Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިނަލްޑަމް ބާސާއަށް ބަދަލުވުން

ލިވަޕޫލް ދޫކޮށް ވައިނަލްޑަމް ބާސާއަށް ބަދަލުވަނީ

ކޫމަނާއެކު އަލުން މަސައްކަތްކުރަން ވައިނަލްޑަމް ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 މާރިޗު 2021 | އާދީއްތަ 15:16
ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް

ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވާން ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ވައިނަލްޑަމް މި ވަގުތު ލިވަޕޫލުގެ އެއްބަސްވުމުގައި ހުރީ މި އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެހެންކަމުން ލިވަޕޫލުން އަންނަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއް ބާސާއަށް ބަދަލުވާން ވައިނަލްޑަމް މިހާރު ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ވައިނަލްޑަމް ހޯދުމަށް މިދިޔަ ސީޒަނުން ފަށައިގެން ބާސާއިން މަސައްކަތްކުރަމުން އަންނައިރު، ވައިނަލްޑަމަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. އެހެންކަމުން ކޫމަނާއެކު އަލުން މަސައްކަތްކުރަން ވައިނަލްޑަމް ބޭނުންވާ ކަމަށާއި، ބާސާއާއެކު ވައިނަލްޑަމް މިހާރު އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 226 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ޖިއޮޖީނިއޯ ވައިނަލްޑަމް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2023

ވައިނަލްޑަމް ހޯދުމަށް އަލް އިއްތިފާގު މަސައްކަތް ކުރަނީ

31 އޯގަސްޓު 2023
ވައިނަލްޑަމް ހޯދުމަށް އަލް އިއްތިފާގު މަސައްކަތް ކުރަނީ
06 އޯގަސްޓު 2022

ވައިނަލްޑަމް ރޯމާއަށް ބަދަލުވެއްޖެ

06 އޯގަސްޓު 2022
ވައިނަލްޑަމް ރޯމާއަށް ބަދަލުވެއްޖެ
12 ޖެނުއަރީ 2022

ވައިނަލްޑަމް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ

12 ޖެނުއަރީ 2022
ވައިނަލްޑަމް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ
11 ޖޫން 2021

ބާސާގެ ބަދަލުގައި ވައިނަލްޑަމް ޚިޔާރުކުރީ ޕީއެސްޖީ

11 ޖޫން 2021
ބާސާގެ ބަދަލުގައި ވައިނަލްޑަމް ޚިޔާރުކުރީ ޕީއެސްޖީ
26 މެއި 2021

ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކަށް

26 މެއި 2021
ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު