Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގައި ވީގާރ މުސްލިމުންނަށް އަނިޔާކުރުން

ވީގާރ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ޗައިނާގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް!

ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އަދި ކެނެޑާއާއި އެމެރިކާ ގުޅިގެން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 23 މާރިޗު 2021 | އަންގާރަ 02:21
ޗައިނާއިން ދަނީ ކޭމްޕުތަކުގައި ވީގާރ މުސްލިމުންނަށް ގިނަ އަނިޔާތަށް ކުރަމުން

ޗައިނާއިން ދަނީ ކޭމްޕުތަކުގައި ވީގާރ މުސްލިމުންނަށް ގިނަ އަނިޔާތަށް ކުރަމުން

ޗައިނާގައި ވީގާރ މުސްލިމުންގެ ހައްގުތަކަށް އަރައިގަނެ އެމީހުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން އެގައުމުގެ ޝިންޖިއާން ޕްރޮވިންސްގެ އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ހުޅަނގުގެ ގައުމުތަކުން ނިންމައިފިއެވެ.

ޗައިނާގެ ޝިންޖިއާން ޕްރޮވިންސްގެ އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އަދި ކެނެޑާގެ އިތުރުން އެމެރިކާ ގުޅިގެންނެވެ. މިގައުމުތަކުން ޗައިނާގެ އިސް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމުމުން އެގައުމުން ވަނީ ޔޫރަޕުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިވަޅު އަޅާފައެވެ. މިއީ 1989 ވަނަ އަހަރުގެ ފަހުން އީޔޫ އިން ޗައިނާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ޗައިނާ އިން ވީގާރ މުސްލިމުން ޝިންޖިއާންގެ ކޭމްޕުތަކުގައި ބަންދުކޮށް، ގިނަ އަނިޔާތަކެއް އެމީހުންނަށް ދެމުންދާކަމަށް ރިޕޯޓްތައް އާންމުވެފައި ވީނަމަވެސް އެގައުމުން ވަނީ އެކަންތައް ދޮގުކޮށް ވީގާރ މުސްލިމުންނަށް އަނިޔާ ނުކުރާކަމަށާއި އެއީ ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދާ "ރީ-އެޑިއުކޭޝަން" ފެސިލިޓީތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވަނީ ޗައިނާއިން ދަނީ ވީގާރ މުސްލިމުންގެ އެންމެ އަސާސީ ހައްގުތަކަށްވެސް އަރައިގަންނަމުން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މިހާ އަނިޔާވެރިކޮށް ބަޔަކާއި މެދު އަމަލުކުރާކަމަށް ރިޕޯޓްކުރެވެމުންދާ ކާރިސާކަމަށް ރާބް ވަނީ ވިދާޅުވެފައެވެ.

ހުޅަނގުގެ ގައުމުތަކުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެސެޓް ފްރީޒް ކުރުމާއި ޓްރެވަލް ބޭން ހިމެނެއެވެ. އެގޮތުން ޝިންޖިއާން ޕްރޮޑަކްޝަން އެންޑް ކޮންސްޓްރަކްޝަން ކޯރޕްސް ޕަބްލިކް ސެކިއުރިޓީ ބިއުރޯ ސޭންކްޝަން ކޮށްފައިވާއިރު، ވަކިވަކިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އޮފިޝަލުންގެ ތެރޭގައި ޝިންޖިއާން ޕަބްލިކް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓަރާއި ޝިންޖިއާން ކޮމިއުނިސްޓް ޕާޓީގެ ސްޓޭންޑިން ކޮމިޓީގެ މެމްބަރަކާއި ޝިންޖިއާން ޕްރޮޑަކްޝަން އެންޑް ކޮންސްޓްރަކްޝަން ކޯރޕްސްގެ ޕާޓީ ސެކްރެޓަރީގެ އިތުރުން ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ޑެޕިއުޓީ ހެޑް ހިމެނެއެވެ.

ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ ޗައިނާއިން އިންސާނިއްޔަތާ ދެކޮޅު އަދި ޖެނޮސައިޑްގެ އަމަލުކުތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކެނެޑާގެ ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ ސަރުކާރުގެ އެއްބާރުލުމާ އެކު ޗައިނާގައި ވީގާރ މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާކަމުގެ ހެކި ފެންނަން އެބަހުރި ކަަމަށް ބުނެފައެވެ.

ހުޅަނގުގެ ގައުމުތަކުން ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ ވީގާރ މުސްލިމުންނަށް އެގައުމުން ކުރަމުންދާ އަނިޔާތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ވީގްރޫ މުސްލިމުންޗައިނާޔޫރަޕިއަން ޔޫނިއަންއެމެރިކާކެނެޑާއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

21 އޮކްޓޯބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު