Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑްއަށް އައު ވެކްސިންތަކެއް ހަދަނީ

މިހާރަށްވުރެ ރަނގަޅު ކޮވިޑްގެ ވެކްސިން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ލިބޭނެ

މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑްގެ ވެކްސިން ޖަހަން ފަށާފައިވަނީ 122 ގައުމަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 02:37
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގެ ކޮވެޝީލްޑް ވެކްސިން

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގެ ކޮވެޝީލްޑް ވެކްސިން

މިހާރު ބޭނުން ކުރަމުން އަންނަ ކޮވިޑް-19ގެ ވެކްސިންތަކަށްވުރެ ރަނގަޅު ވެކްސިން ކުރިޔަށް އޮތް އަހަރު ތެރޭގައި ލިބޭނެ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ އެންމެ އިސް ސައިންޓިސްޓު ސޮމްޔާ ސްވަމިސްޓަން ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ސޮމްޔާ ވިދާޅުވީ އަންނަ އަހަރުގެ ކުރީ ކޮޅު ކޮވިޑްގެ އައު ވެކްސިންތަކެއް ދުނިޔޭގެ ބަޒާރަށް ވިއްކުމުގެ ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި، އެ ވެކްސިންތަކަކީ މިހާރަށްވުރެ ރަނގަޅު ވެކްސިންތަކެއް ކަން މިހާތަނަށް ކުރި ދިރާސާތަކުން ފެންނަ ކަމަށެވެ.

ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ވެކްސިން ޕްރޮގްރާމް ފެށިގެންދާނެ ކަމަށާއި، އެއާއެކު މިހާރު އުފައްދާފައި ހުރި ވެކްސިންގެ އަގު މަތިވުން އެކަށީގެންވާ ކަމަށް ސޮމްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑްގެ އައު ވެކްސިން އުފައްދުމަށް މަސައްކަތް ކުރާ ކުންފުނިތައް އިތުރުވެފައިވުން އެއީ ކޮވިޑްގެ ބަލިން ސަލާމަތްވާން ކުރަމުން އަންނަ މަސައްކަތަށް ލިބޭވަރަށް ބޮޑު ހިތްވަރެއް ކަމަށް ސޮމްޔާ ވިދާޅުވިއެވެ.

ސޮމްޔާ އިތުރަށް ވިދާޅުވީ އައު ކުންފުނިތަކުން ހަދަމުން އަންނަ ވެކްސިންތަކަކީ އެކަށީގެންވާ ދިރާސާތައް ކުރެވިގެން ހެދޭ ކޮލިޓީ ރަނގަޅު ވެކްސިންތަކެއް ކަމަށެވެ. އަދި މި ވެކްސިނަކީ އާންމު ފިނި ހޫނުމިނުގައި ބޭނުން ކުރެވޭނެ ވެކްސިންތަކެއް ކަމަށާއި، އެހެންކަމުން ވެކްސިން ރައްކާތެރި ކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑްގެ ވެކްސިން ޖަހަން ފަށާފައިވަނީ 122 ގައުމަކުންނެވެ. އެގައުމުތަކުން ވެކްސިން ޖަހަން ފަށާފައިވާއިރު، ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯގެ ދިރާސާތަކުން ދައްކައެވެ.

ކޮވިޑް-19ވެކްސިންޑަބްލިޔުއެޗްއޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު