Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގައި ކޮވިޑުގެ ކޭސްތައް އިތުރުވުން

އިންޑިއާގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަނީ

ހޮނިހިރު ދުވަހުވެސް އިންޑިއާއިން 40،000ށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 10:16
އިންޑިއާގައި ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް ތަންފީޒު ކުރަނީ- އިންޑިއާއިން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައި

އިންޑިއާގައި ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް ތަންފީޒު ކުރަނީ- އިންޑިއާއިން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައި

ހަތަރު މަހަށްފަހު އިންޑިއާގައި ކޮވިޑް-19 ކޭސްތައް އިތުރުވާން ފަށައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހޮނިހިރު ދުވަހުވެސް އިންޑިއާއިން 40،000ށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިންވެސް ގިނަ ކޭސްތައް ރިޕޯޓު ކޮށްފައިވަނީ އެ ޤައުމުގެ އިޤްތިސާދުގެ މައި ހަބްތައް ހިމެނޭ މަހަރާޝްތުރާއިންނެވެ.

މަހަރާޝްތުރާގެ އިތުރުން، ޕަންޖާބާއި، ގުޖްރާތު އަދި މަދިޔަ ޕްރަދޭޝްގައި ވެސް ކޮވިޑު ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

އޭގެ އިތުރުން، އިންޑިއާއިން އިތުރު 188 މީހަކު ވައިރަސް ޖެހިގެން މަރުވެފައިވާއިރު، މިހާތަނަށް އެ ޤައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 159،404ށް އަރާފައެވެ. އިންޑިއާއަކީ އެމެރިކާއާއި ބްރެޒިލްގެ އިތުރުން، ދެން އެންމެ ގިނައިން ކޭސްތައް ރިޕޯޓު ކޮށްފައިވާ ޤައުމެވެ. އިންޑިއާއިން ފެންނަމުންދާ ކޭސްތައް އިތުރުވަމުން ދިއުމާއެކު އެ ޤައުމުގެ ބައެއް ސްޓޭޓުތަކުގައި މިހާރު ދަނީ ހަރުކަށި ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން ބައެއް ސްޓޭޓުތަކުގައި ލޮކްޑައުން އިއުލާނު ކުރުމަށްވެސް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.

އިންޑިއާގެ ޑޮކްޓަރުންނާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާގައި ކޮވިޑު އައު ރާޅަކާއި ކުރިމަތިލާން ޖެހިފައިމިވަނީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ފަރުވާ ކުޑަކުރުމުގެ ސަބަބުންނެވެ. އެގޮތުން މާސްކް އެޅުމާއި، ގައިދުރުކަން ދެމެހެއްޓުމަށް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގިނަބަޔަކު ބޯލަނބަމުން ނުދާކަމަށް ޑޮކްޓަރުން ފާހަގަ ކުރެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ކޮވިޑުގެ ފުރަތަމަ ރާޅު ކުރިމަތިލީއިރު، އޭރު ދުވާލެއްގެ މައްޗަށް ލައްކައިން ކޭސްތައް ރިޕޯޓު ކުރެވެމުން ދިޔައެވެ. ނަމަވެސް އޭގެ ފަހުން މަޑުމަޑުން ކޭސްތަކުގެ އަދަދު ދަށްވަމުންގޮސް، އަނެއްކާވެސް މިވަނީ ކޮވިޑުގެ އައު ރާޅެއް ކުރިމަތިވެފައިވާ ކަމުގެ ބިރު ހީވެފައެވެ.

ކޮރޯނާވައިރަސްކޮވިޑް-19އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު