Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގެ އަސްކަރީ ބަޣާވަތް

މިޔަންމާ ބަޣާވަތް: ބަޑީގެ ޙަމަލާ އަމާޒުވި 7 އަހަރުގެ ކުއްޖަކު މަރުވެއްޖެ

24 މާރިޗު 2021 | ބުދަ 02:27

އެ ކުއްޖާ މަރާލާފައިވަނީ މިޔަންމާގެ މެންޑެލޭ ސިޓީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މާރިޗު 2021 | ބުދަ 02:27
މިޔަންމާ މުޒާހަރާގެ ތެރެއިން- 1 ފެބްރުއަރީން ފެށިގެން އެ ޤައުމުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައް ހިންގަމުން

މިޔަންމާ މުޒާހަރާގެ ތެރެއިން- 1 ފެބްރުއަރީން ފެށިގެން އެ ޤައުމުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައް ހިންގަމުން

މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގައި ހިންގަމުންދާ ބަޣާވަތގައި ހިނގި ކުރިމަތިލުންތަކުގެ ތެރެއިން 7 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑީގެ ޙަމަލާ އަމާޒުވެ އެ ކުއްޖާ މަރުވެއްޖެއެވެ.

މަރުވި ކުއްޖާގެ އާއިލާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ކުއްޖާ މަރާލާފައިވަނީ މިޔަންމާގެ މެންޑެލޭ ސިޓީންނެވެ. އެގޮތުން މިއީ އަސްކަރިއްޔާއިން ހިންގަމުންދާ ބަޢާވާތާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުންގެ އަޑުއުފުލުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި އެންމެ ތުއްތު ކުއްޖާކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން އަސްކަރިއްޔާއިން ބަޑީގެ ޙަމަލާ އަމާޒުކުރީ އެކުއްޖާގެ ބައްޕައަށެވެ. ނަމަވެސް އެވަގުތަކީ ބައްޕަގެ އުނގުމަތީގައި އެ ކުއްޖާ އިށީނދެގެން އިން ވަގުތެއްކަމުން ކުއްޖާއަށް ޙަމަލާ އަމާޒުވީކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި ބަޑީގެ ޙަމަލާ އަމާޒުވުމާއެކު، ރެސްކިއު ޓީމުތަކުން ވަގުތުން އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވަނީސް އެކުއްޖާ ވަނީ ނިޔާވެފައެވެ.

މި ޙާދިސާއާ ގުޅިގެން އެ ޤައުމުގެ އަސްކަރިއްޔާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

1 ފެބްރުއަރީން ފަށައިގެން މިޔަންމާގާއި އަސްކަރީ ބަޢާވާތެއްގެ ވެރިކަން ހިނގަމުން އަންނައިރު، އެ ޤައުމުގެ ގިނަ ރައްޔިތުންތަކެއް ގެންދަނީ ސިލްސިލާކޮށް އެ ޤައުމުގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.

އަސްކަރިއްޔާގެ މަސްދަރުތަކާ ޙަވާލާދީ ބީބީސީގަރި ރިޕޯޓް ކޮށްފައިވާ ގޮތުން މި މުޒާހަރާތަކުގައި މިހާތަނަށް 164 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 20 ކުޑަކުދިންވެސް ހިމެނެއެވެ. ނަމަވެސް އެސިސްޓެންސް އެސޯސިއޭޝަން ފޮރ ޕޮލިޓިކަލް ޕްރިޒަނަރސް (އޭއޭޕީޕީ) އިން ރިޕޯޓް ކޮށްފައިވާ ގޮތުން، މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 261ށް އަރައެވެ،

ދި މިޔަންމާ ޓައިމްސްމިޔަންމާ މުޒާހަރާމިޔަންމާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
20 މާރިޗު 2024

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި
02 މާރިޗު 2023

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
02 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ

02 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ
01 އޯގަސްޓު 2022

މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި

01 އޯގަސްޓު 2022
މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި
24 ޖޫން 2022

ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި

24 ޖޫން 2022
ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި
27 އެޕްރީލު 2022

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް

27 އެޕްރީލު 2022
ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް
02 ފެބުރުއަރީ 2022

ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

02 ފެބުރުއަރީ 2022
ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް