Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

މިޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރާއި، ވަޒީފާ ދެއްވާ ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ތަމްރީނުދޭ މަރުކަޒުތައް ގުޅިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 25 މާރިޗު 2021 | ބުރާސްފަތި 10:57
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 3000 ޒުވާނުންނަށް ތަމްރީންދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ޤައުމީފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ތަމްރީނުދޭ މަރުކަޒުތައް ގުޅިގެންނެވެ. މިއީ ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބާރުއަޅައި، މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ގޮތުން ތަޢާރަފްކުރެވިފައި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ތަމްރީން ޕްރޮގްރާމްތައް ހިންގާނީ "ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. މި ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ސެޓްފިކެޓް ލިބިގެންދާނެއެވެ. އަދި މިއީ އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެކެވެ.

މިހާތަނަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކުންނާއި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް 1000 ފުރުސަތު ވަނީ ކަށަވަރުކުރެވިފައެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ދަށުން ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ، ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ, އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންވަރމެންޓް އާއި ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުންނާއި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޓްވިޓަރ ޕޭޖުން މި ޕްރޮގްރާމުގެ މައުލޫމާތު ލިބޭނެއެވެ. އަދި ގޫގުލް ފޯމްhttps://forms.gle/12D4Q1fhbK1FS2EU6ފުރުއްވައިގެން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
08 މެއި 2023

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި

08 މެއި 2023
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި
09 އެޕްރީލު 2023

މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި

09 އެޕްރީލު 2023
މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި
24 މާރިޗު 2023

"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި

24 މާރިޗު 2023
"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި
18 މާރިޗު 2023

ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި

18 މާރިޗު 2023
ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު