވަނަ އަހަރު ހުށަހެޅުނު 1،408 މައްސަލައާ އެކު ޖުމްލަ 2،298 މައްސަލައިގެ ތެރެއިން 860 މައްސަލަ އެކޯޓުން 2016 ވަނަ އަހަރު ނިންމާފައި ވެއެވެ. އަދި އަހަރު ނިމުނުއިރު 1،438 މައްސަލަ ނުނިމި އޮތެވެ.

މިދިޔަ އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގައި ނުނިމި ބާކީ އޮތް 1،438 މައްސަލައިގެ ތެރެއިން %68 އަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުނުވާ މައްސަލައެވެ. އެއީ 984 މައްސަލައެވެ. އޭގެ އިތުރުން އަހަރުވެ ތިން އަހަރު ނުވާ 240 މައްސަލަ އާއި، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެފައިވާ 139 މައްސަލައަކާއި، ފަސް އަހަރު ހޭދަވެފައިވާ 75 މައްސަލައެއް 2016 ވަނަ އަހަރު ނިމުނުއިރު އެކޯޓުގައި އޮތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު