Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

ވިހައިގެން މަރުވަންދެން ކަމަށް ބުނެ ތުއްތު ކުއްޖަކު ޓްރޭއަކަށްލާފައި ކޮރިޑޯގައި ބޭއްވި މައްސަލައެއް!

މައިމީހާއަށް ފަރުވާ ނުދީ އޮއްވާ ކުއްޖާ ވިހެއީ ފާހާނަތެރެއަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 16 މާރިޗު 2021 | އަންގާރަ 13:35
ވިހެއި ތުއްތު ކުއްޖާ ޓްރޭއަކަށް ލާފައި ބާއްވާފައި އޮތް ތަން (ބޮޅު އަޅާފައި އޮތީ ކުއްޖާ)

ވިހެއި ތުއްތު ކުއްޖާ ޓްރޭއަކަށް ލާފައި ބާއްވާފައި އޮތް ތަން (ބޮޅު އަޅާފައި އޮތީ ކުއްޖާ)

އައިޖީއެމްއެޗުގައި ދުވަސް ނުފުރާ ވިހެއި ކުއްޖަކު ގަސްތުގައި މަރާލިކަމުގެ ތުހުމަތު ކުއްޖާގެ އާއިލާއިން ކުރުމާގުޅިގެން، އެ މައްސަލަ ހޮސްޕިޓަލުން ބަލަން ފަށައިފިއެވެ.

ހޮނިހިރުދުވަހުގެރޭ 9:16ގައި ވިހެއި ކުއްޖާ މަރުވިކަމަށް ސެޓްފިކެޓުގައި ޖަހާފައި ވަނީ ދަންވަރު 3:27 ގައެވެ. އެވީ ހަ ގަޑިއިރު ތެރޭގައި ކުއްޖާއަށް އެއްވެސް ފަރުވާއެއް ދީފައިނުވާ ކަމަށާއި، ހަމަ ހާމައަށް ބާއްވާފައި އޮތީކަމަށް ކުއްޖާގެ އާއިލާއިން ބުންޏެވެ.

އާއިލާގެ ފަރާތުން "ރާއްޖެ އެމްވީ"އާ ވާހަކަދައްކަމުން މަރުވި ކުއްޖާގެ ބޮޑުބޭބެ ބުނީ އެ ޕްރެގްނެންސީއަކީ ފެށުނީއްސުރެއް މައްސަލަހުރި ކަމެއް ކަމަށެވެ. ކުއްޖާއާ އެކު ބަނޑުގައި ފައިބްރޮއިޑްއެއް އޮތުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު އޮތް ކަމަށާއި، ބަނޑަށް ފަސްމަހުގައި އައިޖީއެމްއެޗަށް ގެންދިޔައީ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާތީކަމަށް އޭނާ ބުންޏެވެ. މިދިޔަ ހަފްތާ ތެރޭގައި، ބަނޑުގައި ރިއްސާތީ ގެންގޮސް މި މަހު 13ގައި އެ އަންހެން މީހާ ވިހެއިއިރު އެތާގައި އޮބްޒަވޭޝަންގައި އޮތް އިރުވެސް ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ވަރަށް އިހާނެތިކޮށް ކަންތައްކުރި ކަމަށް އޭނާ ބުންޏެވެ. ފެށުނީއްސުރެއް ހުރި ހުރިހާ މައްސަލައެއް ހިއްސާކޮށް މެޑިކަލް ހިސްޓްރީ އެނގި ތިބެވެސް "ނުވާ ވަރު ވާކަމަށް އަމިއްލަ އަށް ހެދެނީ" އޭ ބުނެ އަންހެން މީހާއާ މެދުވެސް އެހާ ފަރުވާކުޑަ ކުރި ކަމަށް އޭނާ ބުންޏެވެ.

ކުއްޖާ ވިހެއީވެސް އެހާލުގައި ފާހާނަ ނުކުރެވި ތިން ހަތަރު ދުވަހަށް ފަހު، ހޮސްޕިޓަލް ފާހާނައަށް ވަތްއިރު ފާހާނަތެރެއަށް ނަރުހުންގެ އަތަށް ކަމަށާއި، ވިހެއުމުން ސާފުވެސްނުކޮށް ފޫޅުގައި ކްލިޕެއްވެސް ނުޖަހާ ބާއްވާފައި އޮތީ، ފާހާނަތެރޭގައި ކަމަށް އޭނާ ބުންޏެވެ. ކުއްޖާ ފޮތިގަނޑެއްގެ މަތީގައި ބާއްވާފައި އޮތްއިރު އެއްވެސް ވަރަކަށް ނިވާކޮށްލާފައިވެސް ނެތްކަމަށް ބުންޏެވެ. އެކަމަކު އޭރުވެސް ކުއްޖާ ނޭވާ ލާކަމަށާއި ގުނަވަންތައް ހަރަކާތް ވެސްކުރާ ކަމަށް ވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި އެތަނުގައި ކުއްޖާ ހާމައަށް ބާއްވާފައި އޮތުމުން އެތައް އާދޭހެއް ކޮށްގެން އެތަނުން ނަގައި ދެން ކުއްޖާ ބާއްވާފައި އޮތީ ހޮސްޕިޓަލް ތެރޭގައި ބޭހާއި އެނޫންވެސް ތަކެތި އުފުލަން ގެންގުޅޭ ޓްރޭއަކަށް ލާފައި ނަރސިން ޓްރޮލީއެއްގައެވެ. އޭގެ ތެރޭގައިވެސް ފުރަތަމަ ބޭއްވީ ހާމައަށް ކަމަށާއި، ދުވަސް ނުފުރުފާ ވިހެއި ކުއްޖަކު އޭސީ ފިނީގައި ހާމައަށް ބާއްވާފައި އޮތުމުން ފިނިވެ ކުއްޖާއަށް ވާނެ ގެއްލުމަކަށް ބަލައި ނިވާކޮށް ފަރުވާ ދިނުމަށް އާއިލާއިން އާދޭސް ކުރިއެވެ. އެތައް އާދޭހަކަށް ފަހު ކުއްޖާ ގައިގައި ހުދު ފޮތިގަނޑެއް އޮޅައިދިން ކަމަށާއި، އޭރުވެސް ކުއްޖާ ގައިން ރަނގަޅަށް ލޭ ނުފިލުވާ ލޭ ހަރުވެފައި ހުރި ކަމަށް ބުންޏެވެ.

އެހެން ބާއްވާފައި އޮތްއިރު ކުއްޖާގެ ކުލަ މަޑުމަޑުން ބަދަލުވަމުން ދިޔަ ކަމަށާއި، ނޭވާލުމަށްވެސް ބަދަލުތައް އައި ކަމަށް އޭނާ ބުންޏެވެ. އެ ހުރިހާ ކަމެއް ވެގެން ދިޔައިރުވެސް ދަރިފުޅަށް ދެވޭނެ އެއްވެސް ފަރުވާއެއް ނެތް ކަމަށް ނުބުނާ ކަމަށާއި، އެއްވެސް ޖަވާބެއް ނުދީ އެންމެ ފަހުން ބާއްވާފައި އެއޮތީ މަރު ކަށަވަރުކުރަންކަމަށް ވެއެވެ.

ތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ވާހަކަ ނުދެއްކުމުން، އެތާ ބާއްވައިގެން ފަރުވާ ހޯދަން އާއިލާއިން އެތައް މަސައްކަތެއް ކުރިއެވެ. ހޮސްޕިޓަލްގެ އިސްވެރިންނާ ވާހަކަދައްކައި، އެކި މަގާމުތަކުގައި ތިބި ބޭފުޅުން މެދުވެރިކޮށް ވެސް ފަރުވާއެއް ލިބޭނެ ގޮތެއް ވޭތޯ އާއިލާއިން ބެލިއެވެ. އެގޮތުން ރައީސް އޮފީހުގެ ޕަބްލިކް ވެލްފެއާ ޓީމް މެދުވެރިކޮށް ރަސްމީ ހައިސިއްޔަތުން ސުވާލު ކުރުމުން އެތަނުގައި ތިބި ޑޮކްޓަރުން އެއީ ޑޮކްޓަރުންކަމަށް އެއްބަސްވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭގެ އެތައް އިރެއް ފަހުން އެތަނުގައި އިން އަންހެނަކު އައިސް ކުއްޖާ ގައިގައި ކަށިގަނޑު ޖައްސާފައި "މަރުވިތޯ ބަލަނީއޭ" ބުނި ކަމަށާއި، އެހާ އިރު އިނދެ އެތައް ސުވާލަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު އެއީ ޑޮކްޓަރެއް ކަމަށް އޭނާ އެއްބަސްވީ ވެސް އެތައް އިރެއްވީފަހުން ކަމަށް ބުންޏެވެ.

އައިޖީއެމްއެޗްއިން ކުއްޖާގެ މަރަށް ތައްޔާރުވެގެން ތިބިވަރު ފާހަގަކޮށް އޭނާ ބުނީ، މަރުވިތާ 10 މިނެޓު ވެސް ނުވަނީސް މަރު ސެޓްފިކެޓް ތައްޔާރުކޮށްގެން ގެނެސްފި ކަމަށެވެ. ހޮސްޕިޓަލުން ބެލީ އަވަހަށް ކޭސް ބަންދުކުރެވޭތޯ ކަމަށާއި، ނަރުހަކާއެކު ވަޅުލަން ވެސް ވަރަށް އަވަހަށް ފޮނުވާލައިފި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާ ގައިގައި 500 ގްރާމް ހަމަ ނުވާތީ އައިޖީއެމްއެޗުން ދެވޭނެ ފަރުވާއެއް ނޯންނަކަން ވެސް އެނގުނީ މަރުވެ ވަޅުލި ފަހުން އެކުވެރިއަކު އޭނާގެ އެހެން އެކުވެރިއެއްގެ ދަރިއަކަށް ހަމަ މިހެން ވިވާހަކަ ހިއްސާކުރުމުން ކަމަށެވެ. ހޮސްޕިޓަލުން އެކަހަލަ އެއްވެސް މައުލޫމާތެއް ނުދޭ ކަމަށާއި، އެހާ ކުޑަ ވުމުން ދިރިހުރުމުގެ ފުރުސަތު ކުޑަކަމަށް ބުނެ ބޭއްވީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކަމާބެހޭ ހުރިހާ އިދާރާއަކަށް މައްސަލަ ހުށަހަޅާނެ ކަމަށާއި، އެވަގުތު ޑިއުޓީގައި ތިބި ނަރުހުންނާއި ޑޮކްޓަރުންގެ މައުލޫމާތު ވެސް ހޯދާނެ ކަމަށެވެ. އެ އެންމެންގެ ފޮޓޯ ވެސް އެބަހުރި ކަމަށާއި، އެ މައްސަލަ ދޫނުކުރާނެ ކަމަށް ބުންޏެވެ. ދެވަނަ ކުއްޖަކަށް އެހެން ވިޔަދޭން ނޭދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި އައިޖީއެމްއެޗުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ނުދީ މަރުވަންދެން ބޭއްވީ ކަމަށް، އާއިލާއިން ކުރާ ތުހުމަތު ބަލަމުން އަންނަ ކަމަށެވެ. އަދި ތަހުގީގުކޮށް ނިމުމުން، އެކަން އާންމުކުރާނެ ކުރާނެ ކަމަށެވެ.

ނޯޓް: ތުއްތުކުއްޖާގެ ފޮޓޯ ޚަބަރުގައި ބޭނުން ކޮށްފައިވަނީ އާއިލާގެ ހުއްދައާއިއެކުގައެވެ.

އައިޖީއެމްއެޗް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު