Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޮލަރޝިޕްގެ ފުރުސަތު

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

2 ބެޗްލަރސް ޑިގްރީ، 2 މާސްޓަރސް ޑިގްރީ އަދި 1 ޕީއެޗްޑީއަށް ފުރުސަތު ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2024 | އާދީއްތަ 07:36
ދަރިވަރުންތަކެއް ދަސްވެނިވުމުގެ ހަފްލާގައި

ދަރިވަރުންތަކެއް ދަސްވެނިވުމުގެ ހަފްލާގައި

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ 2 ބެޗްލަރސް ޑިގްރީ، 2 މާސްޓަރސް ޑިގްރީ އަދި 1 ޕީއެޗްޑީއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. ޗައިނާގައި ހިންގާ މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޯސްތަކަށް ކުރިމަތިލުމުގެ ކުރިން ޝަރުތު ފުރިހަމަވޭތޯ ބެލުމަށް އިލްތިމާސްކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިހާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި، ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން އަދި 28 މާރިޗު 2024 ގެ ނިޔަލަށް އުމުރުން 25 އަހަރުވެފައިނުވުން ހިމެނެއެވެ.

މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، 28 މާރިޗު 2024 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކުން ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، 28 މާރިޗު 2024 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން ހިމެނެއެވެ.

މީގެ އިތުރުން ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން ޝަރުތުގެ ތެރޭގައި ހިމެނެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި މެޑިކަލް އިންޝޫރެންސް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ. ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ފަރާތުންނެވެ.  

މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން އެންގުމުން، ޔުނިވަރސިޓީގެ އޮންލައިން އެޕްލިކޭޝަން ޔުނިވަރސިޓީއަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމާއި އާއިއެކު ހުށަހެޅި ލިޔުންތަކުގެ ކޮޕީ 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ސްކޮލަރޝިޕްޗައިނާހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު