Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރވިސްޗާޖްގެ ޤަވާއިދާއެކު މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުވެގެންދާނެތަ؟

ލޭބަރ ރިލޭޝަން އޮތޯރިޓީން މިވަނީ ސަރވިސްޗާޖާ ބެހޭ ޤަވާއިދު އެކުލަވާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 މާރިޗު 2021 | ހުކުރު 14:00
ރިސޯޓު މުވައްޒަފެއް

ރިސޯޓު މުވައްޒަފެއް

ސަރވިސްޗާޖްގެ މައްސަލައަކީ އަބަދުވެސް ވާޒީފާ އަދާކުރާ މުވައްޒަފުންގެ ކަންބޮޑުވުމެކެވެ. ހަމަހަމަކަމާއެކު ސަރވިސްޗާޖް ނުލިބޭ މައްސަލައާއި ސަރވިސްޗާޖް ދިނުމުގައި ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ވާހަކައަކީ އަބަދުވެސް އެ މުވައްޒަފުންގެ ޝަކުވާއެކެވެ. މިކަންތައްތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް، ލޭބަރ ރިލޭޝަން އޮތޯރިޓީން މިވަނީ ސަރވިސްޗާޖްއާ ބެހޭ ޤަވާއިދު އެކުލަވާލާފައެވެ. މިއާއެކު ޒަމާނުއްސުރެ ހައްލުނުވެ އޮތް ސަރވިސްޗާޖްގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމުގެ އުންމީދު މިވަނީ ކުޑަކޮށް އާލާވާން ފަށާފައެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން އެކުލަވާލާފައިވާ މި ޤަވާއިދަކީ ޤާނޫނާ އެއްގޮތަށް ސަރވިސްޗާޖް ނަގަމުންދޭތޯ ކަށަވަރުކޮށް މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބަހަންޖެހޭ ގޮތް ކަނޑައަޅައި އެގޮތަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސަރވިސްޗާޖް ބަހަމުންދާކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤަވާއިދެކެވެ. ސަރވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާއާއި މުވައްޒަފުންނަށް ބަހާ ފައިސާގެ މަޢުލޫމާތު ވަޒީފާދޭ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށައަޅަން ޖެހޭގޮތަށް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މި ޤަވާއިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، ޚިދުމަތުގެ އަގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ގެ ރޭޓުންނެވެ.

މީގެ އިތުރުން ޓޫރިސްޓް ރިޒޯޓެއް، ޓޫރިސްޓް ހޮޓަލެއް، ޓޫރިސްޓް ގެސްޓްހައުސްއެއް، ޓްރެއިނިން ރިޒޯޓެއް، ޓްރާންސިޓް ހޮޓަލެއް، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި، ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ވަކި ކޮޓަރިއެއް، ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުޢާމަލާތާ ގުޅޭގޮތުން ސަރވިސްޗާޖް ނަގަންވާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށެވެ. ސަރވިސްޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 ނެގިދާނެކަމަށާއި، އަދި އެއްވެސް ހާލަތެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެކަމުގައި މި ޤަވާއިދުގައި ބުނެފައިވެއެވެ.

މުވައްޒަފުންނަށް ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސަރވިސްޗާޖުގެ ގޮތުގައި ބަހަން ލާޒިމުވާ ފައިސާގެ ޖުމްލަ އަދަދު، އެ މަހެއްގައި ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމްލަ ދުވަސްތަކުން ގެއްލައިގެންނެވެ.

މި ޤަވާއިދުގެ ދަށުން ސަރވިސްޗާޖް ނެގުން ލާޒިމްވާ ފަރާތްތަކާއި، ސަރވިސްޗާޖް ނަގާ އެނޫންވެސް ފަރާތްތަކުން، ޤަވާއިދާއެއްގޮތަށް މައުލޫމާތު ބަލަހައްޓަމުން ނުދާނަމަ، ނުވަތަ އެންގުމަކާ ޚިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު -/10،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، އަދި ތަކުރާރުވާ ކޮންމެ ފަހަރަކު ބައިލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ވެއެވެ.

އެހެންނަމަވެސް އުފެދޭ ސުވާލަކީ މިފަދަ އެތައް ޤަވާއިދުތައް ހެދިގެންދާއިރުވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހަޤީޤީ މާނާގައި ހައްލު ލިބިގެންދާނެތޯއެވެ. މިފަދަ ކިތަންމެ ޤަވާއިދުތަކާއި ޤާނޫނުތަކެއް ހެދިފައިވީ ނަމަވެސް މި ޤަވާއިދުތަކަށް އަމަލު ކުރަނީ މަދުބައެކެވެ. އަދި މި ޤަވާއިދުތަކަށް އަމަލު ނުކުރާ ގިނަ ބަޔަކާމެދު ފިޔަވަޅު ނާޅާ ދޫކޮށްލެވިގެންދާ މަންޒަރު މަދުން ނަމަވެސް ފެނިގެންދެއެވެ.

އުންމީދަކީ މި ހެދި ޤަވާއިދުގެ ސަބަބުން ހަމަހަމަކާއެކު މުވައްޒަފުންނަށް ހައްޤުވާ މިންވަރަށް އެމީހުންނަށް ސަރވިސްޗާޖް ލިބިގެންދިއުމެވެ.

ސަރވިސްޗާޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި

ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި

18 ޖެނުއަރީ 2022
ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

17 ނޮވެމްބަރު 2021
ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ

ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ

16 ޖުލައި 2021
ސަރވިސްޗާޖާ ބެހޭ ގަވާއިދު އެކުލަވާލައި ޢަމަލުކުރަން ފަށައިފި

ސަރވިސްޗާޖާ ބެހޭ ގަވާއިދު އެކުލަވާލައި ޢަމަލުކުރަން ފަށައިފި

17 މާރިޗު 2021

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު