Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ މަރުގެ މައްސަލަ

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލަ: އަދުހަމްގެ ބަންދު ދަމަހައްޓައިފި

އަދުހަމްގެ ބަލި ހާލަތާ ގުޅޭ ގޮތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށް ދައުލަތަށް 10 ދުވަހުގެ މުހުލަތެއް ގާޒީ ދެއްވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 23 މާރިޗު 2021 | އަންގާރަ 08:19
އަދުޙަމް މުހައްމަދު

އަދުޙަމް މުހައްމަދު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ ބަންދު ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ބާއްވާފައިވަނީ، އަދުހަމުގެ ބަންދު މުރާޖަޢާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި، އަދުހަމް ބުނެފައި ވަނީ، ފާހާނާ ތެރެއަށް ވެއްޓި އަތަށް އަނިޔާވެފައި ވާކަމަށާއި، އޭގެ ސަބަބުން ފާހާނާކޮށް ނިންމުމަށްފަހު ތާހިރުވުމަށް ވެސް ދަތިވާކަމަށެވެ.

މާފުށީ ޖަލުގައި ހުރެގެން ޝަރީއަތުގެ އަޑުއެހުމުގައި، އަދުހަމް ބައިވެރިވިއިރު، އޭނާގެ އަތުގައި ހުރީ ޕްލާސްރެއް ވެސް އަޅާފައެވެ.

އަތަށް ލިބިފައިވާ އަނިޔާގެ ސަބަބުން، އަދުހަމުގެ ބަންދަށް ލުއިދިނުމަށް، އޭނާގެ ފަރާތުން ދިފާއީ ވަކީލު އައިމިނަތު ރުކްޝާނާ ވެސް ޝަރީއަތުގައި އެދިލެއްވިއެވެ. ޝަރީއަތަށް އަދުހަމް އެއްބާރުލުން ދެމުންގެންދާކަން ފާހަގަކުރައްވަމުން ދިފާއީ ވަކީލު ވަނީ، ޝަރުތުތަކެއް ކުރުމަށްފަހުގައި ނަމަވެސް ބަންދަށް ލުއިތަކެއް ހަމަޖައްސަވައި ދެއްވުމަށް ޝަރީއަތުގައި އެދިލައްވާފައެވެ.

ދައުލަތުން މި މައްސަލައިގައި ބުނެފައިވަނީ، އަދުހަމު ބަންދުގައި ބެހެއްޓުމަށް ނިންމި ގާނޫނީ އަސާސް ދެމި އޮތް ކަމަށާއި، ބަދަލު ގެންނަން ޖެހޭ ހާލަތެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އަދުހަމުގެ އަތަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން ދައުލަތުން ބުނީ، ލިބިފައިވާ އަނިޔާ އެއީ ސީރިއަސް ކަމެއްކަމަށް ގަބޫލުކުރާ ކަމަށާއި، އޭގެ ސަބަބުން އަދުހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަންގައި އަންގާރަ ދުވަހު އެދޭނެ ކަމަށެވެ.

އަޑުއެހުމުގައި ދެފަރާތުން ދެކެވުނު ވާހަކަތަކަށް ރިއާޔަތްކުރައްވާ ގާޒީ ވަނީ، އަދުހަމުގެ ބަލި ހާލަތާ ގުޅޭ ގޮތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށް ދައުލަތަށް 10 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ. ދެން އިތުރު އަޑުއެހުމެއް ބާއްވާނީ، ދައުލަތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކޮށް ނިމުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ރައްދުވާ އަދުހަމް ވަނީ، ތަހުގީގު މަރުހަލާގައި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އިބްތިދާއީ އަޑުއެހުމުގައި ވެސް ދައުވާއަށް އިއުތިރާފުވެ، އެއީ އޭނާ ގާސިމް މަރާލުމުގެ ގަސްތުގައި ދިން ހަމަލާއެއް ނޫންކަމަށް ބުނެފައިވެއެވެ.  އެކަމަކު، ކުށަށް އިއުތިރާފުވުމުން ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި، އޭނާ ފަހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެހެން ނަމަވެސް، އޭގެ ފަހުން ބޭއްވި އަޑުއެހުމުގައި، އަދުހަމްގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ވިދާޅުވީ، އަދުހަމް ބޭނުންވަނީ، ޕީޖީއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމާއެކު، އަދަބު ލުއިވާނެ ގޮތަކަށް ކުރިއަށް ދިއުމަށް ކަމަށެވެ. އަދި އިއުތިރާފަށް އިންކާރުކުރި ޝަރީއަތުގައި، އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން، އަޑުއެހުމުގައި ވާހަކަދައްކަން ބޭނުން ވާކަމަށެވެ.

އެހެންނަމަވެސް ދައުވާއަށް އަދުހަމް އިއުތިރާފުވުމަށްފަހު، ފަހުން ދައުވާއަށް އިންކާރުކޮށްފައިވާތީ، އެކަމާ ގުޅިގެން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު، ގާޒީ ދެއްވާފައެއް ނުވެއެވެ. އަދި ދައުލަތުން ވެސް އެކަމާ ގުޅިގެން ބުނެފައިވަނީ، ދައުލަތުން ބޭނުންވަނީ، އަދުހަމާއެކު ކުރިންވެފައިވާ އިއުތިރާފުގެ އެއްބަސްވުން ބާތިލުކޮށް، ޝަރީޢަތުން ގޮތެއް ނިންމުމަށް ކަމަށެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 2019 ވަނައަހަރު ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް، އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމުގެ ގޮތުން ފޭރުމަށް މަސައްކަތްކުރިކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު