Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންސާފުވެރިވުމަށް ގޮވާލެއްވުން

ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި އެންމެހާ ފަރާތްތަކުން ކޮންމެ ކަމެއްގައި އިންސާފުވެރިވުމަށް ނާއިބުރައީސް ގޮވާލައްވައިފި

ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 މާރިޗު 2021 | ހޮނިހިރު 09:53
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ނާއިބުރައީސް ވާހަކަފުޅު ދައްކަވަނީ

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ނާއިބުރައީސް ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި އެންމެހާ ފަރާތްތަކުން، ކޮންމެ ކަމެއްގައި އިންސާފުވެރިވުމާއި އަދުލުވެރިކަންމަތީ ތާއަބަދަށް ދެމިތިއްބެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެއްޓެވުމާއި ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި ހޮނިހިރު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ނަގަހައްޓާ، ދިވެހިރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އަމާންވެއްޓެއް އެންމެހާ ރައްޔިތުންނަށް ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ގާނޫނެއް ވުޖޫދުވެގެން އަންނައިރު، އެއީ އައު ފެށުމެއް ކަމަށާއި އެކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ނާއިބުރައީސް ވިދާޅުވީ ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމުން އެ ބޭނުންވާ މަގުސަދު ހާސިލެއް ނުކުރެވޭ ކަމަށާއި ގާނޫނުގައި ބުނާގޮތަށް، ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާއި ޖަމްއިއްޔާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ކުރިޔަށްދާއިރު، ކުށް ކުރުން ހުއްޓުވާ، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަމާއި، އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެއްޓެއް ގާއިމުކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާސިލްވުމަށް ދިވެހި އެންމެހާ ރައްޔިތުން މަސައްކަތްކުރުމަށް އެ މަނިކުފާނު އެދިވަޑަގެންނެވިއެވެ. ނާއިބުރައީސްގެ ވާހަކަފުޅުގައި، އަދުލުވެރިކަމަކީ އިސްލާމްދީނުން އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމަށާއި ކުރާ ކޮންމެ މަސައްކަތެއްގައި އިންސާނީ ކަރާމާތް ރައްކައުތެރިކުރުމަށާއި މީހުންނަށް އިހުސާންތެރިވުމާއި ވަކި މީހަކަށް ވީތީވެ އިންސާފު ލިބޭނޭކަމަށް ގަބޫލުނުކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފުލުހުންގެ އައު ގާނޫނު ވުޖޫދުވެގެން ދިއުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހުތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއަމާންކަމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. އަދި "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.

ނާއިބުރައީސްގެ އަރިހުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުޢުތަޞިމް އަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން އަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޒީރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްފައިސަލް ނަސީމްޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު