Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް އިއްތިފާގު

ވައިނަލްޑަމް ހޯދުމަށް އަލް އިއްތިފާގު މަސައްކަތް ކުރަނީ

ޕީއެސްޖީގެ އައު ކޯޗު ލުއިސް އެންރީކޭގެ ޕްލޭންގައި ވައިނަލްޑަމް އަކީ މުހިންމު ކުޅުންތެެރިޔެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 03:05
ލޯނު އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް ކުޅެމުން އަންނަ ވައިނަލްޑަމް

ލޯނު އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް ކުޅެމުން އަންނަ ވައިނަލްޑަމް

ރޯމާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ހޯދުމުގެ މަސައްކަތް ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގުން ފަށައިފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ރޯމާ އަށް ކުޅެމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ރޯމާ އަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ޕީއެސްޖީ އާއެކު ވައިނަލްޑަމް ހަދާފައިވާ ދާއިމީ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ޕީއެސްޖީގެ އައު ކޯޗު ލުއިސް އެންރީކޭގެ ޕްލޭންގައި ވައިނަލްޑަމް އަކީ މުހިންމު ކުޅުންތެެރިޔެއް ނޫނެެވެ. އެހެންކަމުން ޕީއެސްޖީން ހިތްހަަމަ ޖެހޭ އަގެއްްގައި އޭނާ ދޫކޮށްލުމަށް އެ ކުލަބު ތައްޔާރުކަމަށް ފްރާންސްގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް އިއްތިފާގުން ވަނީ ވައިނަލްޑަމް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ކުޅުންތެރިޔާއާ މަޝްވަރާކޮށްފަ އެވެ. ޕީއެސްޖީ އާއެކު މަޝްވަރާ ކުރުމަށް އެ ކުލަބުން ތައްޔާރުވާނީ، ވައިނަލްޑަމްގެ ފަރާތުން ފެހި ސިގުނަލެއް ލިބުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އަލް އިއްތިފާގުން ކުރަމުން އަންނަނީ އެ ކުލަބުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ސްޓީވެން ޖެރާޑުގެ އެދުމުގެ މަތިންނެވެ. ވައިނަލްޑަމް އަކީ ޖެރާޑް ގަޔާވާ ކުޅުންތެރިޔެކެވެ.

ފެޔެނޫޑް އިން ސީނިއާ ކެރިއަރު ފެށި ވައިނަލްޑަމް ވަނީ، ޕީއެސްވީ، ނިއުކާސަލް ޔުނައިޓެޑު، ލިވަޕޫލް އަދި ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ. ލިވަޕޫލުން 2016 ވަނަ އަަހަރު އޭނާ ހޯދީ ނިއުކާސަލްގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. އޭގެ ފަހުން ވައިނަލްޑަމް ވަނީ ލިވަޕޫލަށް 237 މެޗު ކުޅެދީ 22 ލަނޑު ޖަހައިފަ އެވެ. އެއަށްފަހު އޭނާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޕީއެސްޖީގައި އޭނާ ވަނީ 38 މެޗުން ތިން ލަނޑު ޖަހައިފަ އެވެ. މިހާރު ކުޅެމުން އަންނަ ރޯމާ އަށް އޭނާ ވަނީ 23 މެޗުން ދެ ލަނޑު ޖަހައިދީފަ އެވެ.

ވައިނަލްޑަމް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 90 މެޗު ކުޅެދީ 27 ލަނޑު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން ވައިނަލްޑަމް އަށް ވަނީ މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ކުޅެވޭ ގޮތް ނުވެފަ އެވެ.

ރޯމާޖިއޮޖީނިއޯ ވައިނަލްޑަމްއަލް އިއްތިފާގު

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

07 ޖޫން 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް

ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް

27 އޯގަސްޓު 2024
އެމްޕޮލީ އަތުން ރޯމާ ބަލިވެއްޖެ

އެމްޕޮލީ އަތުން ރޯމާ ބަލިވެއްޖެ

26 އޯގަސްޓު 2024

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު