Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ޕުޓިން ވެކްސިން ޖެއްސެވުން

އަސް ދުއްވަވާ، ސްކޭޓު ކުރައްވާއިރުވެސް ފޮޓޯ އާންމު ކުރައްވާ ޕުޓިން، ވެކްސިން ޖެއްސެވީ ކެމެރާގެ ފުރަގަހުގައި

24 މާރިޗު 2021 | ބުދަ 02:26

ޕުޓިން އަކީ ވަރަށް "ފޮޓޯޖެނިކް" ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މާރިޗު 2021 | ބުދަ 02:26
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން- ޕުޓިން އަކީ ވަރަށް "ފޮޓޯޖެނިކް" ބޭފުޅެއްކަމަށް ގިނަ ބަޔަކު ބުނޭ

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން- ޕުޓިން އަކީ ވަރަށް "ފޮޓޯޖެނިކް" ބޭފުޅެއްކަމަށް ގިނަ ބަޔަކު ބުނޭ

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ އާންމުކޮށް ނުހަނު ކެމެރާއާ ރައްޓެހި އަދި ކުރައްވާ މުހިއްމު ކަންކަން ފޮޓޯ ނަންގަވައި އާންމު ކުރައްވާ ބޭފުޅެއް ނަމަވެސް، ކެމެރާގެ ފުރަގަހުގައި ވަރަށް އާދައިގެ ގޮތަކަށް ކޮވިޑް-19 އަށް ވެކްސިން ޖައްސަވައިފިއެވެ.

އަސް ދުއްވަވާއިރުގައާއި، ސްކޭޓް ކުރެއްވުން ފަދަ ކަންކަން ކުރައްވާއިރުވެސް ޕުޓިން ފޮޓޯ އާންމު ކުރައްވައެވެ. އެގޮތުން ޕުޓިން އަކީ ވަރަށް "ފޮޓޯޖެނިކް" ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައި ވީނަމަވެސް، އެހާ "ސިއްރިއްޔާތުގައި" ވެކްސިން ޖެއްސެވުމުން ގިނަ ބަޔަކަށް މިވަނީ ހައިރާންކަން ގެނުވާފައެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ވެކްސިން ޖެއްސެވުމަށް ބާރު އެޅުއްވުމުގެ ގޮތުން ރައީސް ޕުޓިން ވެކްސިން ޖައްސަވާފައިވާއިރު، އެހެން ޤައުމުތަކުގެ ރައީސުންނާ ޚިލާފަށް ޕުޓިން އެ މަންޒަރުތައް އާންމު ކުރައްވާފައެއް ނުވެއެވެ. އަދި ޕުޓިން ޖެއްސެވީ ކޮން ވެކްސިނެއްކަންވެސް އަންގާފައިނުވާކަަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޕުޓިން ޖެއްސެވީ ސީދާ ކޮން ވެކްސިނެއްކަން ހާމަ ނުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ރަޝިއާގައި ބޭނުން ކުރަމުންދާ ހުރިހާ ވެކްސިނަކީވެސް ރައްކާތެރި ވެކްްސިންކަން ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

ރިޕޯޓުތައް ބުނާގޮތުން ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިން ގެ ޓްރަޔަލްތަކުގައި ޕުޓިންގެ ދަރިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އޭރު 68 އަހަރުގެ ޕުޓިން ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ވެކްސިން ނުޖައްސަވައި މަޑު ކުރައްވަނީ 65 އަހަރުން މަތީގެ މީހުންނަށް ސްޕަޓްނިކް-ވީ ވެކްސިން ޖެހުން ހުއްދަކަމަށް ކަނޑައަޅަންދެން ކަމަށެވެ. ނަމަވެސް ހުއްދަ ލިބުމާއެކު ދެން ޕުޓިން ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ޑޮކްޓަރުން ޚާއްސަ ޝެޑިއުލްއެއް ދެއްވުމުން ވެކްސިން ޖައްސަވާނެ ކަމަށެވެ. އެންމެ ފަހުން ކެމެރާގެ ފުރަގަހުގައި ވެކްސިން ޖައްސަވައި، އެކަން ހާމަ ކުރެއްވުމުން ގިނަ ބަޔަކު ގެންދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

ރަޝިއާއިން މިހާތަނަށް 6 މިލިއަނަށްވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

ވްލަޑިމިއަރ ޕުޓިންރަޝިއާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް