Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލުގައި ރާމޯސް މަޑުކުރުން

ރެއާލުގައި ރާމޯސް މަޑުކުރާނެކަން ޔަގީނެއް ނޫން: ޒިދާން

ރާމޯސްއަށް ޕީއެސްޖީ އާއި ޔުނައިޓެޑުން އަންނަނީ ފާރަލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 މާރިޗު 2021 | ހޮނިހިރު 15:20
ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް މަޑުކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ރާމޯސް ރެއާލާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. މިހާތަނަށް ރާމޯސްގެ އެއްބަސްވުން އާކުރަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު، ރާމޯސް ހޯދުމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެ ކުރިންވެސް ރާމޯސް އަންނަ ސީޒަނުގައިވެސް ރެއާލުން ފެންނާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރާތީ އެކަމާ ޒިދާން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިދާން ވަނީ އަންނަ ސީޒަނުގައި ރާމޯސް މަޑުކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެފައެވެ. ޒިދާން ބުނީ ރާމޯސްގެ އެއްބަސްވުމުގެ ކަންކަން ހިނގަމުންދާ ގޮތް އޭނާއަށް ނޭނގޭ ކަމަށެވެ. އެކަމަކު ރާމޯސްއަކީ ރެއާލަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އުންމީދަކީ އެއްބަސްވުން އާކުރުމަށްފަހު، އަންނަ ސީޒަނުގައިވެސް ރާމޯސް ރެއާލުގައި މަޑުކުރުން ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

މި ސީޒަނަށްފަހު ރެއާލް ދޫކޮށްލަން ރާމޯސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނާއިރު، ރާމޯސްއަކީ ރެއާލަށް މިހާތަނަށް ހަތަރުވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު ރެއާލާ ގުޅުނު ފަހުން އޭނާ ވަނީ ރެއާލަށް ކުޅުނު 668 މެޗުގައި 100 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ސާޖިއޯ ރާމޯސްރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު