Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން ޖެހުން

ބުރާސްފަތި ދުވަހު އިތުރު 1745 މީހަކު ކޮވިޑް ވެކްސިން ޖަހައިފި

18 މާރިޗު 2021 | ބުރާސްފަތި 18:21

އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 95،967ށް އަރާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2021 | ބުރާސްފަތި 18:21
ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިހާރު ދަނީ ތައްޔާރުވަމުން

ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިހާރު ދަނީ ތައްޔާރުވަމުން

ބުރާސްފަތި ދުވަހު އިތުރު 1745 މީހަކު ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހު ވެކްސިން ޖަހާފައިވާ 1745 މީހުންނަކީ ވެސް އަތޮޅު ތެރޭގައި ގާއިމު ކޮށްފައިވާ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖަހާފައިވާ މީހުންނެވެ. އެއާއެކު، އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 95،967ށް އަރާފައެވެ.

އޭގެ އިތުރުން، މިހާތަނަށް މާލެ ސަރަޙައްދުން 121،630 މީހަކު ވެކްސިން ޖަހާފައިވާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 217،597ށް އަރާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުންދާއިރު، ޚާއްސަ ކެޓެގަރީގެ މީހުންނަށް ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން، އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޮވިޑް-19ގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލީ މާރިޗް 15 ގައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލި ނަމަވެސް ޚާއްސަ ކެޓެގަރީތަކުގެ މީހުންނަށް ވެކްސިން ދޭ ގޮތަށް އޮތީ ހަަމަޖެހިފައެވެ.

މީގެ އިތުރުން ކޮވިޑް19ގެ ވެކްސިން ދެމުންދާއިރު އެހެން ބައްޔެއްގެ ސަބަބުން ވެސް ސިއްހީ ހާލަތު ގޯސްވެދާނެ ކަމަށާއި، އާއްމުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ އިލްތިމާސްކުރައްވާފައިވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ސިއްހީ ގޮތުން ކުރިމަތިވާ ހުރިހާ މައްސަލައެއް ވެސް ރިޕޯޓުކުރާނެ ކަމަށާއި، ރާއްޖޭގައި ރިޕޯޓު ކުރެވޭ މައްސަލަތައް ނިސްބަތުން މަދު ކަމަށެވެ. އަދި ބޮޑަށް ސިއްހީ ހާލަތު ގޯސްވި ކޭސްތައް އިތުރަށް ބަލަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތިވި މައްސަލަތޯ ކަށަވަރު ކުރާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މުޅި ދުނިޔެ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ވެކްސިން ދެމުން ދަނީ އެބައްޔަށް ކަމަށެވެ. އެހެންކަމުން މުޖުތަމައުގައި އުޅޭ އެހެނިހެން ބަލިތައް އުޅޭނެ ކަމަށާއި، ވެކްސިން ޖެހި އެހެން ބަޔަކަށް މީހާ ހުށަހެޅިގެން ގޮސްދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ހާލަތެއްގައި އެއީ ވެކްސިންގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް ނުނިންމޭނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ދިނުމަށްފަހު ހަށިގަނޑުގައި ދީފާއީ ބާރު އުފެދުމަށް ނުވަތަ އެންޓި ބޮޑީ އުފެދެން ގާތްގަނޑަކަށް ދެހަފްތާ ނަގާ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދޭން ޖެހޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވަނީ ގާތްގަނޑަށް 46 އިންސައްތައަށް ކަމަށްވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ގާތްގަނޑަށް އާބާދީގެ 70 އިންސައްތައަށް ވެކްސިން ދޭން ޖެހޭ ކަމަށެވެ. އަދި ވެކްސިންގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް އަދި ދުވަސް ނަގާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެޗްޕީއޭވެކްސިން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް