Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

ވަޑެފުލް ވިދާޅުވީ އެމެރިކާގެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އެއްބާރުލުން ވަރަށް އަވަހަށް ބޭނުންވާ ކަމަށް. އިސްރާއީލް އާއި ހަމާސްއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެ މަޝްވަރާ ތަކުގެ ކުރިން ވަޑެފުލް ވިދާޅުވީ އެ ޕްލޭން އަކީ ވަރަށް ތާރީޚީ ފުރުސަތެއް ކަމަށް.

ޖަރުމަނުވިލާތުން ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަކީ ގައްޒާއަށް ލިބިގެންދާނެ ތާރީހީ ފުރުސަތެއް ކަމަށް ދެކޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2025 | ހޯމަ 08:15
ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް

ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އަކީ، ޣައްޒާ ހަނގުރާމަ ނިންމުމަށް ލިބޭނެ ތާރީޚީ ފުރުސަތެއް ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަޑެފުލް ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް މެދު އިރުމަތީގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރުމަށް ޖަރުމަނުން ޚަރުދަނާ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ. ވަޑެފުލް މި ވާހަކަ ދައްކަވާފައި ވަނީ ޤަތަރާއި، ކުވެއިތަށް ކުރައްވާ ދަތުރުފުޅުގެ ކުރިންނެވެ.

ވަޑެފުލް ވިދާޅުވީ އެމެރިކާގެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އެއްބާރުލުން ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. އިސްރާއީލް އާއި ހަމާސްއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެ މަޝްވަރާ ތަކުގެ ކުރިން ވަޑެފުލް ވިދާޅުވީ އެ ޕްލޭން އަކީ ވަރަށް ތާރީޚީ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން ވަޑެފުލް ވިދާޅުވީ އިންސާނީ އެހީ އާއި، ސްޓެބިލައިޒޭޝަން އަދި ޣައްޒާ އަލުން ބިނާ ކުރުމުގެ ބައިވެރިއެއްގެ ގޮތުން ޖަރުމަނުން ވަކި ހުށަހެޅުން ތަކެއް ހުށަހަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ސަރަހައްދަށް ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ހޯދުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާސީ މުސްތަޤުބަލެއް ހޯދުމާއި، ހުރިހާ ޤައުމަކުން އިސްރާއީލް އާއެކު އޮންނަ ގުޅުން އާދައިގެ ޙާލަތަކަށް ގެނައުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހަޅާގައިވާ ޕްލޭން އަށް އިސްރާއީލް އިން އެއްބަސްވެފައިވާއިރު، ހަމާސް އިން ވެސް ވަނީ އެ ޕްލޭން ބަަލައި ގަންނާނެ ކަމަށް ބުނެފަ އެވެ. އެކި އެކި މަސްދަރު ތަކުން ބުނެފައިވާ ގޮތުން ހަމާސް އާއި އިސްރާއީލްއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށް އެއްބަސްވެފަ އެވެ. އެއާ އެކު، އިސްރާއީލްގެ ބަންދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ވެސް މިނިވަން ކުރަން ޖެހޭނެ އެވެ. އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ވަރަށް އަވަހަށް ރަހީނުން މިނިވަން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހޯމަ ދުވަހު ވަޑެފުލް ޤަތަރަށް ވަޑައިގަންނަވާއިރު، ޤަތަރުގެ ބޮޑު ވަޒީރު މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީއާ ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުމުގައި ވަގުތުން ރަހީނުން މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ރަހީނުންގެ ތެރޭގައި ޖަރުމަނުގެ ރައްޔިތުން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ހަމާސްޖަރުމަނުޖޮހާން ވަޑެފުލްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު