Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19: ރާއްޖޭގެ އިގްތިސާދު

ކުރިމަތިވެފައި މިވަނީ ސުނާމީއަށް ފަހު އައި އެންމެ ބޮޑު އިގްތިސާދީ ކާރިސާ

ޖުލައި މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 13:17
ވެލާނާ އެއަރޕޯޓު ފަޅަށް: ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެރައިވަލްސް ސުމަކަށް ވެއްޓިފައި

ވެލާނާ އެއަރޕޯޓު ފަޅަށް: ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެރައިވަލްސް ސުމަކަށް ވެއްޓިފައި

ކޮވިޑް-19 ވައިރަހުގެ މައުލޫމާތު އެންމެ ފުރިހަމައަށް ދެނެގަނެވިފައިނުވާއިރު، ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އިގްތިސާދަށް އަންނާނެ ބަދަލުތައް ދެނެގަތުމަކީ ވެސް އުނދަގޫ ކަމެކެވެ. ވަރލްޑް ބޭންކުގެ ފަރާތުން އާއްމުކޮށްފައިވާ"ވަރލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް"ރިޕޯޓްގައިވެސް ބުނެފައިވަނީ މިހެންނެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދީ ތަސައްވުރު ދެ ގޮތަކަށް ބެލިދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ސިނާރިއޯއަކީ "ބޭސް ލައިން" ސިނާރިއޯއެވެ. މި ސިނާރިއޯގައި ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލުމާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވަމުންދާނެއެވެ. 'ޑައުން ސައިޑް' ސިނާރިއޯގައި 2020 ވަނަ އަހަރުގެ ބާކީ އޮތް މަސްތަކުގައި ރާއްޖެއަށް އެއްވެސް ފަތުރުވެރިއެއް ޒިޔާރާތެއް ނުކުރާނެއެވެ.

ރާއްޖެއަށް އާމްދަނީ ލިބޭ މައި ދޮރަކީ ފަތުރުވެރިކަން ކަމަށްވާއިރު، ރާއްޖެއަކީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވާއެއް ގައުމެވެ. ބަރޯސާވާ މިންވަރަކީ ނުރައްކާތެރި މިންވަރެއްކަން ވަރލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރިޕޯޓުން އެނގެއެވެ. މުޅި އިގްތިސާދު ބަރޯސާވެފައި އޮންނަނީ، ދުނިޔެއަށް އަންނަ ކޮންމެ ސިޔާސީ އަދި އިގްތިސާދީ ލޮޅުމަކުން އަސަރުކުރާ ސިނާއަތަކަށެވެ.

ކަން މިހެން އޮތް އިރު، ރާއްޖެއަކީ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވޭ އެއްގައުމެވެ. 'ބޭސް ލައިން' ސިނާރިއޯއަށް ބަލާއިރު 2020 ވަނަ އަހަރު ބޮލަކަށް ޖެހޭ އަދަދު ނުވަތަ 'ރިއަލް ޖީޑީޕީ' 13.0 އިންސައްތައިން ދަށްވާނެ ކަމަށް ވަރލްޑް ބޭންކުގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

މިއީ ކޮވިޑް-19ގެ ކުރިން ލަފާ ކޮށްފައިވާ ވަރަށް ވުރެ 18.5 އިންސައްތަ ދަށް އަދަދެކެވެ. 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގައި ރާއްޖޭގެ ޖީޑިޕީ 13.1 އިންސައްތައިން ދަށްވިއިރު، ކޮވިޑް-19ގެ މިކާރިސާއަކީ ސުނާމީއަށް ފަހު އައި އިގްތިސާދީ ހީނަރުކަމާއި އެއްވަރު، ނުވަތަ އެއަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތެއް ކަމަށް ވަރލްޑް ބޭންކުން ފާހަގަކޮށްފައި ވެއެވެ.

މި ލަފާކުރުންތައް ހެދިފައިވަނީ 'ބޭސްލައިން ސިނާރިއޯ' ގައި ހައި ސީޒަންގައި ރާއްޖެއަށް ޒިޔާރާތް ކުރާނެ ކަމަށް ބެލެވޭ ފަތުރުވެރިންގެ އަދަދަށް ބަލައިގެން ކަމަށްވާއިރު، މި އަހަރު ޒިޔާރާތްކުރާނެ ފަތުރުވެރިންގެ އަދަދު 2019 އަހަރާއި އަޅާ ކިޔާއިރު 50 އިންސައްތައިން ދަށްވާނެ ކަމަށް ބެލެވެއެވެ. އަދި 2020 ވަނަ އަހަރުގެ ބާކީ އޮތް މަސްތަކުގައި އެއްވެސް ފަތުރުވެރިއެއް ނާންނަނަމަ، ރާއްޖޭގެ ޖީޑީޕީ 17.5-ށް ވެއްޓޭނެ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލެވި، ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާ ހިސާބުން އިގްތިސާދީ ހާލަތު މަޑުމަޑުން ރަނގަޅުވާނެ ކަމަށް ބެލެވެއެވެ. ވަރލްޑް ބޭންކުގެ އަންދާޒާތަކަށް ބަލާއިރު، 2021 ވަނަ އަހަރު 'ބޭސްލައިން' ސިނާރިއޯގައި ޖީޑީޕީއަށް 8.5 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކޮށްފައި ވެއެވެ. 'ޑައުން ސައިޑް' ސިނާރިއޯގައި 7.9 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރާ އަދަދު އަންދާޒާކުރި ވަރަށް ވުރެ އިތުރުވި ނަމަވެސް، ޑިމާންޑް އާއި އެއްވަރަށް ސަޕްލައި ނުކުރެވިދާނެ ކަމަށް ރިޕޯޓުގައި ވެއެވެ. ކޮވިޑް-19 އާއި ގުޅިގެން އެއަރލައިން އިންޑަސްޓްރީއަށް ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާއިރު، ރާއްޖެއަށް ކޮމަރޝަލް ފްލައިޓުތައް ބޭއްވުމަށް ވަގުތު ނަގާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރިސޯޓު އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މުވައްޒަފުންނަކީ ބިދޭސީ މުވައްޒަފުންނަށް ވާއިރު އޭގެ ތެރެއިން ގިނަ ފަރާތްތަކެއް ވަނީ މިހާލަތާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައެވެ. އަދި ކުރިން ހުރި ވަރަށް މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރާނަމަ، ހާހަކަށް ވުރެ ގިނަ ވަޒީފާ ބިދޭސީންނަށް ދޭންޖެހޭނެ ކަމަށް ވަރލްޑް ބޭންކުގެ ރިޕޯޓުގައި ވެއެވެ.

ވަރލްޑް ބޭންކުން ބުނީ ދުނިޔޭގެ އިގްތިސާދު ހަމައަކަށް އެޅެން ފެށުމާއި އެކު ފަތުރުވެރިން ހޯދުމަށް އިންޑޮނޭޝިއާ އާއި ތައިލެންޑު ފަދަ ގަައުމުތަކާ ރާއްޖެ ވެސް ވާދަކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ތަފާތު ޖިއޯގްރަފީގެ ސަބަބުން މަތީ ފަންތީގެ ފަތުރުވެރިކަމަށް ހުޅުވާލިދާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ. އެހެން ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން އައި ހީނަރުކަމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވެސް މަތީ ފަންތީގެ ފަތުރުވެރިކަން ހިނގައިނުގަނެދާނެ ކަމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19އަށް ފަހު ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލައިރު ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި މާކެޓު ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ޓްރާންސްޕޯޓު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަމަކުރާނެ ސާފުތާހިރު ކަމުގެ އުސޫލުތަކެއް އެކުލަވާލެވިދާނެ ކަމަށް ވަރލްޑް ބޭންކުގެ ރިޕޯޓުގައި ލަފާދީފައި ވެއެވެ. އަދި މި ފަދަ އުސޫލުތަކެއް އެކުލަވާލެވުމުން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޒިޔާރާތްކުރާ ފަތުރުވެރިންނަށް ވެސް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދޮރުތައް ބަންދުކުރެވުމާޢި އެކު މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 47 އަހަރުގެ ތެރޭގައި ފަތުރުވެރިންގެ އަދަދު ސުމަކަށް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށެވެ. ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިހާރު ރާއްޖެ ދަނީ ޖުލައި މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.

މުޅި އިގްތިސާދުގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާއިރު، އަދު އޮތީ މިހާރު ހުރި އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމެވެ. މުޅި ދުނިޔެއަށް ކުރިމަތިވެގެން އައި ކޮވިޑުގެ އާލަމީވަބާއިން ސަލާމަތްވާން ދިވެހިން ކުރާ ދަތުރުގައި، ކުރިމަތީން ފެންނާނެ ހުރީ ވައިގަދަ އޮއެގަދަ ކަނޑެއްގައި، ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ނަމަވެސް، އެވާލާ ޒަމާނުން ފެށިގެން ދިވެހި ނެވިންނަކީ މިކަމަށް ނިކަން ކުޅަދާނަ ބައެކެވެ. މިފަހަރުގެ އުއްމީދަކީ ވެސް އެއީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
އީރާނަށް އައިއެސް ވަނީތަ؟

އީރާނަށް އައިއެސް ވަނީތަ؟

08 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު