Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުވައިނާ އިސްތިއުފާ ދިނުން

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

25 އެޕްރީލު 2025 | ހުކުރު 17:59

ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ހުވައިނާ އިސްތިއުފާ ދިނީ ޔުމްނު ވެއްޓު ހާދިސާގައި ފުލުހުން ހިންގަމުންދާ ތަހުގީގާއި މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 އެޕްރީލު 2025 | ހުކުރު 17:59
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި ހުވައިނާ މުހައްމަދު ނިހާދު (ހުވޭ)

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި ހުވައިނާ މުހައްމަދު ނިހާދު (ހުވޭ)

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) އިސްތިއުފާ ދީފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހުވޭ އޭނާގެ އިންސްޓަގްރަމްގައި ލިޔުނު ޕޯސްޓެއްގައި އެވެ.

ހުވޭ އޭނާގެ އިންސްޓަގްރަމްގައި ބުނީ މަޤާމުން އިސްތިއުފާ ދިނީ ޔުމްނު ވެއްޓު ހާދިސާގައި ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުންތަކެއް ހުރުމުން ފާޅުކުރަމުންދާ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހެންވޭރު ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލައިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އެ އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ހުވޭ އިސްތިއުފާ ދިން އިރު، އެ ކޮމެޓީގައި ޖުމްލަ 15 މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް އައްޔަނު ކުރެއްވި ދެ މެންބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި, ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި އަދި ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސުންގެ ތެރެއިން ތިން މެންބަރުންނެވެ.

މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މިކަމާއި ގުޅިގެން ޒުވާނުން ކުރަމުން ގެންދާ މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އިމާރާތުން ވެއްޓުނު ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި، މި ކަމުގައި އިހުމާލުވި ފަރާތްތައް ހައްޔަރުކޮށް އެ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ޒުވާނުން ކުރި މުޒާހަރާގައި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

11 ޖުލައި 2017
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
01 ޖުލައި 2017

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

01 ޖުލައި 2017
މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ
28 ޖޫން 2017

އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު

28 ޖޫން 2017
އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު
24 ޖޫން 2017

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

24 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
29 މާރިޗު 2017

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

29 މާރިޗު 2017
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް