Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުނ

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

18 މާރިޗު 2021 | ބުރާސްފަތި 13:54

މިކަން އިޢުލާނު ކުރައްވާފައިވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާގައި، އެޤައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ބައްދަލުވުމުގަ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 18 މާރިޗު 2021 | ބުރާސްފަތި 13:54
ރައީސް ޞާލިޙު ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން

ރައީސް ޞާލިޙު ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝް ސަރުކާރުން މިކަން އިޢުލާނު ކުރައްވާފައިވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާގައި، އެޤައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

‎ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރައްވާ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ބުނީ އެބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ދެގައުމު ދޭތެރޭ ބީމާ އެއަރލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިއުލާނުކުރެއްވި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎އެ އޮފީހުން ބުނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ މަގުން އިތުރު ދަތުރުތައް ބޭއްވުމަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވި ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދެއްވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

‎ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުމާއިގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާ، ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރޭ މި މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ..

‎ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދޭދޭ ފަރުދުންގެ މެދުގައި އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައިވާ ގުޅުންތައް ބަދަހިވެ، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

‎

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް