Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަރިވަރުންނަށް ފައިސާ ދޫކުރުން

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ކުރިން ސަރުކާރުން ވަނީ ފައިސާ ދޫކުރުން ލަސްވަނީ ޑޮލަރުގެ ތާށިކަމާހުރެކަމަށް ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 08:09
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ

މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން ލަސްވަނީ ލިއެކިއުންތައް ފުރިހަމަނުވުން ފަދަ ސަބަބުތަކާހުރެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލޯނާއި ޑިގްރީގެ ފައިސާ ދޫކުރުން ލަސްވުމުގައި ސަބަބުތަކެއް ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބަލާއިރު، ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ލޯނު ދޭން އިއުލާނު ކޮށްފައިވާ ޤައުމު ނޫން ޤައުމަކަށް ދާން އެދުމުން ދިމާވާ އިދާރީ ދަތިތަކާއި، ޔުނިވާސިޓީތަކުން ލިބެންޖެހޭ ބައެއް ލިއުންތައް ނުލިބުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

އަދި އެފަދަ ޙާލަތްތަކުގައި ދަރިވަރުންނަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން މިނިސްޓްރީން އަމަލު ކުރާ ވަކި ގޮތްތަކެއް ހުންނަކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ކުރިން ސަރުކާރުން ވަނީ ފައިސާ ދޫކުރުން ލަސްވަނީ ޑޮލަރުގެ ތާށިކަމާހުރެކަމަށް ބުނެފައެވެ. އަދި މިހާރު އަލަށް ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފައިސާ ލިބުން ވަނީ އެތައް ގުނައެއް ލަސްވެފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، ޑޮލަރުގެ ތާށިކަމެއް ދަރިވަރުންގެ ތައުލީމަށް މިވަގުތު ކުރިމަތިވެފައި ނެތް ކަމަށާއި، މާލީ ވުޒާރާއިންވެސް ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ.

މިނިސްޓްރީގެ މަސައްކަތްތައްވެސް ލަސްވަނީ އެކަށީގެންވާ "ސިސްޓަމެއް" ޤާއިމު ކުރެވިފައި ނެތުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ލިބުން ދަތިވެ ގިނަ ބަޔަކު ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި ސްކޮލަރޝިޕްގައި ގޮސް ތިބި ކުދިން އަތުގައި ލާރިއެއް ނެތްކަމަށާއި، ލިބެންޖެހޭ ސްޓައިޕެންޑް (އެލަވަންސް) ލިބުން ނުހަނު ލަސްވާކަމަށް އެތައް ދަރިވަރުންގެ އާއިލާތަކުން ވަނީ ފާހަގަކޮށްފައެވެ.

އަދި އާއިލާއާ ދުރުގައި ރާއްޖޭން ބޭރުގައި އެކުދިން ދިރިއުޅެމުންދާއިރު، އެކުދިން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ވެސް ނުކުރެވި، އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާން ޖަހަން ޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެކުދިންގެ އާއިލާ ގޮސްފައިވާކަމަށް ބައެއް އާއިލާތަކުން ވަނީ ބުނެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒުހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު