Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ތަރައްގީގެ މަސައްކަތްތައް

މި ދައުރު ނިމުމުގެ ކުރިން އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ނިމޭނެ - ރައީސް

22 މާރިޗު 2021 | ހޯމަ 02:19

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް ވަނީ ފަށާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 މާރިޗު 2021 | ހޯމަ 02:19
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙް

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙް

ސަރުކާރުގެ މިދައުރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެމްޕޭނުގައި، ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އައްޑު އަތޮޅުން ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް ފަށާފައިވާ ކަމަށާއި ބާކީ ހުރި ހުރިހާ މަޝްރޫއެއް ކުރިއަށް އޮތް ދެތިން މަސް ތެރޭ ފަށާނެ ކަމަށެވެ. އަދި ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ބަޖެޓެއް ހޭދަކުރި އެއް ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން ޕިއެސްއައިޕީ އަށް އެކަނިވެސް 535 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަދިރީގެ މައްސަލަ ހައްލުކުރުމަކީ ސިޓީ އަދި ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެކަން އިންތިޒާމުކުރުމުން އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވައްކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އައްޑޫ ސިޓީގައި ފުލުހުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ނަފްސާނީ ބަލިތަކުގެ ސެންޓަރާ ގުޅިގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސެންޓަރުތައް ގާއިމްކުރަން މަސައްކަތް ކުރާއިރު އައްޑޫ ސިޓީ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރިހެބިލިޓޭޝަން ފަރުވާ އަދި ތެރަޕީ ދެވޭނެ ސެންޓަރެއް މަރަދޫ ފޭދޫގައި އަޅަން އެޕްރޫވްކޮށްފައިވާ ކަމަށާއި އެކަން ކުރިއަށް ދާނީ އޭއީއެޗްގެ ބެލުމުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ހިތަދޫ ގިރާ ސަރައްދުގެ މައްސަލަ ބިން ހިއްކުމުގެ ތެރެއިން ހައްލުކުރައްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި ޝަންގްރިއްލާއާއި ހެރެތެރެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ދެރަށަށް ދަތުރުކުރުމުގެ އަގު ބޮޑުވުން ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު އެތަނުގެ ކުލި ކުޑަކޮށްފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެތަން ހުޅުވަން މަސައްކަތްކުރާ ކަމަށާއި، މިހާރު ހުރި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފަތުރުވެރިކަމަށް 4،000 އެނދަށް ބޭނުންވާ ބިން ދޫކުރުމުގެ މަސައްކަތްކުރާ ކަމަށާއި 61 ބިން އިއުލާންކޮށް އެއްބައި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ފަސޭހައިން ފައިނޭންސް ހޯދޭނެ ގޮތެއް ހެދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިންތެޓިކް ޓަރފް ޓްރެކެއް މި އަހަރު އައްޑޫ ސިޓީގައި އަޅާނެ ކަމަށެވެ.

ރަށު ހޮސްޕިޓަލުގައި ސްޕެޝަލިސްޓުންގެ ކިއު ދިގުވުމުގެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ މިހާރު ވެސް 18 ޑޮކްޓަރުން އިތުރުކޮށްފައިވާ ކަމަށާއި އަދިވެސް ޑޮކްޓަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ހިތަދޫ ބަނދަރުގެ މަސައްކަތް އައްޑޫގެ ތަރައްގީގެ ބޮޑު މަޝްރޫ ތެރޭގައި ހިމަނައިގެން ކުރިއަށްދާ ކަމަށެވެ. އަދި ކޮމަރޝަލް ޕޯޓް ތަރައްގީކުރުމާއި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ލޯނުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ވަޒީފާ ލިބުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރު ކުންފުނިތަކުން ހިންގާ މަޝްރޫތަކުގައި ރަށުން މުވައްޒަފުން ނަގައިގެން ކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓު އަދި ފަތުރުވެރިކަމުގެ ދާއިރާ ހިނގައިގަތުމުން ވަޒީފާގެ ފުރުސަތުތައް ރަނގަޅުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ފްލެޓު އެޅޭނެ ގޮތްތަކާއި ބިން ހިއްކައި ގޯތި ލިބޭނެ މަގުވެސް ފަހިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ މަގު ހެދުމާއި ފެނާ ނަރުދަމާގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

އައްްޑޫ ސިޓީރައީސް ސޯލިހުރަށްވެހި ފަތިސް ކެމްޕޭންއެމްޑީޕީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް