Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގިރާވަރު ފަޅު

ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ ރިސޯޓު ނަގާ، ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ދޭންޖެހޭނެ - އަކްރަމް

ގިރާވަރު ފަޅު އިތުރަށް ހިއްކާނަމަ ގިރާވަރު ނަގަންޖެހޭ، އެއީ ފައިދާހުރިކަމެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖެނުއަރީ 2024 | ބުދަ 09:46
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ އެ ފަޅުގައި އޮންނަ ގިރާވަރު ރިސޯޓަށް ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅު އިތުރަށް ހިއްކަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަަވަމުން، އަކްރަމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވެސް ގިރާވަރުފަޅު އިތުރަށް ހިއްކަން އެކަން އިތުރަށް ދިރާސާކުރި ކަމަށެވެ. އަދި ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ، ބިން ހިއްކުމުގެ ހަރަދުގެ އިތުރުން ގިރާވަރު ރިސޯޓް ނަގާ ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ އެވަރުކަމެއް ކުރާކަން އެއީ ފައިދާހުރި ކަމެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން އަކްރަމް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ ބަދަލުގައި އުތުރު ތިލަފަޅު ހިއްކާފައި އެތަން އާބާދުކުރުން ވެސް މާ ރަނގަޅުވާނެ ކަމަށާއި ސަބަބަކީ އުތުރު ތިލަފަޅު ސަރާސަރަށް ބޮޑުކޮށް ހިއްކޭނެތީ ކަމުގައެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ޕްލޭނަކީ އެމަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރެއްވުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގުޅިފަޅާއި، ހުޅުމާލެއާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭން ހަދާ އެ ގެޒެޓްކޮށްފައި އޮންނާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒަށް އެހެން ވިދާޅެއް ނުވެވޭނެ ކަމަށާއި، އެއީ ކަންކަން އޮޅުވާލައްވަން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށެވެ. އަކްރަމް ވިދާޅުވީ މުއިއްޒަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި، މުއިއްޒު ދައްކަވާ ވާހަކައިގެ ގަބޫލުކުރަން ވާނީ 10 އިންސައްތަ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭނަކީ، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ޕްލޭނެއް ނޫން ކަމުގައިވާނަމަ އެއީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ކަމަށާއި، ނަމަވެސް ލޭންޑްޔޫސް ޕްލޭންތައް ހުންނާނީ ހެދިފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރަސްމާލެ އެއީ އައު ސިޓީއެއްގޮތަށް ތަރައްޤީކުރަން މުއިއްޒު ބޭނުންފުޅުވާއިރު، މުޅިތަން ހިއްކަން 5 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހިނގާނެ ކަމަށެވެ. އަދި އެތަނުގެ ފެނާއި ނަރުދަމާ ނުލާ އެހާ ބޮޑު އަދަދެއް ހަރަދުކުރާއިރު، 20 އަހަރު ވާއިރު ވެސް އެތަން ތަރައްގީނުވާނެ ކަމަށެވެ. މީގެ އިތުރުން މާލެއިން ފަސޭހައިން ދެވޭގޮތަކަށް އޮވެގެން ނޫނީ މާލޭގެ މީހުން އެތަނަށް ދާން ބޭނުން ނުވާނެ ކަަމަށާއި، ރަސްމާލެއަކީ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުން ގެނެސް އާބާދުކުރަން އުޅޭތަނެއްކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ މާލޭގެ ބޯހިޔާވަހިކަން ހައްލުކުރަން ކުރައްވާ މަސައްކަތެއް ނޫން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު