Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާ

އަދުރޭ ހިމެނޭހެން އިދިކޮޅު މުޒާހަރާއިން އިތުރު ބަޔަކު ހައްޔަރުކޮށްފި

12 މާރިޗު 2021 | ހުކުރު 14:29

މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދިޔައީ އެމްޑީޕީންވެސް ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަކަމަށާއި އެ ފުރުސަތު އިދިކޮޅު ކޯލިޝަނަށްވެސް ލިބެންޖެހޭކަމަށް

އަތޫފް އާތިފް
އަތޫފް އާތިފް | 12 މާރިޗު 2021 | ހުކުރު 14:29
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް ކުރިޔަށް ގެންދިޔަ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ ހައްޔަރުކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ނުކުމެފައެވެ. އެއާއިއެކު އިދިކޮޅު ކޯލިޝަނުން މުޒާހަރާ ފެށިނަމަވެސް ޕީޕީއެމް އޮފީހަށް މުޒާހަރާގެ ބައިވެރިންނަށް ވަދެވިފައި ނުވެއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ހުކުުރު ދުވަހުވެސް އިދިކޮޅު ކޯލިޝަނުގެ މުޒާހަރާ ކުރިޔަށް ގެންގޮސްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.

ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދިޔައީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީންވެސް ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަކަމަށާއި އެ ފުރުސަތު އިދިކޮޅު ކޯލިޝަނަށްވެސް ލިބެންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގެއް ކަމަށްވާ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މި މުޒާހަރާތެރެއިން ހުކުރު ދުވަހުގެރޭ 07:00ގެ ނިޔަލަށް 23 މީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި އިދިކޮޅު ލީޑަރު އަބްދުއް ރަހީމް އަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ.

ނިމިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކޮށްފައިވާއިރު އެ މުޒާހަރާ ތެރެއިން 39 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވުމުން ޖޫރިމަނާ ކުރުމަށްފަހު އެ އެންމެން ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކި ނަންނަމުގައި މާލޭގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކު މަގުތަކަށް ނިކުމެ އަންނަނީ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާވެސް ޚިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިދިކޮޅުން މުޒާހަރާ ކުރުން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
20 ނޮވެމްބަރު 2024

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

20 ނޮވެމްބަރު 2024
ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް