Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓޫޑެންޓް ލޯން ސްކީމް

މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެދިފައިވާ ދަރިވަރުންގެ އެޕްލިކޭޝަންތައް ވަޒަންކުރާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި - މިނިސްޓަރ

މިއީ މި ސަރުކާރުން މަތީ ތައުލީމުގެ ލޯނަށް އެންމެ ގިނަ ފުރުސަތު ހުޅުވާލި ފަހަރު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 މާރިޗު 2021 | ހޮނިހިރު 09:56
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން

މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި 1176 ދަރިވަރުންގެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ވަޒަންކުރާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ދޭ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. 770 ކުދިންނަށް ލޯނު ދޫކުރުމަށް ހަމަޖައްސާފައިވާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ މި ސަރުކާރުން މަތީ ތައުލީމުގެ ލޯނަށް އެންމެ ގިނަ ފުރުސަތު ހުޅުވާލި ފަހަރު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެންމެ ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މަތީ ތައުލީމު ހާސިލްކޮށްގެން ދިވެހި ދަރިން ރާއްޖެއަށް ޚިދުމަތްކޮށްދޭ މަންޒަރު ކަމަށެވެ.

ލޯނަށް ހުޅުވާލި 770 ޖާގައިގެ ތެރެއިން 299 ޖާގަ އަކީ އަލަށް ކިޔަވަން ފަށާ ކުދިންނަށް ހާއްސަކޮށްފައިވާ ފުރުސަތުތަކެއް ކަމަށެވެ. އަދި ބާކީ 471 ފުރުސަތަކީ މިހާރު ވެސް ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ރިޒާވްކޮށްފައިވާ ޖާގަތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފުރުސަތު މާޗު މަހުގެ 4 ވަނަ ދުވަހަށް ހަމަވެފައިވާއިރު މި ލޯނުގެ ފުރުސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ކެޓެގަރީއެއް ވަނީ ހިމަނާފައެވެ.

ސްޓޫޑެންޓް ލޯން އެންމެ ފަހުން ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެފަހަރު އެކި ދާއިރާތަކުން ކިޔެވުމަށްޓަކައި ޖުމްލަ 514 ދަރިވަރަކަށް ލޯން ދޫކޮށްފައިވާއިރު އެއީ 151 މިލިޔަން ރުފިޔާއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު