Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް

ސައުތު އޭޝިއާގެ މުބާރާތުން ރާއްޖޭގެ ޓީޓީ ޓީމަށް، ތިން ލޯ މެޑަލް އަދި ރިހި މެޑައްޔެއް

މި މުބާރާތުގައި އެންމެ ގިނަ މެޑަލް ހޯދީ އިންޑިއާ އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2024 | އާދީއްތަ 02:22
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ޓީމުން ހަތަރު މެޑަލް ހޯދައިފި އެވެ.

ސްރީ ލަންކާގެ ކެންޑީގައި މިއަހަރުގެ މުބާރާތް ކުރިއަށް ދިޔައީ ނިމުނު މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން، 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ރާއްޖެ އިން ވަނީ ތިން ލޯ މެޑަލް އަދި އެއް ރިހި މެޑަލް ހޯދައިފަ އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީ ގައި ރާއްޖެ އިން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އަޚްޔާރު އަޙުމަދު ޚާލިދުގެ ޕެއާ، ފައިނަލް ގައި ނިކުތީ އިންޑިއާގެ ބެޓަޖީ އާއި ޕްރިތާއާ ދެކޮޅަށެވެ. އިންޑިއާގެ ޕެއާ އިން ފައިނަލް މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ސެޓުތައް އިންޑިއާ ޕެއާ އިން ހޯދީ، 11-09، 14-12 އަދި 11-08 އިންނެވެ.

ރާއްޖެ އިން ލޯ މެޑަލް ހޯދި ތިން ކެޓަގަރީ އަކީ، 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ކެޓަގަރީ އިން އުމީރު މުޙައްމަދު މުޢިއްޒު އާއި އަޚްޔާރުގެ ޕެއާ އަދި 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ކެޓަގަރީން ދީމާ އާއި މިޝްކާ މުޙައްމަދު އިބްރާހީމްގެ ޕެއާގެ އިތުރުން، 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ކެޓަގަރީން އައިޝަތު އަލްސާ ނާފިޒު އަދި އައިޝަތު މަލާކް ތާސީންގެ ޕެއާ އިންނެވެ.

މި މުބާރާތުގައި އެންމެ ގިނަ މެޑަލް ހޯދީ އިންޑިއާ އިންނެވެ. އިންޑިއާ އިން ކުރީގައި އޮތީ ޖުމުލަ 17 މެޑަލް ހޯދައިގެންނެވެ. އެއީ 13 ރަން މެޑަލް އަދި ހަތަރު ރިހި މެޑަލް އެވެ.

ދެ ވަނައިގައި ސްރީ ލަންކާ އޮތީ ޖުމުލަ 12 މެޑަލް ހޯދައިގެންނެވެ. އެއީ އެއް ރަން މެޑަލް، ފަސް ރިހި މެޑަލް އަދި ހަ ލޯ މެޑަލް އެވެ.

ތިން ވަނަ އަށް ދިޔަަ ޕާކިސްތާނުން ވަނީ އެއް ރިހި މެޑަލް އަދި ނުވަ ލޯ މެޑައްޔާއެކު، ޖުމުލަ 10 މެޑަލް ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
18 މާރިޗު 2017

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު