Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެނަމާ ބޯޓް ކާރިސާ

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ހިތާމަވެރި މި ހާދިސާއަށް މިވީ 17 އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 12:38
އެނަމާ ބޯޓް

އެނަމާ ބޯޓް

ދިވެހި ރާއްޖޭގެ ތާރީޚުގައި ކަނޑުމަތީގައި ހިނގައިދިޔަ އެންމެ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި މިއަދާ ހަމައަށް އައިރު ފާހަގަވެފައި އޮތީ އެނަމާ ބޯޓުގެ ކާރިސާއެވެ. މި ހިތާމަވެރި ކާރިސާ ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިއަދަކީ މި ހާދިސާއަށް 17 އަހަރު ފުރުނު ދުވަހެވެ. ރާއްޖޭގެ ތާރީޚުގައި މިދުވަސް މިއަދާ ހަމައަށް ލިޔެވިގެން ވަނީ ކަޅު އަނދިރި ދުވަހެއްގެ ގޮތުގައެވެ. ބޯޓުން ދަތުރުކުރި އެންމެން އެކީ ބޭނުންވީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެހެންނަމަވެސް ތަގުދީރުގެ ނިޔާ ހުއްޓުވޭނީ ކާކަށްތޯއެވެ.

އެ ދުވަހަކީ ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅެވުނު ދުވަހެކެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކުލަބް ވިލިނގިއްޔާއި ބައްދަލުކުރި މެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރުއޮއްސި 6:50 ހާއިރުއެވެ. މެޗުން ބަލިވެ ކުރިމަތިވި ހިތްދަތިކަމާއެކުއެވެ. ދަތުރު ކުރަމުން ދިޔައީ ގއ. ވިލިނގިލިން ގދ. ތިނަދޫއަށެވެ. އަނދިރިކަން ވެރިވި ވަގުތު ކުރަމުންދިޔަ ދަތުރު ވެގެން ދިޔައީ އެ ބޯޓުން ދަތުރުކުރި ބައެއް މީހުންގެ އެންމެ ފަހު ދަތުރަށެވެ.

ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލައި ޖުމްލަ 24 މީހުން މަރުވެ 2 މީހަކު ގެއްލިފައި ވެއެވެ.

މި ހާދިސާ ހިނގާ ދިޔައީ ހަމަ ކުއްލި ގޮތަކަށެވެ. އެނަމާ ބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ ‘އަރުތަ’ ނަމަކަށް ކިޔުނު ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވައިގެންފައި ބަންޑުންޖަހާލީއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. އެންމެން ކަހަލަ ގޮތަށް ގޮވަން ފެއްޓީ އެހީތެރިކަމަށް އެދިއެވެ. އެހީތެރިކަމުގެ އަތެއް ލިބޭތޯ ފުލުހުންނަށާއި ކޯސްޓްގާޑަށާއި ގުޅެން އޮތް މީހަކަށް ގުޅައި އެހީތެރިކަން ހޯދުމުގެ މަސައްކަތް އެންމެން ކަހަލަ ގޮތަކަށް ފެށިއެވެ. އެމީހުންގެ އާދޭސްތައް އަޑުއަހައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ ދިފާއީ ބާރުން ވަގުތުން މަސައްކަތް ފެށިއެވެ. އެ ދިމާލަށް ކޯސްޓްގާޑުންގެ ޑައިވަރުންގެ ޓީމެއް ފޮނުވުމަށް މަސައްކަތްތައް ފެށިއެވެ. އެހެންނަމަވެސް އެ ދަނޑިވަޅުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކާނޑެއްދޫ އެއަރޕޯޓަށް ފްލައިޓް ޖެއްސޭނެ ގޮތް ނުވުމެވެ. އެއީ ރަންވޭ ލައިޓް ސިސްޓަމް ހަލާކުވެފައި ހުރުމުންނެވެ.

އޭރު ކާނޑެއްދޫގައި އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލަރެއްގެ މަގާމު އަދާކުރަމުންދިޔަ ސައްދާމް އަހްމަދު ސައީދު ބުނީ ރަންވޭ ލައިޓް ސިސްޓަމް ހަލާކުވެފައި ހުރުމުން، ލައިޓް ދިއްލޭނެ ގޮތެއް ހޯދަން ޓެކްނީޝަނުން ކައިރީގައި ބުނި ކަމަށެވެ. އެހެންނަމަވެސް ލައިޓް ދިއްލޭނެ ގޮތެއް ވެސް ނެތް ކަމަށާއި ކޮންޓްރޯލް ރޫމް ހަލާކުވެފައި ހުރި ކަމަށް ޓެކްނީޝަނުން ބުނި ކަމަށް އޭނާ ބުންޏެވެ. ހަމަ އެދަނޑިވަޅުގައި ފްލައިޓް ލަސްކުރެވެން ނެތް ކަމަށް ބުނެ ޕައިލެޓް ގުޅި ކަމަށާއި ރަންވޭ ފެންނަ ގޮތް ހަދައިދިނުމަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އަދި ކާނޑެއްދޫއަށް ފްލައިޓް ނުޖެއްސޭކަމަށް ވާނަމަ ގަމަށް ފްލައިޓް ޖައްސަން ޖެހޭނެ ކަމަށް ބުނި ކަމަށް ވެސް ސައްދާމް ބުންޏެވެ. ސައްދާމުން ބުނީ އޭރު ވިސްނުމުގައި ހުރި އެނަމާ ބޯޓުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދޭނެ ގޮތެއް ހޯދައި ދިނުމަށެވެ.

އެހެންކަމުން އެވަގުތު ރަންވޭ ކޮޅުގެ ހަތަރު  ފޫޓުގެ ހަތަރު ހޮޅިބުރި ޖެހުމަށް ޚިޔާލު އައިސް އެ މަސައްކަތް ފެށި ކަމަށް އޭނާ ބުންޏެވެ. އަދި މަތިން ބަލާލިޔަސް ހަތަރު ކަން ފެންނަ ގޮތަށް، ހޮޅިބުރިތައް ހަރުކުރި ކަމަށާއި ކަރަންޓް ލިބޭނެ ގޮތް ހަދައި، ފްލައިޓް ރަންވޭއަށް ޖެއްސޭ ވަރަށް އަލިކަން ލިބޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް ސައްދާމުން ބުންޏެވެ. އަދި ސިގްނަލް ލައިޓް ބޭނުކުރީ ޓަވަރު ހުރި ޕޮޒިޝަން ދައްކުވައިދޭން ކަމަށާއި ރަންވޭއަށް ފްލައިޓް ޖެއްސި ވަގުތަކީ ބުނަން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނު ވަގުތެއް ކަމަށް އޭނާ ބުންޏެވެ. އަދި އެ ދަނޑިވަޅުގައި މާތްﷲ އަށް ހަމްދުކުރި ކަމަށް ވެސް ބުންޏެވެ.

ރަންވޭގެ ލައިޓް ސިސްޓަމް ހަލާކުވެފައި، ރަންވޭ ކަނު އަނދިރިކަމުގެ ތެރޭގައި އޮތްއިރު ވެސް ކޯސްޓްގާޑް ޑައިވަރުން ގޮވައިގެން އައި ފްލައިޓް ޖެއްސުނީ ސައްދާމުގެ ކުޅަދާނަ ވިސްނުމުގެ ސަބަބުންނެވެ. އަމަލީ ގޮތުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރި ނުވެވުނު ކަމުގައިވީނަމަވެސް ސައްދާމުގެ ވިސްނުމުގެ ސަބަބުން ރަންވޭއަށް ފްލައިޓް ޖެއްސޭ ގޮތް މެދުވެރިވިއެވެ. އެހެން އެކަން ނުވިނަމަ ދެން ފްލައިޓް ޖައްސަން ޖެހޭނީ މާދުރަށެވެ. އޭރުން އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި އިތުރު ލަސްތަކެއް ކުރިމަތިވީސްކަން ޔަގީނެވެ. "ހީރޯ" އެއްގެ މަގާމު ސައްދާމަށް ނުލިބުނަސް މިއީ އިންސާނިއްޔަތު ކަމަށްޓަކައި އޭނާ ކޮށްދިން އަގުހުރި މަސައްކަތެކެވެ.

އެނަމާ ބޯޓުގެ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެ ރޭ 8:30 ހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވުނީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާރަށެއްގައި ވެސް ހުކުރު ނަމާދަށްފަހުއެވެ. އަޅުގަނޑުމެންގެ ދުއާ އަކީ މި ހާދިސާގައި މަރުވި އެންމެންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމެވެ. އަދި 17 އަހަރުވީއިރުވެސް މި ކަޅު ހަނދާންތަކާއި ދުރަށް ނުދެވިފައި ތިބި އާއިލާތަކަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުމެވެ.

އެނަމާ ބޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮން އަޅާ ބޯޓުގެ" އަޑަށް ބިރުގަތެއްކަމަކު މިއަދު އިންތިޒާރުކުރެވެނީ އެ އަޑަށް... ބޯޓުތައް ފަހާ ދުވަންވެސް ދުވޭ!

"ބޮން އަޅާ ބޯޓުގެ" އަޑަށް ބިރުގަތެއްކަމަކު މިއަދު އިންތިޒާރުކުރެވެނީ އެ އަޑަށް... ބޯޓުތައް ފަހާ ދުވަންވެސް ދުވޭ!

04 އެޕްރީލު 2024
އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރި އިންސާނީ ކާރިސާއެއްގެ ތެރޭގައި

އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރި އިންސާނީ ކާރިސާއެއްގެ ތެރޭގައި

12 އޮކްޓޯބަރު 2023
ދުނިޔެ ތަހައްމަލްކުރަމުންދާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާ ގޯހުން ގޯހަށް!

ދުނިޔެ ތަހައްމަލްކުރަމުންދާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާ ގޯހުން ގޯހަށް!

06 މެއި 2023
ސްރީލަންކާގެ އިގުތިސާދީ ކާރިސާ - ގައުމުގެ 2 ވެރިން އިސްތިއުފާ ދެއްވަނީ، ކުރިމަގާ މެދު އެތަކެއް ސުވާލެއް އުފެދިފައި

ސްރީލަންކާގެ އިގުތިސާދީ ކާރިސާ - ގައުމުގެ 2 ވެރިން އިސްތިއުފާ ދެއްވަނީ، ކުރިމަގާ މެދު އެތަކެއް ސުވާލެއް އުފެދިފައި

10 ޖުލައި 2022
މަތިންދާބޯޓުގެ ފާޚާނާތެރެއަށް އުފަންވުމުން، ކުއްޖާގެ ނަމަކަށް ކީ "ސްކައި"

މަތިންދާބޯޓުގެ ފާޚާނާތެރެއަށް އުފަންވުމުން، ކުއްޖާގެ ނަމަކަށް ކީ "ސްކައި"

19 މެއި 2022

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު