Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލުން

ޖަރުމަނުން އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލައިފި

އެސްޓަރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލާފައިވާކަން ހާމަކޮށްފައި ވަނީ ޖަރުމަނުގެ ހެލްތު މިނިސްޓްރީން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 16:54
އެސްޓަރަޒެނެކާގެ ވެކްސިނަކީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ހުއްދަ ލިބުނު ދެވަނަ ވެކްސިން

އެސްޓަރަޒެނެކާގެ ވެކްސިނަކީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ހުއްދަ ލިބުނު ދެވަނަ ވެކްސިން

ކޮވިޑް-19އަށް އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިން ޖެހުން ޖަރުމަނުވިލާތުން ހުއްޓާލައިފިއެވެ.

ޖަރުމަނުން އެސްޓަރަޒެނެކާ ކޮވިޑް ވެކްސިން ޖެހުން ހުއްޓާލާފައިވާކަން ހާމަކޮށްފައި ވަނީ އެގައުމުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލެކެވެ.

ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޖަރުމަނުން އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލާފައި މިވަނީ ވެކްސިން ޖެހުމުން ބައެއް މީހުން މާބޮޑަށް ބަލިވެ ނުރައްކާތެރި ހާލަތަށްދާ ކޭސްތައް ފެންނަން ފެށުމުންނެވެ. އަދި މިހާރު އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ޖަރުމަނުގެ ވެކްސިން އޮތޯރިޓީގެ ރިކޮމެންޑޭޝަން ހޯދަންޖެހެއެވެ.

އެސްޓްރަޒެނަކާއިން އުފައްދާފައިވާ ކޯވިޑް-19 ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ ފުރުސަތު އެބައޮތްކަމުގެ ކަންބޮޑުވުން ގައުމުތަކުން ދަނީ ފާޅުކުރަމުންނެވެ.

އެސްޓްރަޒެނެކާ ބޭނުންކުރުމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން މާގްރެޑް ހެރިސްވަނީ އެސްޓްރަޒެނެކާގެ ވެކްސިންއަކީ "ބަރާބަރު" ވެކްސިނެއްކަމަށް ސިފަކުރައްވާފައެވެ. އަދި މި ވެކްސިންޖެހުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ މި ވެކްސިންޖެހުން ކުރިއަށްގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ. މިހާތަނަށް އައިއިރު އެސްޓްރަޒެނެކާގެ ވެކްސިން ދުނިޔޭގެ އާބާދީގެ 260 މިލިއަން މީހުންނަށް ޖަހާފައިވާއިރު، މި ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާކަން ސާބިތުވެފައިނުވާކަމަށް ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިން އެމަޖެންސީކޮށް ބޭނުކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ދީފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެސްޓްރަޒެނެކާއާއި އޮކްސްފޯޑްގެ ކޮވިޑް-19 ވެކްސިނަކީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދިން ދެވަނަ ވެކްސިނެވެ. އެޖަމްއިއްޔާއިން އެންމެ ފުރަތަމަ ހުއްދަ ދީފައިވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިނަށެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންއެސްޓްރަޒެނިކާޖަރުމަނު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު