Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް ވެކްސިން ފޯރުކޮށްދިނުން

ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިންގެ 10 މިލިއަން ޑޯޒް ވީއެންމެ އަވަހަށް ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލައިފި

36 ގައުމެއްގައި އަދި ވެކްސިން ދޭން ނުފަށާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 މާރިޗު 2021 | ހޮނިހިރު 02:18
ޑަބްލިޔުއެޗްއޯ

ޑަބްލިޔުއެޗްއޯ

ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިންގެ 10 މިލިއަން ޑޯޒް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ގޮވާލައިފިއެވެ.

އެކަމާއި ގުޅިގެން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިއަހަރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް އަހަރު ފެށުނުއިރު ގޮވާލާފައިވާނެ ކަމަށެވެ. ހުރިހާ ގައުމެއް ގުޅިގެން އެމަގަށް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައި ވާނެކަން ޓެޑްރޯސް ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ.

މިއަހަރުގެ ފުރަތަމަ 100 ދުވަސް ހަމަވާން ބާކީ 15 ދުވަސް އޮތްއިރު 36 ގައުމެއްގައި އަދި ވެކްސިންދޭން ނުފަށާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. މީގެތެރެއިން 16 ގައުމަކަށް ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ވެކްސިން ލިބޭނެއެވެ. އެހެންނަމަވެސް 20 ގައުމަކަށް އަދި އެއްވެސް ވެކްސިނެއް ނުލިބޭކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން އިސްވެ އޮވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން މި 20 ގައުމަށް ބޭނުންވާ ވަރަށް 10 މިލިއަން ޑޯޒް ވީ އެންމެ އަވަހަށް ފޯރުކޮށްދޭން ޖެހޭކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އެންމެ ލަސްވެގެންވެސް ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި އެގައުމުތަކުގެ ސިއްހީ މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖެހޭވަރު ކުރަންޖެހޭކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

"ކޮވެކްސް އިން އޮތީ ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރަށް. އެކަމަކު ނެތް އެއްޗެއް ދޭނީ ކިހިނެއް. 10 މިލިއަން ޑޯޒަކީ ގިނަ އަދަދެއް ނޫން. އަދި އެވަރުން ވާނީއެއްވެސް ނޫން. ނަމަވެސް ފެށުމަށްޓަކައި އެވަރަށް ވެކްސިންގެ ޑޯޒް ބޭނުންވޭ." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވެކްސް އިން އަމާޒު ހިފާފައިވަނީ އަހަރެއްގެ ތެރޭގައި ފަގީރު ގައުމުތަކަށް ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. ނަމަވެސް ކުރިއަރާފައިވާ ގައުމުތަކުން ވެކްސިންގެ ޑޯޒްތައް ކުރީބައިގައި ހޯދާފައިވާތީ އެހެން ގައުމުތަކަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ.

އަންގާރަ ދުވަހާ ހަމައަށް އެމެރިކާއިން ވަނީ ކޮންމެ ސަތޭކަ މީހަކުން 39 މީހަކަށް ވެކްސިން ދީފައެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަނީ އެސަރަހައްދުގެ ކޮންމެ 100 މީހަކުން 14 މީހަކަށް ވެކްސިން ދީފައެވެ. މިއާ ހިލާފަށް އެފްރިކާގެ ގައުމުތަކުގައި ކޮންމެ 100 މީހަކުން ވެކްސިން ދީފައިވަނީ 0.68 މީހުންނަށެވެ.

އަނެއްކޮޅުން އިންޑިޔާގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު އެގައުމުގެ ސެރަމް އިންސްޓިޓިއުޓުން މަދުން އާމްދަނީ ލިބޭ ގައުމުތަކަށް އަމާޒުކޮށްގެން އުފައްދަމުން އައި ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓް ކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެގޮތުން މާޗު އަދި އޭޕްރީލް މަހު ކޮވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދޭން އެއްބަސްވެފައިވާ ވެކްސިން ޑޯޒް ފޯރުކޮށްދިނުމުގައި މަޑުޖެހުމެއް ވަނީ އައިސްފައެވެ.

އިންޑިޔާއިން މިހާތަނަށް 60 މިލިއަން ޑޯޒް 76 ގައުމަކަށް ވަނީ ފޯރުކޮށްދީފައެވެ.

އިންޑިޔާއިން ވެކްސިން އެކްސްޕޯޓްކުރުން މެދުކަނޑާލުމުން ޓެޑްރޯސް ވިދާޅުވީ އަމިއްލަ ގައުމަށް ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށްދޭން ޖެހޭކަމަށެވެ. އެކަމަކީ ގަބޫލުކުރެވޭކަމެއްކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅިގެން އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓާ ވާހަކަދައްކައިގެން އިންޑިޔާގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިން ނަމަވެސް ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ފޯރުކޮށްދެވޭތޯ ބަލަމުން އަންނަކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް19ކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު