Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލޭގެ މޭޔަރު ކަމުގެ ރޭސް

އުމަރު ޒާހިރު ވިދާޅުވިޔަސް . . . . . .

ލާމަރުކަޒީ ނިޒާމުގެ ގޮވާން ކެނޑޭނީ އެ ނިޒާމަށް އަހުލުވެރި މީހަކަށް

| 21 މާރިޗު 2021 | އާދީއްތަ 10:24
މާލޭގެ ދެކުނު ފަރާތުގައި ޑރ މުއިއްޒު ހައްދަވާފައިވާ ނެރު: އުޅަނދުފަހަރަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފައި.

މާލޭގެ ދެކުނު ފަރާތުގައި ޑރ މުއިއްޒު ހައްދަވާފައިވާ ނެރު: އުޅަނދުފަހަރަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފައި.

އުމަރު ޒާހިރަކީ އަޅުގަޑު ވަރަށް އިހުތިރާމްކުރާ ގަދަރުވެރި އިއްޒަތްތެރިއެކެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ވަރަށް އަބުރުވެރި ބޭފުޅެކެވެ. މިއަދުގެ ސިޔާސީ ކުނިބުނީގެ ތެރޭގައި ފަސްބައި ކިލަނބުވުމަށް އަޅުގަޑު އެންމެ ނޭދޭ އެއްބޭފުޅަކީ ޔަގީނުންވެސް އުމަރު ޒާހިރެވެ.

ކަން އެހެންއޮތަސް ހުސްވި ހަފުތާގައި އުމަރު ޒާހިރު ވިދާޅުވިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ޚަބަރެއް ފެނިފައި އެއްޗެކޭ ދަންނަވައިލާން ޖެހިއްޖެއެވެ. މައާފު ކުރައްވާނޭ ކަމަށް ހީކުރަމެވެ. އުމަރު ޒާހިރު ވިދާޅުވިއަސް މާލޭގެ މޭޔަރުކަމަށް ޑރ މުހައްމަދު މުއިއްޒު ގެންނާން އަޅުގަޑު ވޯޓެއް ނުދޭނަމެވެ. ތިމަން މަނިކުފާނު މިހުންނެވީ ޑރ މުއިއްޒާއެކު ކަމަށް އުމަރު ޒާހިރު ވިދާޅުވަނީ ޑރ މުއިއްޒުގެ ހަގީގަތް ރަގަޅަށް ބައްލަވައި ދިރާސާ ކުރައްވާފައިކަމަށް އަޅުގަޑު ގަބޫލެއްވެސް ނުކުރަމެވެ. 

މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ މަފްހޫމަކީ މަރުކަޒުކުރުން ވީހާވެސް ކުޑަކޮށްފައި ލާމަރުކަޒީ ކުރުން ކަމަށްވާއިރު ޑރ މުއިއްޒަކީ އެކަން ކުރުމަށް ރުހެވޭ އަދި އެކަމުގެ ވިސްނުމާއި ފިކުރު ހުރި ބޭފުޅެއް ކަމަށްވެސް ނުދެކެމެވެ. ޚުދު އުމަރު ޒާހިރަކީވެސް ލާމަރުކަޒީ ނިޒާމެއް ފުރިހަމަ ކުރުމުގައި ބަސްވިދާޅުވާން އެންމެ އެކަށީގެންވާ ފަރާތް ކަމަށް ނުދެކެމެވެ. މަނިކުފާނުގެ މުޅި ހަޔާތުން އަޅުގަޑުމެންނަށް ފެނިފައިވަނީ ކަންކަން އެންމެ މަތީ ދަރަޖައަށް މަރުކަޒު ކުރެއްވުމުގެ މިސާލުތަކެވެ. 

ހޯމް މިނިސްޓަރުކަމުގައި މަނިކުފާނު ހުންނެވި ޒަމާނަކީ ކަންކަން މަރުކަޒު ކުރުމުގެ ލާމަސީލު ޒަމާނެކެވެ. ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެކިއެކި އޮފީސްތަކުން ކަންކަން ރާވައި ތަންފީޒު ކުރަމުން ދިޔައީ މަޝްވަރާގެ އުސޫލުތަކާ ވަރަށް ބީރައްޓެހިކޮށް މަނިކުފާނަށް އެވަގުތަކު ފެނިވަޑައިގެންނެވި ގޮތަކަށެވެ. އެއީ ގަލޮޅު ދަނޑަށް ވަޑައިގެން ފުޓުބޯޅަ ކުޅޭ ކުއްޖަކު ދަނޑުން ބާލައި ވަގުތުން ބޯކޮށަން ޖެއްސުން ކަމަށްވިޔަސްމެއެވެ. އަދި ފުޓްބޯޅަ ޓީމެއްގެ މެނޭޖަރަކު މަނިކުފާނުގެ ރައުޔާ ޚިލާފުވެގެން ވަގުތުން ހައްޔަރުކޮށް ގޭބަންދު ކުރުން ކަމަށްވިޔަސްމެއެވެ.

މަޖީދިއްޔާ ސްކޫލުގެ ނާޒިރުކަން މަނިކުފާނު ކުރެއްވި ޒަމާނުގައި އެ ސްކޫލުގެ ދަރިވަރުންގެ ސުލޫކާއި އަޚުލާގު ރަގަޅު ކުރެއްވުމަށް މަނިކުފާނު ކުރެއްވި ކަންކަމަކީ އޭރަށް ބަލާއިރު ހަރުދަނާ ރަގަޅު ކަންކަމެވެ. އެކަމަކު މިއަދުތޯއެވެ. އެކަންކަން މިއަދު ކުރަން ދިމާކުރާ މީހަކު ފެތޭނީ ކޮންމެވެސް ގާނޫނެއްގެ ދަށުން ކޮންމެވެސް ގޮޅިއަކަށެވެ. ދަރިވަރުންނަށް މަނިކުފާނު ދެއްވި އަދަބުތަކަށް މިއަދު ޖާގައެއް ނެތެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. ވިސްނުންތައް މިވަނީ ބަދަލުވެފައެވެ. މިއަދު ކުރިއަށްދާން ޖެހިފައިވަނީ މިއަދުގެ ހަގީގަތްތަކަށް ރިއާޔަތް ކޮށްގެންނެވެ.

މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަން މޭން ޝޯއެއްގެ ގޮތަށް މާލޭ މުނިސިޕަލްޓީ ވަރަށް ބަރާބަރަށް ހިނގިއެވެ. ހުރިހާ އަމުރު މައުރޫފެއްގެ މިލްކުވެރިއަކީ މަނިކުފާނެވެ. އެހެން މީހަކާ ނުވަތަ ބަޔަކާ މަޝްވަރާ ކުރެއްވުމެއްނެތި މަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތަކަށް ކަންކަން ނިންމަވައި ކަންކަމުގެ ނަތީޖާ ނެރެދެއްވިއެވެ. އެކަމަކު މިހާރު އެމަގުން ކަންކަން ކުރާކަށް ފުރުސަތެއް ނެތެވެ. މޭޔަރު ގިނިކަންޏާ ކަންކަމެއް ނުނިންމޭނެއެވެ. ސިޓީ ކައުންސިލެއް އޮވެއެވެ. އެ ކައުންސިލްގެ މަޝްވަރާ ބޭނުންވެއެވެ. ވަން މޭން ޝޯ ކުޅުމަކީ ލާމަރުކަޒީ ގާނޫނު ދަންނަ ކަމެއް ނޫންވީމައެވެ.

ކޮންމެއަކަސް މަތީގައި ބަޔާންކުރެވުނު ކަންކަން އެމަގުން ހިނގާފައި އޮތީމާ މަނިކުފާނު ޑރ މުއިއްޒަށް ތާއީދު ކުރައްވަނީ ކަންކަން އަލުން މަރުކަޒު ކުރުމުގެ ވިސްނުންފުޅެއްގައި ކަމަށް ވަރަށް ބޮޑަށް ހީވެއެވެ. އަނެއްކާވެސް އެދެނީ މައާފު ކުރެއްވުމެވެ. މިއުޅެނީ މަރުކަޒު ކުރާކަށް ނޫނެވެ. އަމާޒަކީ ލާމަރުކަޒީ ނިޒާމު ހިންގުމެވެ. މަނިކުފާނެކޭ އެއްފަދައިން ޑރ މުއިއްޒަށްވެސް ދަސްވެފައިވަނީ އަދި ފަރިތައީވެސް ކަންކަން މުށުތެރެއަށްލައިގެން މަރުކަޒު ކުރުމަށެވެ. މާލޭގެ ރައްޔިތުން މިއަދު އެދެނީ އެ ނިޒާމެއް ނޫނެވެ. މަރުކަޒު ކުރުމުގެ ނިޒާމު އަލުން ގެންނަން އުޅޭނަމަ މަނިކުފާނުގެ ލަފަޔަށްވުރެ އިސްވާނޭ އެހެން ލަފަޔެއް ނޯންނާނެކަން ކަށަވަރެވެ.

ލާމަރުކަޒީ ނިޒާމުގެ މޭވާގެ ރަހަ މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމަޔަށް ފޯރުކޮށްދެވޭނޭ ބޭފުޅަކީ ޑރ މުއިއްޒުކަމަށް މަނިކުފާނު ވިދާޅުވީމާ މިހާރުގެ މީހުން ބިނދިބިނދިފައި ހޭނެއެވެ. ތިޔަ ވިދާޅުވާ ޑރ މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ މުޅިން އިދިކޮޅެވެ. މީހުންގެ މަޝްވަރާޔާއި ލަފާގެ މަތިން ޑރ މުއިއްޒު ކުރެއްވި އެންމެ ކަމެއްވެސް މަނިކުފާނު ދައްކަވަބައްލަވާށެވެ. ނެތެވެ. ފެންނަނީ މުޅިންވެސް މަރުކަޒު ކުރުމާއި އަމިއްލަޔަށް ކަންކަން ނިންމުމެވެ. މާލޭގެ ދެކުނު ފަރާތުން ކަނޑުތޮށި ބުރިކޮށްލައިގެން ހެދި ނުރައްކާތެރި ނެރަކީ މިބަހުގެ މިސާލެކެވެ. ކުރާ ކޮންމެ ކަމެއް އަލުން ބަލުން ކުރާން ޖެހުމާއި ފައިސާ އިސްރާފު ކުރުމަކީ ޑރ މުއިއްޒާއި ގުޅިފައިވާ ޚާއްސަ ސިފައެކެވެ. ތަކުރާރުކޮށް އެއްކަމެއް ކުރާން ޖެހުނީމާ ތިޔަކަން ތިޔައޮތީ މުއިއްޒުވެފަޔޭ މިހާރުގެ މީހުން ބުނެއުޅެނީވެސް އެހެންވެގެންނެވެ.

ފަށަމުންވެސް ދެންނެވި ފަދައިން އުމަރު ޒާހިރަށް ފާޑުކިޔާން އަޅުގަޑު ނޭދެމެވެ. އެއީ ކުރަން ބޭނުންވެގެންހުރި ކަމެއްވެސް ނޫނެވެ. އެކަމަކު އަމިއްލަފުޅަށް މިއަދުގެ ސިޔާސީ ތޫފާނުގެ ތެރެއަށް ވަދެވަޑައިގަތީމާ އެނބުރޭ ރޯޅިރޯޅީގެ ވައިން ފަސްބައި ކަޝްފުވާނޭތާއެވެ. މިއީ އެޒާތުގެ ކަމެކެވެ. ކުރީ ޒަމާނުގެ މުރާލި މަޝްހޫރު ޚިދުމަތްތެރިޔާ މީރުބަހުރު އިސްމާއީލްދީދީ ވަޑައިގެންފައި ތިމަންނާޔަށް ފެންނަނީ މިހެންނޭ އެހެންނޭ ވިދާޅުވެއްޖެނަމަ މިހާރުގެ މީހުން ބުނާނީ ކީކޭބާވައެވެ. ބުނާނެއެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނީ ޕިޗޯރީން ކަނޑުފައްތައި މަރާނޭ ގޮތެވެ.

މާލޭ ސިޓީ ކައުންސިލްލޯކަލް ކައުންސިލް އިންތިޚާބުދިވެހި ޕޮލިޓިކްސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް