Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވުން

ބާސާގެ ބަދަލުގައި ވައިނަލްޑަމް ޚިޔާރުކުރީ ޕީއެސްޖީ

11 ޖޫން 2021 | ހުކުރު 03:54

ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކަށް އައި ކަމަށް މީގެ ކުރިން ރިޕޯޓުކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ޖޫން 2021 | ހުކުރު 03:54
ޕީއެސްޖީއާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ

ޕީއެސްޖީއާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ

ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ބެލެވުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރު މީގެ ކުރިން ވަނީ މި ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލަން ނިންމިކަން ހާމަކޮށްފައެވެ. އެއާއެކު ވައިނަލްޑަމް ހޯދަން ބާސާއިން މަސައްކަތް ފެށިއިރު، ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންއާއެކު މަސައްކަތް ކުރަން ބޭނުންވާތީ ބާސާއަށް ބަދަލުވާން ވައިނަލްޑަމް އެއްބަސްވި ކަމަށް މީގެ ކުރިން މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބާސާއެކު ވައިނަލްޑަމް އެއްބަސްވުން ހަދާނެ ކަމަށްވެސް އޭރު ރިޕޯޓުކުރެވުނެވެ.

އެކަމަކު ޕީއެސްޖީން ފަހުން ވަނީ ވައިނަލްޑަމްގެ ޑީލް ހައިޖެކް ކޮށްފައެވެ. އެގޮތުން ބާސާއިން ހުށަހެޅި މުސާރައަށް ވުރެ ބޮޑު މުސާރާއެއް ޕީއެސްޖީން ހުށަހެޅުމާއެކު، ވައިނަލްޑަމް ވަނީ ޕީއެސްޖީއަށް ސޮއިކޮށްފައެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމް ޕީއެސްޖީއާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ލިވަޕޫލް ދޫކޮށް ވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ހޯދަން ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކުންވެސް ވަނީ މި ފަހުން މަސައްކަތްކޮށްފައެވެ.

ލިވަޕޫލުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު ވައިނަލްޑަމް އެ ޓީމު ދޫކޮށްލިއިރު، މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 236 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ފަހުން ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ޖިއޮޖީނިއޯ ވައިނަލްޑަމްޕީއެސްޖީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް