Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ މުޒާހަރާ

މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ދެމީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި

އެމީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށްފަހު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 07:55
ޕީޕީއެމް/ޕީއެންސީގެ މުޒަހަރާގެ ތެރެއިން،

ޕީޕީއެމް/ޕީއެންސީގެ މުޒަހަރާގެ ތެރެއިން،

އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހަކު ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުކުރު ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ޖޫރިމަނާ ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެމީހުންނަކީ މުޒަހަރާގައި ފުލުހުންނަށް ހަމަލާ ދޭން މަސައްކަތް ކުރި ދެމީހުން ކަމަށް އޮފިސަރު ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންޑިއާއަށް ދިވެހި ބިން ވިއްކާފައިވާ ކަމަށް ގޮވާފައެވެ. އަދި ދިވެހީންގެ މިނިވަންކަން އިންޑިއާއިން ނަގާލާފައިވާ ކަމަށް އިދިކޮޅުގެ ސަޕޯޓަރުން ގޮވިއެވެ.

އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ހުކުރު ދުވަހު މުޒާހަރާ ކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. ފުލުހުން ވަނީ އާންމުންނަށް އެ ސަރަހައްދަށް ނުވަދެވޭނެހެން ބެރިކޭޓް ޖަހާ ބަންދުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސިލްސިލާކޮށް މާލެ ސިޓީގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ފުލުހުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފުވުމުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލަމުންނެވެ.

މިމުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިޔަށް ގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާވެސް ހިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

މުޒާހަރާއިދިކޮޅުން މުޒާހަރާ ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!

މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!

16 ސެޕްޓެމްބަރު 2025
މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

01 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު