Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ގެއްލުން

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ ގެއްލުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މަރުހަލާ ފަށައިފި

ދެ ލައްކަ ޑޮލަރު ގަންނަން ދިން ފައިސާއަށް ވީގޮތެއް ނޭނގުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 11:25
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)

ދެ ލައްކަ އެމެރިކާ ޑޮލަރު ގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އިން އަމިއްލަ ކުންފުންޏަކަށް ދިން ފައިސާ ގެއްލުނު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ހިންގި ތަހުގީގު ނިންމާލައިފި އެވެ.

ދެ ލައްކަ އެމެރިކާ ޑޮލަރު ގަތުމަށް ސްޓެލްކޯ އިން ވަނީ ޝަރޫ ލޯންޗް ސާވިސަސް ކިޔާ ކުންފުންޏަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފަ އެވެ. ނަމަވެސް، އެ ފައިސާއާ އެ ކުންފުނިން ހަވާލުވުމަށް ފަހު، އެއަށް ވާވަރަށް ޑޮލަރު ވެސް އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ސްޓެލްކޯ އަށް ދީފައިނުވެ އެވެ. ފަހުން އެ ފައިސާއަށް ވީނުވީއެއް ނޭނގުނު ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ޝަރޫ ލޯންޗް ސާވިސް އަކީ އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަނުން 17 މިލިއަން ރުފިޔާ ދިން ކުންފުންޏެވެ. ފެނަކަ އިން އެ ކުންފުންޏަށް ދިން ފައިސާ ވެސް ގެއްލިފައިވާއިރު، އެ މައްސަލަ ވެސް އޭސީސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ސްޓެލްކޯ އިން ޑޮލަރު ގަންނަން ދިން ފައިސާ ގެއްލުނު މައްސަލައާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ހަސަން ލުތުފީ ބުރާސްފަތި ދުވަހު ވިދާޅުވީ އެ މައްސަލައިގައި ތަހުގީގު ނިމިފައިވާ ކަމަށެވެ. ލުތުފީ ވިދާޅުވީ މިހާރު ކުރިއަށް ދަނީ މައްސަލައިގައި ދައުވާ ކުުރުމަށް ފޮނުވުމުގެ ކުރިން ކުރިއަށް ގެންދާ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ކަމަށެވެ.

އޭސީސީން ތަހުގީގު ކުރާ ހުރިހާ މައްސަލަތަކުގައި ވެސް ދައުވާ ކުރުމަށް ފޮނުވުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުންނާއެކު މަޝްވަރާ ކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދެ އެވެ.

ދެ ލައްކަ ޑޮލަރު ދިން ފައިސާ ގެއްލުނު މައްސަލައިގައި ސްޓެލްކޯ އިން ވަނީ ޝަރޫ ލޯންޗް ސާވިސަސްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ވެސް ކޮށްފަ އެވެ. ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ ދެ ލައްކަ ޑޮލަރު ގަންނަން ޝަރޫ ލޯންޗް ސާވިސް އަށް ދިން 3،084،000 ރުފިޔާގެ ބަދަލުގައި ދޫކުރި ޑޮލަރު ޗެކް ބައުންސް ވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް ދައުވާގައި ބުނެ އެވެ.

ސްޓެލްކޯއިން ދައުވާކޮށްފައި ވަނީ ޑޮލަރު ގަންނަން ދިން ހުރިހާ ފައިސާ އެއްފަހަރާ ނަގައިދިނުމަށް އެދި އެވެ.

ފެނަކައާއި ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް އެ ދެ ކުންފުނިން 20 އަކަށް މިލިއަނަށް ރުފިޔާ ހަވާލު ކުރި، ޝަރޫ ލޯންޗް ސާވިސް އަކީ ޑޮލަރުގެ މުއާމަލާތް ކުރުމަށް ހުއްދަ ދީފައިވާ ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރެވޭނީ އެމްއެމްއޭ އިން އެކަން ކުރުމުގެ ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެމްއެމްއޭގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުން، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައި ވަނީ 471 ކުންފުންޏަށް ކަމަށްވާ އިރު، އެ ކުންފުނިތަކުގެ ތެރޭގައި ޝަރޫ ލޯންޗް ސާވިސް އެއް ނުހިމެނެ އެވެ.

ނަމަވެސް، ފެނަކައިންނާއި ސްޓެލްކޯ އިން ބުނެފައިވަނީ ޑޮލަރު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރި އިރު ޝަރޫ ލޯންޗް ސާވިސަސް އަކީ ޑޮލަރުގެ މުއާމަލާތް ކުރުމުގެ ހުއްދަ ނެތް ކުންފުންޏެއްކަން ނޭނގޭ ކަމަށެވެ.

ޑޮލަރު ގަންނަން ދެ ކުންފުނިން ދިން ފައިސާ ގެއްލުނު މައްސަލައިގައި ޝަރޫ ލޯންޗް ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރު ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލާފައިވާއިރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ޕާސްޕޯޓްތައް ވަނީ ހިފަހައްޓާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު