Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމް

ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ބައްދަލުވުމެއް ބާއްވައިފި

މި ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ 24 ކުންފުނި ވަނީ ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 މާރިޗު 2021 | ބުރާސްފަތި 07:52
ޔޫތް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޔޫތް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިއަހަރުގެ އަމާޒުކަމަށްވާ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ޔޫތް މިނިސްޓްރީން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މާރޗު 17 ވަނަ ދުވަހު 13:00 ގައި ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ 24 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މިބައްދަލުވުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، އަދި ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބާރުއަޅައި މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ގޮތުން ތަޢާރަފްކުރެވިފައިވާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އިތުރު ފުރިހަމަ ކަމެއް ގެނައުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓާއި ޓިވެޓް އެތޯރިޓީ (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން) ގުޅިގެންނެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޙްލޫފް އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ޒުވާނުންނަށް ބޭނުންވާ ތަމްރީން ދިނުމާއެކު ފުދުންތެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ މުހިއްމުކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޓިވެޓް އޮތޯރިޓީއިން ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތައް ތައްޔާރު ކޮށްފައިވާ 56 ދާއިރާ އަކުން ޒުވާނުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވާރކްގެ ލެވެލް 3 އަށް ފެތޭ ސަނަދެއް ލިބިގެންދާނެއެވެ. މިޕްރޮގްރާމްގެ އަމާޒަކީ ދިވެހި ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރާ، ޒިންމާދާރު، ހަރުދަނާ ބަޔަކަށް ހެދުމެވެ.

ޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
06 އޯގަސްޓު 2025

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ
03 ޖެނުއަރީ 2024

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

03 ޖެނުއަރީ 2024
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު