Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެންޒޭނިއާގެ ރައީސް މަގުފުލީ އަވަހާރަވުން

ޓެންޒޭނިއާގެ 6 ވަނަ ރައީސަކަށް އަންހެން ކަނބަލެއް

ދައުރުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރައްވާނީ ސަމީއާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މާރިޗު 2021 | ހުކުރު 10:41
ޓެންޒޭނިއާގެ އައު ރައީސްކަމުގެ ހުވާ ކުރެއްވި ސަމީއާ ސުލޫހް ހަސަން އެ ޤައުމުގެ ކުރީގެ ރައީސް އަރިހުގައި

ޓެންޒޭނިއާގެ އައު ރައީސްކަމުގެ ހުވާ ކުރެއްވި ސަމީއާ ސުލޫހް ހަސަން އެ ޤައުމުގެ ކުރީގެ ރައީސް އަރިހުގައި

ޓެންޒޭނިއާގެ 6 ވަނަ ރައީސް ކަމުގެ ހުވާ އަންހެން ބޭކަނބަލަކު ކުރައްވައިފިއެވެ.

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވުމާ ގުޅިގެން ހުކުރު ދުވަހު އެ މަޤާމުގެ ހުވާ ކުރައްވާފައިވަނީ އެ ގައުމުގެ ނާއިބު ރައީސާ ސަމީއާ ސުލޫހް ޙަސަންއެވެ. އޭނާ މަޝްހޫރުވެފައި އޮންނަނީ "މަމާ ސަމީއާ" ގެ ނަމުންނެވެ. ސަމީއާއަކީ 2015 ވަނަ އަހަރު މަގުފުލީގެ ރަނިންގ މޭޓެވެ. އަދި މަގުފުލީގެ ދައުރުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރައްވާނީ ސަމީއާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަގުފުލީ އަވަހާރަވެއްޖެކަން ބުދަދުވަހު އިއުލާނު ކުރެއްވީ ވެސް ސާމިއާ ސުލުހޫ ހަސަންއެވެ. އެގައުމުގެ ރަސްމީ ޓީވީ މެދުވެރިކޮށް މިކަން އިއުލާން ކުރައްވަމުން، އޭނާ ވިދާޅުވީ، އުމުރުފުޅުން 61 އަހަރުގައި މަގުފުލީ އަވަހާރަވެފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ކަމަށެވެ. މިކަމަށް މަގުފުލީ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދިހަ އަހަރު ވެއްޖެއެވެ. މިހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ދާރުއްސަލާމްގައި ހުންނަ ހޮސްޕިޓަލެއްގައި އޭނާ ވަނީ އެޑްމިޓް ވެސް ކުރެވިފައެވެ.

ރައީސް އަވަހާރަވުމާ ގުޅިގެން އޭރު ސަމީއާ ވަނީ، ގައުމީ ހިތާމައިގެ 14 ދުވަސް އިއުލާނު ކުރައްވާފައެވެ. ސަމީއާ ވެގެންގޮސްފައި މިވަނީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސާ އަށެވެ. އަދި އޭނާއަކީ އެފްރިކާގެ އިރުމަތީ ބިތުގެ ގައުމެއްގައި ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ލީޑަރު ވެސް މެއެވެ.

މަގުފުލީ އަވަހާރަވެފައި މިވަނީ، ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މަގުފުލީ ފެނިފައި ނުވާތީ، އޭނާ އާލާސްކަންފުޅާއި އުޅުއްވާކަމަށާއި، ގައުމުން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަމުގެ ޚަބަރުތަކުގެ އަޑުގަދަވެފައި ވަނިކޮށެވެ.

ޓެންޒޭނިއާކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
01 ނޮވެމްބަރު 2025

ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި

01 ނޮވެމްބަރު 2025
ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު