Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީލަންކާގެ އިގުތިސާދީ ކާރިސާ

ސްރީލަންކާގެ އިގުތިސާދީ ކާރިސާ - ގައުމުގެ 2 ވެރިން އިސްތިއުފާ ދެއްވަނީ، ކުރިމަގާ މެދު އެތަކެއް ސުވާލެއް އުފެދިފައި

ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޖުލައި މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޖުލައި 2022 | އާދީއްތަ 12:40
ލަންކާގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ލަންކާގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ސްރީލަންކާއަށް އާދީއްތަ ދުވަހު އިރުއެރީ އެގައުމުގެ މުސްތަގުބަލާމެދު ސުވާލު އުފެދޭ ހާލަތެއްގައެވެ. ސްރީލަންކާގެ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމުގައި މުޒާހަރާ ކުރަމުންދާ އެތައްހާސް ބަޔަކު އެގައުމުގެ ރައީސާއި ބޮޑުވަޒީގެ ގެކޮޅަށް ވަދެ ހަމަނުޖެހުން ހިންގައި މުދަލާއި ތަކެއްޗަށް ގެއްލުން ދީފައިވާއިރު، ގައުމުގެ ރައީސާއި ބޮޑުވަޒީރުވެސް ވަނީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާފައެވެ.

ރައީސްގެ ރަސްގެކޮޅަށް ވަދެ އެތަނުގައި ހުރި ތަކެތި ބޭނުންކޮށް ރައީސްގެ ސްވިމިންގ ޕޫލް ބޭނުންކޮށްފައިވާއިރު، ހޮނިހިރު ދުވަސް ދެބައިވިފަހުން ލަންކާގެ މަޖިލީހުގެ ރައީސް ވަނީ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޖުލައި މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވާފައެވެ.

މުޒާހަރާކުރި މީހުން ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައަށް ޓާގެޓްކޮށް، އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހާފައެވެ. އަދި އޭގެފަހުން ވިކްރަމްސިންހަ ވަނީ، މަގާމުން އިސްތިއުފާދެއްވައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސާއި ބޮޑުވަޒީރު އިސްތިއުފާދެއްވާނެކަން އިއުލާން ކުރުމާއެކު، މުޒާހަރާކުރަމުން ދިޔަ މީހުން ވަނީ މަގުތަކުގައި ލަވަކިޔައި، ހަވާއަރުވައި، އުފާފާޅުކޮށްފައެވެ. ގައުމުގެ އިގުތިސާދީ ކާރިސާއާ ގުޅިގެން މަސްތަކެއް ވަންދެން މުޒާހަރާކުރަމުން ދިޔަ ފަރާތްތަކުން ޑިމާންޑް ކުރަމުންދިޔަގޮތަށް ރާޖަޕަކްސަ އިސްތިއުފާދެއްވުމަކީ އެފަރާތްތަކަށް ލިބުނު ކާމިޔާބީއެކެވެ.

އިގުތިސާދީ ހަމަނުޖެހުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ ސްރީލަންކާގެ 22 މިލިއަން މީހުން މިއަދު ވަނީ އިންސާނީ ކާރިސާއަކަށް ހުށަހެޅިފައެވެ. އެތައް މިލިއަން މީހުންނަށް ކާއެތިކޮޅެއް ގަނެވޭނެ ފައިސާ ނެތްއިރު، ބޭސްފަރުވާކުރެވޭނެ އަދި ތެޔޮ ގަނެވޭނެހާވެސް ލަޔާގަތެއްނެތެވެ.

މަސްތަކެއް ވަންދެން ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންގޮސް ހޮނިހިރު ދުވަހު އެންމެ ފަހުން ލައްކައެއްހާ މީހުން މުޒާހަރާކުރަން ދިޔައީ ރާޖަޕަކްސަގެ ރަސްމީ ގެކޮޅު ކައިރިއަށެވެ. އަދި އިސްތިއުފާއަށް ގޮވަމުން ދިޔަ އަޑުފަށްގަނޑު މުޅި ހިސާބުގައި ގުގުމާލިއެވެ.

ލަންކާގެ ގައުމީ ޓީވީއާއި ސޯޝަލް މިޑިއާއިން ވަގުތުން ދުރަށް ދައްކަމުންދިޔަ މަންޒަރުތަކުން ފެނިގެން ދިޔައީ މުޒާހަރާކުރާ މީހުން ރައީސްގެ ގެކޮޅަށާއި، އޮފީހަށް ސެކިއުރިޓީ ކޯޑަން ފޫއަޅުވާލުމަށްފަހު ވަދެގަތްތަނެވެ. ފޮޓޯތަކުން ފެންނަގޮތުގައި މުޒާހަރާގެ ބައިވެރިން ދިޔައީ ގެކޮޅުގެ ތެރެއަށްވަދެ ބެލްކަނިތަކުގައި ބެނާތައް އެލުވަމުންނެވެ.

އޭގެ ފަހުން ހޮނިހިރު ދުވަހު ދެން ފެނިގެންދިޔައީ ބޮޑުވަޒީރު ވިކްރަމްސިންހަގެ ގެކޮޅުގައި ރޯކޮށްލިތަނެވެ. އެތައް ހާސް ބަޔަކު އެތަނަށްވެސް އެއްވިއެވެ. ނަމަވެސް މި ދެ ހާދިސާ ހިނގިއިރުވެސް ރައީސާއި ބޮޑުވަޒީރުވެސް ގެކޮޅުގައި ނުއުޅުއްވައެވެ. އަދި އެ ހަމަލާގެ ކުރިން ސެކިއުރިޓީ އޮފިޝަލުން ވަނީ ދެބޭފުޅުންވެސް ރައްކާތެރި ތަނަކަށް ބަދަލުކޮށްފަވެއެވެ.

ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން 20 އަހަރު ވަންދެން ލަންކާގައި ވެރިކަން ކޮށްފައިވާ ރާޖަޕަކްސަ އާއިލާގެ ސިޔާސީ ހަޔާތް ނިމުމަކަށް އަތުވެދާނެކަމަށް ބެލެވެއެވެ.

ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރދެނާ ވިދާޅުވީ، ރާޖަޕަކްސަ ވެރިކަމުން ދުރުވާން ނިންމު ނިންމަކީ ބާރުތައް ސުލްހަވެރިކަމާއެކު ބަދަލުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.

ނަމަވެސް ލަންކާގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދާނީ ކިހިނެއްކަމެއް، އަދި އޮމާންކަމާއެކު އެކަން ކުރެވިދާނެކަމާމެދުވެސް ބައެއް ފަރާތްތަކުން އަންނަނީ ޝައްކު އުފައްދަމުންނެވެ.

ވިކްރަމްސިންހައާއި މަހިންދައާ ދެބޭފުޅުން އިސްތިއުފާ ދެއްވައިފިނަމަ، ސްރީލަންކާގެ ގާނޫނުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސް ގައުމުގެ ރައީސްކަމުގެ މަސްއޫލިއްޔަތު 30 ދުވަސް ވަންދެން އުފުއްލަވާނެއެވެ. އަދި މި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ރައީސްކަމަށް އައްޔަންކުރައްވާނެއެވެ. އަދި މަޖިލީހުން ހޮވާ މެންބަރަކު ރިޔާސީ ދައުރުގެ ބާކީ އޮތް 2 އަހަރު ފުރިހަމަކުރާނެއެވެ.

އެމެރިކާގެ ސެނެޓުގެ ފޮރިން ރިލޭޝަން ކޮމިޓީން އާދީއްތަ ދުވަހު ބުނެފައިވަނީ، މަހިންދަ ރާޖަޕަކްސައަށް އެމަނިކުފާނުގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިވަޑައިގެންފައިވާ ކަމަށެވެ. އަދި ޕާޓީތަކުން އެކުގައި މަސައްކަތްކުރަންވީ ބައިނަލްއަގުވާމީ މުޖްތަމައުއާ ގުޅިގެން ޑިމޮކްރަސީއަށް އިހުތިރާމްކުރާ، އިގުތިސާދީ އަނދަވަޅުން ގައުމު ކޮޅަށްޖަހާ، އަދި ލަންކާގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ސަރުކާރެއް އެކުލަވާލުންކަމަށެވެ.

މީގެ އިތުރުން ސިފައިންނާއި ފުލުހުން މިވަގުތު ހަމަޖެހުން އުފައްދަން ފުރުސަތު ނުދީ ހައްލުހޯދޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކޮށް، އިތުރަށް މަސްރަހު ގޯސްވިޔަނުދިނުމަށް މަސައްކަތްކުރުމަށް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކުގައި 55 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ލަންކާގެ ގައުމީ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޕުޝްޕާ ޒޮއިސާއާއި ހަވާލާދީ މީޑިއާތަކުގައި ވަނި ރިޕޯޓްކޮށްފައެވެ. މި މީހުންގެ ތެރޭގައި ބަޑީގެ ހަމަލާފައި ޒަހަމްވި 3 މީހަކު ހިމެނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުގެ ހުޅަނގު ސްރީލަންކާއަށް ނިސްބަތްވާ މެންބަރުން ހިމެނެއެވެ. ލަންކާގެ ޗެނެލް ނިއުސް ފަސްޓްގެ 2 ނޫސްވެރިއަކަށް ވެސް އަނިޔާވިކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި ދެ ނޫސްވެރިންނަށް އަނިޔާވިއިރު އެ ދެމީހުން ތިބީ ފީލްޑުގައި ލައިވްކުރާށެވެ. ނިއުސް ފަސްޓުން އާންމުކުރި ވީޑިއޯއިން ފެންނަގޮތުގައި; ކުރިމަތިލުންތަކުގެ ތެރެއިން 2 ނޫސްވެރިއަކު ކޮށްޕާލައި ވައްޓާލާފައިވެއެވެ. އަދި އެ ދެމީހުންނަށް އެހީތެރިވާން ދިޔަ ނޫސްވެރިއާއަށްވެސް ހަމަލާދީފައިވާކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ސްރީލަންކާގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ސީޑީ ވިކްރެމަރަތުނެ ވިދާޅުވީ، ހަމަލާދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ފުލުހުން ވަގުތުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ވިކްރެމަރަތުނެގެ އިތުރުން ބޮޑުވަޒީރު ވެސް ވަނީ ހަމަލާ ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ ސްރީލަންކާގެ ޑިމޮކްރަސީގެ ހަޔާތުގައި މީޑިއާގެ މިނިވަންކަމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުންނާއި މުޒާހަރާ ކުރަމުންދާ ފަރާތްތަކުން، އާންމުންގެ ރައްކާތެރިކަމަށްޓަކައި، ހަމަނުޖެހުން އުފެދޭގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވަނީ އެދިވަޑައިގެންފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާގޮތަބަޔާ ރާޖަޕަކްސަމަހިންދަ ރާޖަޕަކްސަރަނިލް ވިކްރަމަސިންގހަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު