Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިތުބާރުނެތްކަމުގެ މައްސަލަ

އިދިކޮޅުން އަޅުގަނޑުގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދައިގެން އުޅެނީ ސިޔާސީ މަޤްސަދެއްގައި: މިނިސްޓަރ ޒަހާ

މަޖިލީހަށް ވައްދައިގެން އުޅެނީ މަސްވެރިކަމުގެ ސިނާޢަތަށް ކޮށްދޭން ޖެހޭ ޚިދުމަތްތައް ނުކޮށްދެވިގެނެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 08:01
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

އިދިކޮޅުން އަޅުގަނޑުގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދައިގެން އުޅެނީ ސިޔާސީ މަޤްސަދެއްގައި ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ އިދިކޮޅުން އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން އުޅެނީ މަސްވެރިކަމުގެ ސިނާއަތަށް ކޮށްދޭން ޖެހޭ ޚިދުމަތްތައް ނުކޮށްދެވިގެން ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ނުކޮށްގެން ނޫން ކަމަށެވެ. މި ވަގުތަކީ އިންތިހާބުގެ ވަގުތުކަމަށްވެފައި ރާއްޖޭގެ މަޝްރަހު ސިޔާސީ ގޮތުން ހަލަބޮލި ކަމަށެވެ. އަދި ކޮންމެ ބަޔަކު ވެސް ވޯޓް ހޯދުމަށްޓަކައި މަސައްކަތް ކުރާނެކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ އެކި ސަރުކާރުތަކުން ވޯޓާ ގާތްވުމުން މަސްވެރިންނަށް އެކިކަންތައްތައް ކޮށްދޭނެ ކަމަށް ބުނެ ވައުދުތައް ވަމުންދާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު އައިފަހުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި 14 ދުވަހުގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަމަނާއަށް ފޮނުވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެެވެ.

10 މެމްބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަރޗް މަހުގެ 10 ވަނަ ދުވަހުއެވެ. މިމައްސަލާގައި ސޮއިކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގައި ހިމެނިވަޑައިގަންނަވާ 9 މެމްބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ އިތުބާރުނެތްކަމުގެ މައްސަލައާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ދޭން ޖެހޭ ނޯޓިސް ވަޒީރަށް ފޮނުވަން ޖެހޭނެއެވެ. އެއަށްފަހު އެ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެއެވެ. މިބަހުސްގައި ވަޒީރަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. އެއަށްފަހު އިތުބާރުނެތްކަމުގެ ވޯޓަށް އަހާނެއެވެ.

މަޖިލީހަށް ވަޒީރެއްގެ އިތުބާރުނެތްކަމަށް ހުށަހެޅޭނީ މަދުވެގެން 10 މެމްބަރުންގެ ސޮއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓު ބޭނުންވާނެއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި މައްސަލަ ހުށަހަޅަނީ މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރަށް އަދާނުކުރެވޭތީއާއި ޒަހާ އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.

މީގެއިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތަކާ ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަންޖެހޭތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް މި މައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅާކަމަށް ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު