Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިލަފުށީ ލޮރީ އެކްސިޑެންޓް

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

މިމަހުގެ 11 ވަނަ ދުވަހު މެންދުރުފަހު ގާތްގަނޑަކަށް 2:15 ހާއިރު ކ.ތިލަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ލަންކާގެ ރައްޔިތަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ގޮހޮރު ބުރިވެފައިވާކަން އެނގުނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެނގުމާއެކު އޮޕަރޭޝަނެއްކޮށް ގޮހޮރުން ބައެއް ބުރިކޮށްލާފައިވާ ކަމަށް އޭނާ މަސައްކަތް ކުރަމުންދިޔަ އެކުންފުނިން ބުނެފައިވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 08:27
ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗް

ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗް

ރާއްޖޭގައި ސިއްހީ އިހުމާލުން ވަރަށް ގިނަ ހާދިސާތައް ހިނގައެވެ. އިހުމާލުން މީހުންގެ ފުރާނަ ގޮސްފައިވާ ކަމަށް އެތައް އާއިލާއަކުން ތުހުމަތުތައް ކޮށްފައިވެއެވެ. އެންމެ ބޮޑަށް މިތުހުމަތުތައް އަމާޒު ވަނީ ވެސް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއަށެވެ.

އެގޮތުން އަނެއްކާ ވެސް އައިޖީއެމްއެޗްގެ އިހުމާލުން މީހެއްގެ ފުރާނަ މިވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. މިފަހަރު މަރާ ހަނގުރާމަ ކުރަމުންދަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ސްރީލަންކާގެ ރައްޔިތެކެވެ.

މިމަހުގެ 11 ވަނަ ދުވަހު މެންދުރުފަހު ގާތްގަނޑަކަށް 2:15 ހާއިރު ކ.ތިލަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ލަންކާގެ ރައްޔިތަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އެކްސްކެވޭޓަރެއް ކައިރީގައި މަސައްކަތް ކުރަމުންދިޔަ އެމީހާގެ ގައިގައި ލޮރީން ޖެހި ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ ހާލަތާ ގުޅޭގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އޭނާއަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށެވެ. އާއްމު ގޮތެއްގައި ވޯޑުގައި ފަރުވާ ދެމުންދަނީ ހާލު ސިރިއަސް ނޫން މީހުންނަށެވެ.

އެހެންކަމުން އެމީހާގެ ހާލު ސްޓޭބަލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

ނަމަވެސް މިމީހާ މަސައްކަތް ކުރަމުންދިޔަ ކުންފުނި، އިކުއިވި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އެމީހާ މިހާރު އޮތީ ވެންޓިލޭޓަރުގައެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު މިހާދިސާ ހިނގުމާއެކު ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެނައި ނަމަވެސް އޭނާގެ ގޮހޮރު ބުރިވެފައިވާކަން އެނގުނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެނގުމާއެކު އޮޕަރޭޝަނެއްކޮށް ގޮހޮރުން ބައެއް ބުރިކޮށްލާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެކްސިޑެންޓުގައި އެމީހާގެ ގޮހޮރު ބުރިވެފައިވާ ކަމަށާއި، ހަށިގަނޑަށް ނަޖިސް ބޭރުވެ، ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެ ހާލު އިތުރަށް ގޯސްވި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކުންފުނިން ބުނެފައިވެއެވެ. އަދި ގޮހޮރު ބުރިވިކަން އެހާ ލަހުން ދެނެގަނެވިފައިވާތީ، އެމީހާއަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިއަދު އެމީހާ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ހާލު ކްރިޓިކަލްވެ، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ބޭރު މީހަކަށްވުމާއެކު ދޭންޖެހޭ ސަމާލުކަން ދީފައިނުވާ ކަމާއި، މިހާރު އެމީހާގެ ސިއްހީ ހާލަތާއި ގުޅިގެން ހޮސްޕިޓަލުން ޕޮރޮސީޖަރ ކުރިއަށް ގެންދިޔަ ގޮތުގެ ރިޕޯޓަކަށް ކުންފުނިން ވަނީ އެދިފައެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ވެސް އިކުއިވި ކުންފުނީގެ ފަރާތުން ބުނެފައިވެއެވެ.

ކުންފުނީގެ މިތުހުމަތުތަކާއި ގުޅިގެން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު ވެސް އެމީހާއަށް ފަރުވާ ދެމުންދިޔައީ ވޯޑުގައި ކަމަށެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

މިހާދިސާގައި ލޮރީ ދުއްވި ސޮނީ ހާޑްވެއަރ ކުންފުނީގައި މަސައްކަތް ކުރާ 28 އަހަރުގެ ވިގްނޭޝް އަންނަދުރާއި އެކްސިޑެންޓު ހިނގުމާއެކު އެހީތެރިކަން ފޯރުކޮށްނުދީ ފިލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން ކްރިމިނަލް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އައިޖީއެމްއެޗްހަސަން އަބްދުއްރަހްމާން އިކުއިވިވިގްނޭޝް އަންނަދުރާއިސިއްހީ އިހުމާލުމަސައްކަތު އެކްސިޑެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު