Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

ދިއްލީގެ ތާރީހީ ރެޑް ފޯޓް ކައިރީގައި ހޯމަ ދުވަހު ހަވީރު ހިނގި މިހާދިސާގައި މަދުވެގެން 8 މީހުން މަރުވެ 20 މީހަކަށް ފަރުވާ ދެމުން ގެންދޭ.

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 07:55
ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ހިނގި ކާރެއް ގޮއްވާލުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ

ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ހިނގި ކާރެއް ގޮއްވާލުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ

އިންޑިއާގެ ވެރިރަށް ދިއްލީ ގައި ހޯމަ ދުވަހުގެ ހަވީރު ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި އެވެ.

ދިއްލީގެ އާބާދީ ބޮޑު ސަރަހައްދަކަށް ވުމުގެ އިތުރުން ތާރީހީ ރެޑް ފޯޓް ކައިރީގައި ހިނގި މި ހާދިސާ ގައި މަދުވެގެން 8 މީހުން މަރުވެފައި ކަމަށް ސިޓީ ފުލުހުންގެ ތަރުޖަމާނަކު ވަނީ ހާމަ ކޮށްފަ އެވެ.

މި ހާދިސާ ގައި ގޮއްވާލި ކާރުގެ ވެރިފަރާތް ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ގެ ބްރޯޑްކާސްޓަރު އެންޑީޓީވީން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިންޑިއާ ގައި ލާލް ގިލާ ގެ ނަމުން މަޝްހޫރު ރެޑް ފޯޓަކީ، ފާރިސީ އަދި އިންޑިއާ ގެ ފަރުމާވެރިކަމުގެ ސްޓައިލްތައް ހިމަނައިގެން 17 ވަނަ ގަރުނުގައި މުޣުލް ޒަމާނުގައި ބިނާ ކޮށްފައިވާ މަގްބޫލު ތަނެކެވެ. އެއީ، އަހަރުތެރޭގައި ހުރިހާ ދުވަހެއްގައި ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ތަނެކެވެ.

ފުލުހުން ބުނާގޮތުގައި ހާދިސާ ގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން 6 ހަށިގަނޑެއް ދެނެގަނެފައިވާ ކަމަށް އޮފިޝަލަކު ވަނީ ހާމަ ކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ހަ ހަށިގަނޑެއް ދެނެގަނެފައިވާ އިރު، ފަސް ހަށިގަނޑެއްގެ ޕޯސްޓްމޯޓަމް ވެސް ވަނީ ފުރިހަމަ ކޮށްފަ،" އޮފިޝަލް ރާޖާ ބަންތިއާ އަންގާރަ ދުވަހު ނޫސްވެރިންނަށް ވިދާޅުވި އެވެ. "ޒަހަމްވި މީހުންނަށް ފަރުވާދެމުން އެބަދެއެވެ"

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ދިއްލީގައި ހިނގި ހާދިސާ ތަހުގީގު އެންމެ މަތީ ލެވެލް ގައި ކުރިއަށް ގެންދާ ކަމަށެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ މަތީ ފެންވަރުގެ ސަލާމަތީ ރިވިއު ބައްދަލުވުމެއް ރިޔާސަތު ބަލަހައްޓަވާފަ އެވެ.

ހާދިސާގެ ޚުލާސާ:

  • ހޯމަ ދުވަހުގެ ހަވީރު ދިއްލީގެ ރެޑް ފޯޓް ކައިރީގައި އެތަނުގެ ގަޑިން 18:52 (ޖީއެމްޓީ 13:22) ގައި ކާރެއް ގޮއްވާލުމުގެ ސަބަބުން 8 މީހުން މަރުވި.
  • ހާދިސާގައި ގާތްގަނޑަކަށް 20 މީހުން ޒަޚަމްވެ ހޮސްޕިޓަލްތަތަކުގައި ފަރުވާ ދެމުންދޭ.
  • ކޮންމެ ދުވަހަކު އެތައް ހާސް ފަތުރުވެރިން ޒިޔާރަތްކުރާ 17 ވަނަ ޤަރުނުގެ މި ތާރީޚީ ސަރަހައްދު މިހާރު ވަނީ 3 ދުވަހަށް ބަންދުކޮށްފައި. ސަރަހައްދުގެ އެއްގަމު ދަތުރުފަތުރު ކުރުމުގައި ވެސް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައި.
  • ދިއްލީގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ގޮއްވާލީ މަޑުން ދުއްވަމުންދިޔަ ކާރެއް ޓްރެފިކް ސިގްނަލެއްގައި މަޑު ކޮށްލި ވަގުތުގައި.
  • ދިއްލީ ފުލުހުންގެ އޮފިޝަލް ރާޖާ ބަންތިއާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ގޮއްވާލުން ހިނގި ސަރަޙައްދުން އަދި ގޮވި އެއްޗެއްގެ ބައިތައް ފެނިފައެއް ނުވޭ.
  • ގޮއްވާލުން ހިނގި ސަބަބާމެދު އަދި ރަސްމީ ކޮށް އެއްވެސް އެއްޗެއް ހާމަ ކޮށްފަ އެއް ނުވޭ - ހޯމް މިނިސްޓަރ ޝާހް އަދި އެހެނިހެން އިސްވެރިން ވިދާޅުވެފައި ވަނީ "ހުރިހާ ގޮތްތަކެއް ބަލަމުންގެންދާ" ކަމަށް.
  • ދިއްލީ އާއި ދިއްލީ އާއި އިން ވެގެން ހުރި ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައި ވޭ.

މަސްދަރު: ބީބީސީ

ދިއްލީރެޑް ފޯޓްއިންޑިއާގޮއްވުން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު