Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަތިންދާބޯޓުގެ ފާޚާނާއަށް ކުއްޖަކު އުފަންވުން

މަތިންދާބޯޓުގެ ފާޚާނާތެރެއަށް އުފަންވުމުން، ކުއްޖާގެ ނަމަކަށް ކީ "ސްކައި"

ބޯޓުގައި ތިބި މީހުން އެހީތެރިކަން ފޯރުކޮށްދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 13:38
މަތިންދާބޯޓުގެ ފާޚާނާ ތެރޭގައި އުފަންވި ކުއްޖާ

މަތިންދާބޯޓުގެ ފާޚާނާ ތެރޭގައި އުފަންވި ކުއްޖާ

މާބަނޑުވުމަކީ ޚާއްސަ އުފާތަކަކާއި ތަފާތު އިހުސާސްތަކެއް ތަޖުރިބާކުރެވޭ، ވަރަށް މުހިއްމު ދުވަސްވަރެކެވެ. އެކި އަންހެނުންނަށް މާބަނޑުވުމާ ކުރިމަތިލާން ދިމާވަނީ އެކި އުމުރުގައެވެ. އެހެން ނަމަވެސް ސިއްހީ މާހިރުން ދެކޭގޮތުގައި މާބަނޑުވުމަށް އެންމެ ރަގަޅު ދުވަސްވަރަކީ އުމުރުން 20 އަހަރާ 35 އަހަރާ ދެމެދުއެވެ. މި “ރޭންޖު“ން ބޭރުވިނަމަވެސް ސަލާމަތުން މާބަނޑުވުމުގެ ދުވަސްތައް ހޭދަކޮށް، ސިއްހަތު ރަނގަޅު ދަރިން ދުނިޔެއަށް އުފަންކުރުމުގެ ނަސީބު ބައެއް މައިންނަށް ލިބިފައި އެބަހުއްޓެވެ.

ދަރިފުޅަށް ބަލިވެ އިންނަ ހިސާބުން ދެމަފިރިން އެކުއްޖަކާމެދު ވަރަށް ގިނަ ފޮނި ހުވަފެންތައް ދެކެއެވެ. އަދި އެ ކުއްޖާއަށް ކިޔާނެ ނަމަކާއި ކުއްޖާގެ ލައްވާނެ ހެދުމަށް ދާންދެން ނިންމައެވެ. އެހެންނަމަވެސް އެ ނިންމުންތަކާ ޚިލާފަށް ބައެއް ފަހަރު ކަންތައްތައް ދިމާވެއެވެ.

މަދުން ނަމަވެސް، މަތިންދާބޯޓުން މާބަނޑު މީހުން ދަތުރުކުރާއިރު ވިހާ ވާހަކަ އަޑުއިވެއެވެ. އަދި އެމީހާ ވިއްސުމަށްޓަކައި ބޯޓުގައި ތިބޭ މީހުން ވެސް އެހީތެރިވެދެއެވެ. މިފަހަރުވެސް މިވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ.

އެމެރިކާގެ ފްރަންޓިއަރ އެއަރލައިނުން ދަތުރުކުރި އަންހެނަކު މިވަނީ ބޯޓުގެ ފާޚާނާ ތެރެއަށް ވިހާފައެވެ. ޑެންވަރ އިންޓަރނޭޝަނަލް އެއަރޕޯޓުން އޮލާންޑޯ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި މި ބޯޓުގައި އިން އަންހެންމީހާ ވިހާފައިވަނީ އޭނާ ވިހަން އޮތް ދުވަހަށްވުރެ ކުރިންނެވެ. ބޯޓުގެ އެޓެންޑެންޓް ޑިއާނާ ޖިރަލްޑޯ ވަނީ އެ އަންހެންމީހާ ވިއްސުމުގައި އެހީތެރިވެދީފައެވެ. އެއަރލައިނުން ވެސް ވަނީ އެ އަންހެން މީހާ ވިހެއުމަށް އެހީތެރިވެދިން ޓީމަށް ޝުކުރު އަދާކޮށްފައެވެ. އެ އަންހެން މީހާ ވަނީ ފްލައިޓްގެ ތެރެއަށް ކުއްޖާ އުފަންވުމުން، "ސްކައި"ގެ ނަމުން އެކުއްޖާއަށް ނަންދީފައެވެ. މިއީ ހަމަގައިމުވެސް ވަރަށް ތަފާތު ކަމަކަށް ވާނެއެވެ.

މިފަދަ އެތައް ހާދިސާތަކެއް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ. އެގޮތުން 11 ގަޑިއިރުގެ ދަތުރެއްގައި 30،000 ފޫޓް މަތިން ދަތުރުކުރި ޔުނައިޓަޑް އެއަރލައިންސްގައި ވެސް އަންހެނަކު ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ. އެ އަންހެން މީހާ ދަރިފުޅު ވިހާފައިވަނީ އެވަގުތު ބޯޓުން ދަތުރުކުރި ޑޮކްޓަރަކާއި ދެ ނަރުހުންގެ އެހީތެރިކަމާއެކުގައެވެ.

މިފަދަ އެތައް ތަފާތު ހާދިސާތައް ހިނގަމުން އަންނައިރު، ބަލިވެއިންކަން ނޭނގި ހުއްޓާ ވިހެއުން މިއީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ހަގީގަތުގައި ވެސް ދިމާވާ ކަމެކެވެ. މަދުން ނަމަވެސް މި ކަހަލަ ހާދިސާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި އެބަހުއްޓެވެ.

މިގޮތަށް ނޭނގި ހުއްޓާ ވިހެއުމަށް ކިޔަނީ "ކްރިޕްޓިކް ޕްރެގްނަންސީ" އެވެ. މި ގޮތަށް ބަލިވެ އިންނަ މީހުން ގަވާއިދުން ޕީރިއަޑް ވެސް ވެއެވެ. އަދި ވިހަން ކައިރިވާއިރު ވެސް ބަނޑު ނުފުއްޕަ އެވެ. މިއީ ކޮންމެ 475 އަންހެނަކުން އެކަކަށް ދިމާވާ ކަމެއް ނަމަވެސް ބައެއް މީހުންނަށް ދުވަސް ނުފުރެނީސް ހައެއްކަ މަސް ފުރޭ ފަހުންވެސް ބަލިވެއިންކަން އެނގެއެވެ. އަނެއް ބަޔަކު ވިހަން ދެން ވެސް ބަލިވެ އިންކަން ނޭނގިތިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤަބުރުތަކުގެ ތެރެއިން ހޮވި ޔަތީމު ކުއްޖާގެ ވާހަކަ...

ޤަބުރުތަކުގެ ތެރެއިން ހޮވި ޔަތީމު ކުއްޖާގެ ވާހަކަ...

08 އެޕްރީލު 2024
އެންމެ 3 މަހުގެ ތުއްތު ކުއްޖާގެ މަރު: ޒިންމާ ނަގާނީ ކޮން ފަރާތަކުން؟

އެންމެ 3 މަހުގެ ތުއްތު ކުއްޖާގެ މަރު: ޒިންމާ ނަގާނީ ކޮން ފަރާތަކުން؟

20 އޮކްޓޯބަރު 2021
13 އަހަރުގެ ކުއްޖާގެ އަނިޔާވެރި މަރު: ''ފޮޓޯތައް ބެލިނަމަ އަޅުގަނޑު މިތާގައި ނީންނާނެ''

13 އަހަރުގެ ކުއްޖާގެ އަނިޔާވެރި މަރު: ''ފޮޓޯތައް ބެލިނަމަ އަޅުގަނޑު މިތާގައި ނީންނާނެ''

21 އޯގަސްޓު 2021
މިކުއްޖާގެ މަގްސަދަކީ މީހުން މަރުން ސަލާމަތްކުުރުން

މިކުއްޖާގެ މަގްސަދަކީ މީހުން މަރުން ސަލާމަތްކުުރުން

16 މެއި 2021
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ ނަމަކަށް ބުރެވި: ދިވެހި ނަމެއް، ނިސްބަތްވަނީ ބުރެވި ގަހަށް

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ ނަމަކަށް ބުރެވި: ދިވެހި ނަމެއް، ނިސްބަތްވަނީ ބުރެވި ގަހަށް

01 ޑިސެމްބަރު 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު