Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫސިޓީ

މަހަކަށްވުރެ ގިނަ ދުވަސް ފަހުން އައްޑޫސިޓީ މޮނިޓަރިންގއިން ނަގައިފި

މުޅި އައްޑޫސިޓީ މޮނިޓަރިން އަށް ލީ ހިތަދޫ އިން ދެ ކޭސް ފެނުމާ ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 މާރިޗު 2021 | އާދީއްތަ 02:33
އައްޑޫސިޓީ

އައްޑޫސިޓީ

ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނިޓަރިންގއަށް ލާފައިވާ އައްޑޫސިޓީ އާންމު ޙާލަތަށް ގެނެސްފިއެވެ.

އައްޑޫ ސިޓީ ހިތަދޫން ކޮވިޑް-19ގެ ދެ ކޭހެއް ފެނި މުޅި އައްޑޫ ސިޓީ މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކްއަށް ދެއްކި ދެމީހުންނެވެ. އެ ދެމީހުންނަކީ ވެސް އެއްތަނެއްގައި މަސައްކަތްކުރާ ދެމީހުން ކަމަށާއި މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވަނީ އެމީހުންނާއެކު ދިރިއުޅޭ އާއިލީ މެމްބަރުންނާއި އޮފީސް މީހުންނެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވާއިރު އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. އައްޑޫސިޓީ މޮނިޓަރިންގ އިން ނަގާފައިވާއިރު ވެކްސިން ޖެހުމުގެ ކަންތައްތައް ވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ހޮނިހިރު ދުވަހު ވެކްސިންޖަހާފައިވަނީ އެނދުމަތި ކުރެވިފައިވާ ބަލިމީހުންނަށް އެކަންޏެވެ. އެހެން ފަރާތްތަކަށް ވެކްސިން ޖެހުން ވަގުތީ ގޮތުން މިހާރު މެދުކަނޑާލާފައިވާ ކަމަށް އައްޑޫސިޓީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން 9 މާރޗްގައި ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އެ ސިޓީން ޖުމްލަ 10900 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

އައްޑޫގައި 6 ފެބްރުއަރީ އިން ފެށިގެން މިހާތަނަށް ޖުމްލަ 4889 ސާމްޕަލް ނަގާފައިވެއެވެ. އައްޑޫސިޓީ އިން ޖުމްލަ 92 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެއީ ހިތަދޫ އިން 22 މީހުންނާއި މަރަދޫފޭދޫ އިން 4 މީހުންނާއި ފޭދޫ އިން 17 މީހުންނާއި މީދޫ އިން 14 މީހުންގެ އިތުރުން އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި 35 މީހުންނެވެ.

އައްޑޫސިޓީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ޖުމްލަ 207 ގެ ކަރަންޓީން ކުރެވިފައިވާ ކަަމަށެވެ. އަދި މިހާތަނަށް ބަލިން 86 މީހަކު ވަނީ ފަސޭހަވެފައެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައިވެއެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު