Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑްގެ އިޖާބަ

ކޮވިޑްގެ އިޖާބަ، ސައެންސްގެ މައްޗަށް ބިނާ ކުރުމަށް ޗައިނާއިން ގޮވާލައިފި

ރައްކާތެރި ކަމާއެކު ބޯޑަރު ހުރަސް ކުރުމަށް، އެއްބަޔަކު އަނެއް ބަޔަކު ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 ޑިސެމްބަރު 2022 | ބުރާސްފަތި 07:04
ކޮވިޑްގެ އިޖާބަ، ސައެންސްގެ މައްޗަށް ބިނާ ކުރުމަށް ޗައިނާއިން ގޮވާލައިފި

ކޮވިޑްގެ އިޖާބަ، ސައެންސްގެ މައްޗަށް ބިނާ ކުރުމަށް ޗައިނާއިން ގޮވާލައިފި

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ އިޤްތިޞާދީ ތަކުލީފުތަކުން އަރައިގަތުމަށް މިއަދު ބޭނުން ވަނީ ސައެންޓިފިކް ޙައްލެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ވެރިކަން ކުރާ ބީޖީންގްގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ވޭންގް ވެންބިން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް ހުރިހާ ފަރާތަކުންވެސް މިއަދު ދޭން ޖެހިފައި ވަނީ ސައިންޓިފިކް އިޖާބައެއް ކަމަށެވެ.

ޗައިނާގެ އޮފިޝަލު މިފަދަ ރޫޙެއްގައި ވާހަކަދައްކަވާފައި ވާ އިރު، އެމެރިކާއިން ދަނީ ޗައިނާގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރު ވަމުން ދާ ދިއުން ހުއްޖަތަކަށް ހަދާ، ޗައިނާއިން އެމެރިކާއަށް ދަތުރު ކުރުމުގެ އުސޫލުތައް ހަރުކަށި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ކަން މިހެން އޮތް އިރު، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހޯމަ ދުވަހު ވަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭނެ ކަމަށްވެސް އިޢުލާން ކޮށްފައެވެ. އެގޮތުން ޖެނުއަރީ 8 ވަނަ ދުވަހުން ފަށައިގެން ޗައިނާއަށް ދަތުރު ކުރާ ފަރާތްތަކާއި މުދާ އިމްޕޯޓް ކުރުމުގައި ލުއި ތަކެއް ދޭނެކަން އެ ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން ބިދޭސީ މަންޒިލްތަކުން ޗައިނާއަށް ދަތުރު ކުރެވޭނެ ލިމިޓް ކޮންޓްރޯލް ކޮށްފައި އޮތް އޮތުން އުވާލާ، ފަސެންޖަރުންގެ ކެޕޭސިޓީ ކޮންޓްރޯލްވެސް ދޫކޮށްލާނެ ކަމަށް ޚަބަރު ލިބެއެވެ.

ކަން މިހެން އޮތް ނަމަވެސް، ޗައިނާގައި ކޮވިޑް-19ގެ ކެސްތައް އިތުރު ވަމުން ދާ ދިއުމާ މެދު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޗައިނާގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކޮވިޑް ވެކްސިން ޖަހަމުން ދާ ކަމާ މެދުވެސް ކަންބޮޑުވުންތަކެއް އެބަހުރިކަން ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ޗައިނާގެ ސީފުޑް ބާޒާރަކުން، 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް އެއީ ބައިނަލްއަޤުވާމީ ފެންވަރުގައި ނުރައްކާ ފެތުރިފައި ވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ބަލިމަޑުކަމެއްގެ އިންޒާރު، ޑަބްލިއުއެޗްއޯއިން ނެރުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޗައިނާއިން ކަމުގައި ވީ ނަމަވެސް، ބަލީގެ ވައިރަހުގެ އަސްލަކީ ޗައިނާ ކަމަށް ކުރާ ދަޢުވާއަށް އެ ޤައުމުން އިންކާރު ކުރެއެވެ. ބަލީގެ އަސްލު ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ހިސާބެއްގެ ތަޙްޤީޤުތަކެއް ހިންގި ކަމުގައި ވީ ނަމަވެސް، ކަނޑައެޅިގެން ވަކި ނިންމުމެއް ނިންމިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު