Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަގުވާމީ ޓީޓީ މުބާރާތްތައް ބޭއްވުން

ޓީޓީގެ ބައިނަލްއަގުވާމީ ދެ މުބާރާތެއް އޮގަސްޓް މަހު ރާއްޖޭގައި

14 މާރިޗު 2021 | އާދީއްތަ 10:09

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕުވެސް އޮންނާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 މާރިޗު 2021 | އާދީއްތަ 10:09
2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ޓީޓީ މުބާރާތުގެ ތެރެއިން ފާތިމަތު ދީމާ އަލީ

2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ޓީޓީ މުބާރާތުގެ ތެރެއިން ފާތިމަތު ދީމާ އަލީ

ޓޭބަލް ޓެނިހުގެ ބައިނަލްއަގުވާމީ ދެ މުބާރާތެއް މި އަހަރުގެ އޮގްސްޓް މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބުނީ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕެވެ. މި ދެ މުބާރާތްވެސް ކުރިއަށްދާނީ އޮގްސްޓް މަހުގެ ތެރޭގައެވެ.

ޓީޓީގެ ބައިނަލްއަގުވާމީ ދެ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބުނުކަން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ހާމަކުރިިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭ ޓީޓީ ހޯލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން އެއީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން މި އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން އާދީއްތަ ދުވަހު ވަނީ ޤައުމީ ޓީޓީ ޓީމުތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖެއްސިކަންވެސް އިޢުލާންކޮށްފައެވެ. އެ އެސޯސިއޭޝަނުން މަޢުލޫމާތުދޭ ގޮތުގައި ޤައުމީ ޓީމުތަކުގެ ކުޅުންތެރިން ތަމްރީނުކުރުމުގެ ޒިންމާއާ ހަވާލުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓަންޓީނޯސްގެ އެންމެ އިސް މަސައްކަތަކަށް ވާނީ އޮގަސްޓް މަހު ރާއްޖޭގައި ބާއްވާ ޔޫތު ޓުއާ ޓީޓީ މުބާރާތާއި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕެ ޖޫނިއާ ކުޅުންތެރިން ތަމްރީނުކުރުމެވެ.

މި އަހަރު ރާއްޖޭގައި ޓީޓީގެ ބައިންލއަގުވާމީ ދެ މުބާރާތެއް ބޭއްވާއިރު، މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖޭގައި ވަނީ 24 ވަނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެ މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދިއިރު، އައިޝަތު ރަފާ ނާޒިމް ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
28 އޯގަސްޓު 2023

އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް