Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލް ދެވަނައަށް، އެތުލެޓިކޯ އެއްވަރު

އެތުލެޓިކޯ އާއި ގެޓާފޭ އެއްވަރުވީ ލަނޑެއް ނުޖެހި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 މާރިޗު 2021 | އާދީއްތަ 06:54
ރެއާލާއި އެލްޗޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-1 ން

ރެއާލާއި އެލްޗޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-1 ން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ފަހަތުން އަރައި އެލްޗޭ ބަލިކޮށް ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލިއިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ އެލްޗޭ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެލްޗޭއިންނެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އެލްޗޭއަށް ލީޑު ނަގައިދިނީ ޑެނީ ކާލްވޯއެވެ. އެކަމަކު މެޗުގެ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ރެއާލް މޮޅުވީ އިތުރު ވަގުތުގައި ބެންޒެމާ ޖަހައިދިން ލަނޑުންނެވެ.

މި މެޗުން ރެއާލް މޮޅުވިއިރު، ރަށުން ބޭރުގައި ކުޅުނު މެޗުން އެތުލެޓިކޯ އެއްވަރުވީ ގެޓާފޭއާ ވާދަކޮށް، ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންކަމުން ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯގެ ލީޑު ކުޑަވުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. ތާވަލުގެ އެއްވަނައިގައި މި ވަގުތު އެތުލެޓިކޯ އޮތީ ކުޅުނު 27 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ.

ދެވަނައިގައި އޮތް ރެއާލަށް 27 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 56 ޕޮއިންޓާއެކުއެވެ. އެކަމަކު ހޯމަ ދުވަހުގެރޭ ހުއެސްކާ އަތުން ބާސާ މޮޅުވެއްޖެނަަމަ، އެ ޓީމަށް އަލުން ދެވަނައަށް އެރޭނެ އެވެ. އަދި އެތުލެޓިކޯގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެއެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު