Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެކްސިން

ފުރަތަމަ ޑޯޒު ޖެހުމުގެ ފަހު ދުވަސް: ވެކްސިން ޖެހީ 6،597 މީހުން

4،994 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 18:14
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައިވާ ކިއު

ހޯމަ ދުވަހު ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ވެކްސިން ޖެހީ 6،597 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ވެކްސިން ޖެހި 6،597 މީހުންގެ ތެރެއިން 4،994 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 1،603 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ. މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 212،711ށް އަރާފައިވާއިރު، 121،630 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 91،091 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިދިޔަ މަހުގެ އެކެއްގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން ފެށިއިރު، އޭރު ރާއްޖެއިން ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިން އެކަނި ޖެހުމަށެވެ. މުޅި ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ފަށާފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ އެންމެ ފަހު ދުވަހަކީ މިއީއެވެ.

ރާއްޖޭގައި ސިނޮފަރމް އަދި ފައިޒަރ ވެކްސިން ބޭނުންކުރަންވެސް ހުއްދަ ދިންކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހޯމަ ދުވަހު އިއުލާންކޮށްފައިވާއިރު، ރާއްޖޭގައި މިހާރުވެސް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ސިނޮފަރމް ވެކްސިން އެބަހުއްޓެވެ. އެގޮތުން ސިނޯފާމްގެ 18،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ ލިބިފައެވެ. އެޗްޕީއޭއިން ބުނީ އެ ވެކްސިން ޖަހަން ފަށާއިރު އެކަން އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ.

ފައިޒާ ވެކްސިންގެ 58،050 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިވެކްސިން ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިތުރު ވެކްސިންތައް ގެނައުމުގެ މަސައްކަތްތައް އެޗްއީއޯސީން ކުރަމުންދާއިރު، ސީރަމް އިންސްޓިޓިއުޓާއެއްކޮށް ކޮވިޝީލްޑްގެ އިތުރު 300،000 ޑޯޒެއް ގަތުމަށް އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެކަން އެޗްއީއޯސީން ހާމަކޮށްފައިވާއިރު، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ލިބިފައެވެ އޭގެ ބާކީ ބައި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި  އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ވެކްސިންވެސް މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ލިބޭނެކަމަށް ބެލެވެއެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހުން މާލެ ސަރަހައްދުގައި ހުއްޓާލާފައިވާއިރު މިހާރު ތައްޔާރުވަމުން އަންނަނީ ދެވަނަ ޑޯޒު ޖެހުމަށެވެ. ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އޮންނާނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ. އެޗްޕީއޭއިން ބުނީ ދެވަނަ ޑޯޒު ޖެހުން އެންމެ އަވަހަށްވެސް ފެށޭނީ އަންނަ މަހު ކަމަށެވެ.

ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު