Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިނަލްޑަމް ހޯދަން މަސައްކަތްކުރުން

ވައިނަލްޑަމް ހޯދަން ބާސާ އާއި ބަޔާނުން މަސައްކަތްކުރަނީ

ވައިނަލްޑަމް ބަދަލުވުން އެންމެ ގާތީ ބާސާއަށް ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 މެއި 2021 | އަންގާރަ 02:14
ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ހޯދަން ބާސެލޯނާއި ބަޔާން މިއުނިކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލާއެކު އުމުރުން 30 އަހަރުގެ ވައިނަލްޑަމް ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އެއާއެކު ވައިނަލްޑަމް ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ވައިނަލްޑަމް ވަނީ ލިވަޕޫލުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައެވެ.

އަންނަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމަށް ކުލަބު ބަދަލުކުރެވޭއިރު، މީގެ ކުރިންވެސް އޭނާ ހޯދަން ބާސާއިން ވަނީ މަސައްކަތް ކޮށްފައެވެ. ވައިނަލްޑަމަކީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދުދީފައިވާ ކުޅުންތެރިއެކެވެ. އެހެންކަމުން ކޫމަނާއެކު އަލުން މަސައްކަތްކުރަން ވައިނަލްޑަމް ބޭނުންވާ ކަމަށާއި، ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށް މީގެ ކުރިން އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ވައިނަލްޑަމް ހޯދުމުގެ ރޭހުގައި ބަޔާނުން މިހާރު ވަނީ ބައިވެރިވެފައެވެ. އަދި ވަރަށް އަވަހަށް ބަޔާނުން ވައިނަލްޑަމަށް އެއްބަސްވުން ހުށަހަޅާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ޕީއެސްޖީންވެސް ވައިނަލްޑަމަށް ފާރަލަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ލިވަޕޫލުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު އޭނާ އެ ޓީމު ދޫކޮށްލާއިރު، މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 236 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ފަހުން ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ޖިއޮޖީނިއޯ ވައިނަލްޑަމް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2023

ވައިނަލްޑަމް ހޯދުމަށް އަލް އިއްތިފާގު މަސައްކަތް ކުރަނީ

31 އޯގަސްޓު 2023
ވައިނަލްޑަމް ހޯދުމަށް އަލް އިއްތިފާގު މަސައްކަތް ކުރަނީ
06 އޯގަސްޓު 2022

ވައިނަލްޑަމް ރޯމާއަށް ބަދަލުވެއްޖެ

06 އޯގަސްޓު 2022
ވައިނަލްޑަމް ރޯމާއަށް ބަދަލުވެއްޖެ
12 ޖެނުއަރީ 2022

ވައިނަލްޑަމް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ

12 ޖެނުއަރީ 2022
ވައިނަލްޑަމް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ
11 ޖޫން 2021

ބާސާގެ ބަދަލުގައި ވައިނަލްޑަމް ޚިޔާރުކުރީ ޕީއެސްޖީ

11 ޖޫން 2021
ބާސާގެ ބަދަލުގައި ވައިނަލްޑަމް ޚިޔާރުކުރީ ޕީއެސްޖީ
26 މެއި 2021

ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކަށް

26 މެއި 2021
ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު