Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާ

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

ސިވިލް ކޯޓުން ނިންމީ އެ ނުކުތާގައި އެހެން އޮތް ނަމަވެސް ޓެކުހުގެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމުގެ ބާރު މީރާއަށް އޮންނާތީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އޮކްޓޯބަރު 2025 | އާދީއްތަ 18:05
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓުން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިވެ ދިވެހި ދައުލަތާ ދެމެދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި 25 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި 1 މާރިޗު 2016 ވަނަ ދުވަހު އެއްބެސްވުމެއް ވެފައިވެއެވެ. ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޖ.ީއެސް.ޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާ އާއި އެފައިސާ ދައްކާފައިނުވުމުން އަރާފައިވާ ޖުރުމާނާގެ ފައިސާ ހޯދުމަށް އެދި މީރާގެ ފަރާތުން 2022 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ ޤަޟިއްޔާ ހުށަހެޅިފައިވަނިކޮށް، ޗަންގް ހުއާ ކޮންސްޓްރަކްޝަންގެ ފަރާތުން އެ އެއްބަސްވުމާ ޚިލާފު އުފެދިގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެ މައްސަލަ 2 ޖުލައި 2023 ގައި ރަޖިސްޓްރީ ކުރެވުނެވެ.

Advertisement - newsAdvertisement

ޗަންގް ހުއާ ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޤަޟިއްޔާ އަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮޖެކްޓްގެ އަގު ކަމަށްވާ 140,000,000 (ސަތޭކަ ސާޅީސް މިލިއަން އެމެރިކާ ޑޮލަރު) އަކީ ޖ.ީއެސް.ޓީ ހިމެނިފައިވާ ނުވާގޮތަށް ބަޔާންކޮށްފައިވާ ޕްރޮޖެކްޓް އަގު ކަމުގައި ކަނޑައަޅާ ދިނުމަށާއި، އަދި އެއްބަސްވުމުގެ ދެވަނަ އެޑެންޑަމްގެ އަލީގައިވެސް ޗަންގް ހުއާ ކޮންސްޓްރަކްޝަނުން މޯލްޑިވްސް އިންލަން ރެވެނިއު އޮތޯރިޓީ އަށް ދައްކަންޖެހޭ ޖ.ީއެސް.ޓީ އަކީ ދިވެހި ދައުލަތުން ޒިންމާވާންޖެހޭ އަދަދުތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެހާތަނަށް އެ ކުންފުނިން މީރާ އަށް ދައްކާފައިވާ ޖ.ީއެސް. ޓީ އަދަދުތަކުގެ ތެރެއިން ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހި ނުދައްކައިވާ 227,560 (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދީ އެފައިސާ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުން އެދުނެވެ.

ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރެއްގައި، ޗެންގް ހުއާ ކޮންސްޓްރަކްޝަން އާއި މީރާ އާ ދެމެދު ހިނގަމުންދާ މައްސަލައިގައި، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ވަގުތީގޮތުން މަޑުޖައްސާލުމަށް އަމުރުކޮށްފައިވެއެވެ. މިގޮތަށް އަމުރުކުރި އިރު ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ކުންފުނިން އެދުނު ގޮތަށެވެ. ސިވިލް ކޯޓުން ހުކުމް ކުރީ 20 މާރިޗް 2024 ގައެވެ،. އެގޮތުން އެ ކުންފުނިން އެދުނީ ޖީއެސްޓީއަކީ ދައުލަތުން ޒިންމާވާންޖެހޭ އަދަދެއް ކަމަށް ކަނޑައަޅައި، މީރާއަށް ދައްކާފައިވާ ޖީއެސްޓީގެ ތެރެއިން ދައުލަތުން އެ ކުންފުންޏަށް ނުދައްކާ ހުރި 227،560 ރުފިޔާ އަކީ ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދައުލަތުން ދެއްކުމަށެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ހުކުމުގައި ދައުލަތުން ޒިންމާ ވާންޖެހޭ ފައިސާ ކަމަށް ކަނޑައަޅާފައި ވާތީ އެ ފައިސާ ހޯދުމަށް އެދި މީރާއިން ޗަންގް ހުއާ ކުންފުނީގެ މައްޗަށް ދައުވާ ކޮށްގެން ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އިޖުރާއީ އިއުތިރާޒު ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މި މައްސަލަ ކުންފުނިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، މީރާއިން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންގޮސްފިނަމަ، އެއް މައުޟޫޢަކާ ގުޅިގެން ތަޢާރުޟުވާ ދެ ޙުކުމެއް އައުމުގެ ފުރުސަތު އޮތްކަމަށާއި، އެކަމުގެ ސަބަބުން ކޯޓުގެ ވަގުތާއި ޚަސްމުންގެ ވަގުތާއި ޚަރަދު ބޭކާރުވެގެންދާނެ ކަމަށެވެ.

ޗެންގް ހުއާ ކޮންސްޓްރަކްޝަންމީރާއައިޖީއެމްއެޗްހައި ކޯޓުސިވިލް ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު